Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020

ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020: އިސްލާހުކުރަން ޖެހޭ ގިނަ ކަންކަން

ބިލުގެ ނަން ބަދަލުކުރަންޖެހޭ ކަން މެމްބަރުން ފާހަގަކުރެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 08:33
ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާ: ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާ: ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

"ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020"29 މޭ 2020 އެޓަރނީ ޖެނެރަލް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން ބިލަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވެގެންދިޔައެވެ. އެގޮތުން، ބިލު ފަރުމާ ކުރެވިފައިވާ ގޮތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންވެސް ވަނީ ބުދަ ދުވަހުގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކޮމެޓީ މަރުހަލާގައި މި ބިލަށް ގެންނަން ޖެހޭ ގިނަ އިސްލާހުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ބިލަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ ބިލުގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމަކަށް މެމްބަރުން ފާހަގަކުރައްވާފައިވަނީ ބިލުގެ ނަމާއި ބިލުގައި ހިމެނޭ ބައިތަކާއި ދިމާނުވާކަމެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މި ބިލަށް "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" މި ނަން ދެވިފައިވާތީ، ފަހުމު ކުރެވެނީ އެއީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭ ގޮތާއި ގުޅިގެން ފަރުމާ ކުރެވިފައިވާ ބިލެއް ގޮތަށް ކަމަށެވެ. މެމްބަރު ވަނީ އޭގެ ބަދަލުގައި "ކޮވިޑް 2020" މި ނަން ބިލަށް ދެވިދާނެ ކަމަށް ވިދާޅުވެފައެވެ.

މެމްބަރުގެ މި ހިޔާލުފުޅަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ތާއީދު ކުރައްވާ ވިދާޅުވީ މި ބިލުގެ ނަމާއި ބިލުގައި ހިމަނާފައިވާ ކަންކަން ދިމާ ނުވާ ކަމަށެވެ. ބިލުގެ ނަން ބަދަލުކުރުމަށް ތާއީދު ކުރައްވާ ސަލީމް ވިދާޅުވީ "ކޮވިޑް-19ގެ ބިލް" ނުވަތަ "ކޮވިޑް-19ގެ ޚާއްސަ ބިލު" މި ނަމަށް ބިލުގެ ނަން ބަދަލު ކުރެވިދާނެ ކަމަށެވެ.

ބިލަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ މިއީ ވަގުތީ ބިލެއް، ނުވަތަ 'ސަންސެޓް' ބިލަކަށް ވުމުންވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެ މެމްބަރުން ވިދާޅުވީ މި ބިލު މަޖިލީހަށް ހުށަހެޅިފައިވަނީ މާ ލަހުން ކަމަށާއި ކޮވިޑް-19 ގެ ތަޖުރިބާގެ އަލީގައި މުސްތަގުބަލަށް ފަރުމާ ކުރުން މުހިއްމު ބިލަކަށް މި ބިލު ވާން ޖެހޭނެ ކަމަށެވެ.

ބިލަށް ބަހުސް ކުރައްވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި ކުރީ ސަފުގައި މަސައްކަތް ކުރި ސިއްހީ ހިދުމަތްތެރިންނަށް ދޭން ޖެހޭ ޚާއްސަ އެލަވަންސްގެ ވާހަކަ ބިލުގައި ހިމަނަން ޖެހޭ ކަމަށެވެ. މި ހާލަތުގައި އެފަރާތްތަކުން ކުރި ޚިދުމަތުގެ އަގުނުކުރެވޭނެ ކަމަށާއި އެހެންނަމަވެސް، ރަމްޒީ ގޮތުން ކޮންމެހެންވެސް ބިލުގައި އެކަން ހިމެނުން ވަރަށް މުހިއްމު ކަމަށް މެމްބަރު ވިދާޅުވިއެވެ. މީގެއިތުރުން، ސިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަން ބިލުގައި އޮތުން މުހިއްމުކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ސަލީމް ވިދާޅުވީ ސަރުކާރުން ކޮވިޑް-19ގެ މިހާލަތުގައި ދޭސީންނާއި ބިދޭސީންނަށް ފަރުވާދެމުންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށެވެ. އެހެންނަމަވެސް ބިލުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށާއި ދިވެހި ރާއްޖޭގައި ހުރި ކޮންމެ ގައުމެއްގެ ކޮންމެ މީހަކަށް ވީނަމަވެސް ކޮވިޑަށް ފަރުވާ ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަން ހިމަނަން ޖެހޭކަމަށް ވިދާޅުވިއެވެ.

މިކަމަށް ތާއީދު ކުރައްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެ ހަމަހަމަކަން ބިލަކުން މާބޮޑަކަށް ފާހަގަނުވާ ކަމަށެވެ. އީވާ ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެ ފަރުވާ ދޭން ޖެހޭނީ ހަމަހަމަކާއި އެކުކަން ބިލުގައި އޮންނަން ޖެހޭ ކަމަށެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ކުލި ނުދެއްކުމުގެ ސަބަބުން ކުއްޔަށް ދޫކޮށްފައިވާ ތަނުން ދެ މަސް ދުވަހުގެ ނޯޓިސް އެއް ނުދީ ނުނެރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ނޯޓިސް ދީފައި އޮންނަ މުއްދަތުގައި އަސާސީ ޚިދުމަތްތައް ކަނޑާލައިގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު ގެއިން ނެރެވިގެން ނުވާނެކަން ވަރަށް ސާފުކޮށް މި ބިލުގައި ހިމަނަން ޖެހޭކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. އަދި ހަމައެއާއި އެކު މިހާލަތާއި ގުޅިގެން ކުލި ނުދެއްކިވާނަމަ، އެ ފައިސާ ފަހުންނަމަވެސް، ކުއްޔަށް ދޫކުރާ ފަރާތައް ލިބޭނެ ކަށަވަރުކުރަން ޖެހޭކަން ވެސް މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުންވެސް މި ބިލަށް ގެންނަންޖެހޭ ގިނަ އިސްލާހުތަކެއް މެމްބަރުން ވަނީ ތަޅުމުގައި ހުށަހަޅުއްވާފައެވެ. މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވާ، ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ގެނެވޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

17 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

09 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު

08 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު