Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން ބޮއިކޮޓް ކުރުން

ޔޫއެސް އޯޕަންގައި ނުކުޅެން ގިނަ ކުޅުންތެރިން ނިންމަނީ

ޔޫއެސް އޯޕަން މިހާރު ތާވަލުކޮށްފައިވަނީ އޮގަސްޓް 31ން ސެޕްޓެމްބަރު 13ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 11:06
މިދިޔަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ރަފައެލް ނަޑާލް: މުބާރާތުގައި ކުޅެން މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށް ވަނީ ބުނެފައި

މިދިޔަ އަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ރަފައެލް ނަޑާލް: މުބާރާތުގައި ކުޅެން މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށް ވަނީ ބުނެފައި

ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކަމަށްވާ ޔޫއެސް އޯޕަން މިއަހަރު ބާއްވަން ނިންމި ނަމަވެސް، އެ މުބާރާތުގައި ނުކުޅެން ގިނަ ކުޅުންތެރިން ނިންމާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޔޫއެސް އޯޕަން ބާއްވަން ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ ހުއްދަ ދެއްވިއިރު، ޔޫއެސް އޯޕަން މިހާރު ތާވަލުކޮށްފައިވަނީ އޮގަސްޓް މަހުގެ 31ން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.

އެކަމަކު މުބާރާތް ބާއްވާ ނިއުޔޯކް ސިޓީއަކީ އެމެރިކާއިން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ އެންމެ ބޮޑުވި އެއް ސިޓީއެވެ. އެ ސިޓީން އެކަނި ވެސް ކޮވިޑް-19 ޖެހިގެން 30،000 (ތިރީސް ހާސް) ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެހެންކަމުން މިއަހަރުގެ ޔޫއެސް އޯޕަންގައި ނުކުޅެން މަޝްހޫރު ގިނަ ޓެނިސް ކުޅުންތެރިން ނިންމާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ސަލާމަތީ ސަބަބުތަކަށްޓަކައި މި ވަގުތު އެމެރިކާއަށް ދަތުރުކުރުން ރަނގަޅު ނޫން ކަމަށް ބުނެ ޔޫއެސް އޯޕަންގައި ނުކުޅޭނެކަން ނިންމާފައިވާ އެއް ކުޅުންތެރިއަކީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލްވެސް ވަނީ ޔޫއެސް އޯޕަންގައި ކުޅެން މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފައެވެ. މީގެ އިތުރުން ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ މުބާރާތުގައި ކުޅުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ އިންތިޒާމުތައް ހުރި ގޮތުންނާއި ދަތުރުފަތުރުކުރުމުގައި ވެސް ގޮންޖެހުންތައް ހުރުމުގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ޔޫއެސް އޯޕަންގައި ނުކުޅޭނެއެވެ.

ކޮވިޑް-19ގެ އަސަރު ޓެނިހުގެ މުބާރާތްތަކަށްވެސް ކޮށްފައިވާއިރު، މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މި މުބާރާތް ނުބާއްވާ ފުރަތަމަ އަހަރެވެ. އަދި ފްރެންޗް އޯޕަން ޓެނިސް މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20ން އޮކްޓޯބަރު މަހުގެ 4ށް ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު