Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

ފައިސާ ގޯނި ހިފައިގެން ހިނގި މީހާ ކޮބާ: ރައީސް މައުމޫން

ޤާސިމް ހައްޔަރުކޮށްފައިވަނީ ހެއްކެއް ނެތި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 8 އެޕްރީލު 2017 | ހޮނިހިރު 16:50
ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، އޮނަރަބަލް ޤާސިމް އިބްރާހިމް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް

ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، އޮނަރަބަލް ޤާސިމް އިބްރާހިމް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދެއްވާ ކަމުގެ ތުޙުމަތު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ކުރިއިރު، ފައިސާ ގޯނި ހިފައިގެން މެންބަރުން ގާތަށް ހިނގި ކަމަށް ބުނި މީހާއާ މެދު އެޅީ ކޮން ފިޔަވަޅެއްތޯ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ފުލުހުންނާއި އެޓަރނީ ޖެނެރަލްގެ އޮފީސް ޓެގްކުރައްވާ، ހޮނިހިރު ދުވަހު ކުރެއްވި ދެ ޓްވީޓެއްގައި ރައީސް މައުމޫން ވަނީ، ހެއްކެއްނެތި އޮނަރަބަލް ޤާސިމް އިބްރާހިމަށް ރިޝްވަތުގެ ތުޙުމަތު ކުރާއިރު، ފައިސާ ގޯނި ހިފައިގެން މެންބަރުން ގާތަށް ހިނގިކަމަށް ބުނި މީހާއާ ދޭތެރޭ އެޅީ ކޮން ފިޔަވަޅެއްތޯ އާއި ހަމަ އާއި އިންސާފު ކޮބައިތޯ ސުވާލުކުރައްވާ، ފުލުހުންނާއި އެޓަރނީ ޖެނެރަލް މި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ގޮވާލައްވާފައެވެ.

ރައީސް މައުމޫންގެ ޓްވީޓްގައި، ފައިސާ ގޯނި ހިފައިގެން މެންބަރުން ގާތަށް ހިނގިކަމަށް ބުނި މީހާ އާއި ގުޅޭގޮތުން ސުވާލު ކުރައްވާފައިވާއިރު، 2016 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު، އެމްއެމްޕީއާރްސީ އިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާއާ ގުޅޭ ގޮތުން ހުށަހެޅުނު ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަމުންދަނިކޮށް، ނިޒާމީ ނުކުތާއެއް ނަންގަވާ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ގޯނި ހިފައިގެން، ފައިސާ ބަހަން ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވެފައިވަނީ؛ "މިތަނުގައި އެކި ބޭފުޅުން ވަގުންގެ ވާހަކައާއި އެކި ފައިސާގެ ވާހަކަދައްކާކަށް މާ ރަނގަޅެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން ހިނގީ އަޅުގަނޑޭ. ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފިއޭ،" މިގޮތަށެވެ.

ރައީސް ޔާމީނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ މެމްބަރު މުހައްމަދު އިސްމާއިލް މިފަދައިން އިޢުތިރާފު ވެވަޑައިގެންނެވި ނަމަވެސް، މި މައްސަލަ ތަޙުޤީޤުކޮށް އޭނާއާމެދު މިހާތަނަށް ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ހައްޔަރަށް ގެންދިޔަ ގާސިމް އިބްރާހީމް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު 6 ދުވަސް ވަނީ ޖަހައިފަ އެވެ. ގާސިމްއާ ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި ގާސިމް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ގާސިމްގެ ވަކީލުން ވަނީ ބުނެފައެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ގާސިމްއާ ދެކޮޅަށް ކުރިއަށް ގެންދާ މައްސަލައަކީ ގާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ތުހުމަތުކޮށް ކުރިއަށް ގެންދާ މައްސަލައެއް ނޫންކަން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވި ކަމަށެވެ. އެގޮތުން، ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ފުލުހުންގެ އަތުގައި އެއްވެސް ހެއްކެއް ނެތްއިރު ހެއްކަށް ނުފޫޒް ފޯރުވާ އަދި ހެކި ފޮރުވާނެ ގޮތެއް ވެސް ނެތްކަން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވި ކަމަށް ހިސާން ވިދާޅުވިއެވެ. މީގެ އިތުރުން ވަކީލާ ވިދާޅުވީ، ގާސިމްގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ބަޔާންކުރާ ކަންތައްތަކާ، ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކާ ހަވާލާދޭ ގާނޫނުގެ މާއްދާތަކާ ދިމާ ނުވާ ކަމަށެވެ.

ޤާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުޙުމަތުކޮށް، ޤާސިމް ކޮށްފައިވާއިރު، ހަމަ މި ތުޙުމަތުކޮށް، ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ސެކެޓްރީ ޖެނެރަލް، ޢަބްދުލް އަލީމް އާދަމް، އާއި ޕީޕީއެމްގެ ކޮންގްރެސްއިން އެ ޕާޓީގެ އިންތިޚާބު ކޮމިޓީއަށް އިންތިޚާބުކޮށްފައިވާ އިބްރާހިމް އަފްރާތުގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު