Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަވުމުގެ މައްސަލަ

ލޮކްޑައުންގައި މާބޮޑަށް ފަލަވެއްޖެނަމަ އަވަހަށް ހިކެން މަސައްކަތް ކުރޭ!

ފަލަވުމުން ގިނަ ބަލިތަކަށް ހުށަހެޅޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖޫން 2020 | ހޯމަ 14:11
ގޭގައި ތިބެގެން ވެސް ކަސްރަތު ކުރުން ގިނަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ

ގޭގައި ތިބެގެން ވެސް ކަސްރަތު ކުރުން ގިނަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ

ކޮވިޑް-19ގެ ކޭހެއް ފެނުމާ ގުޅިގެން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. ހާލަތުގެ ގޮތުން އެންމެން ވެސް ގޭގައި މަޑު ކުރަން މަޖުބޫރުވީއެވެ. ޓްރެކަށް ނުވަތަ މާލޭގެ ބޭރު މަގަށް ދުވެލަން ދިއުން މަނާވީއެވެ. ޖިމްތައް ބަންދުވެ، ކަސްރަތު ކްލާސްތަކާއި ޔޯގާ ކްލާސްތައް ހުއްޓުނީއެވެ.

ރީތި ހަށިގަނޑެއްގެ ވެރިއަކަށް ކޮންމެ މީހަކު ވެސް ވާން ބޭނުންވި ނަމަވެސް ގޭގައި ތިބެން ޖެހުމުގެ ގިނަ ބައެއް ފަލަވެއްޖެއެވެ. ''ލޮކްޑައުނާއެކު ހާދަ ފަލައެއްވެއޭ'' މިހެން ނުބުނާ ދުލެއް މަދުވާނެއެވެ. ވީޑިއޯ ކޯލެއް ކުރި ނަމަވެސް ފަލަވާތީ އެވާހަކަ ނުދައްކާ ފޯނު ބޭއްވުމަކީ ނާދިރު ކަމެކެވެ. އެކަމަކު ލޮކްޑައުންގެ ދެވަނަ ފޭސްގައި މިހާރު ބޮޑެތި ލުއިތަކެއްދީ ހުއްދައާ ނުލާ ފަތިހު 5:00ން ރޭގަނޑު 22:00ށް ބޭރަށް އުޅުމުގެ ހުއްދަ މިވަނީ ދީފައެވެ.

މިލިބުނު ލުއިތަކާއެކު ގިނަ ބަޔަކު ޓްރެކު ސަރަހައްދާއި، މަގުމައްޗަށް މިހާރު ކަސްރަތު ކުރުމަށް ދުވެލަން ވެސް ނުކުމެއެވެ. އެކަމަކު އަދިވެސް އެއްބަޔަކު ތިބީ ޖިމްތަކާއި، ޔޯގާ ކްލާސްތައް ހުޅުވާލާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނަމަވެސް ލޮކްޑައުން ކުރިތާ ދެ މަސް ދުވަސް ވެފައިވާއިރު، ބަރުދަން އިތުރުވިޔަ ނުދިނުމަށް ގޭގައި ތިބެގެން ވެސް ކަސްރަތު ކުރުން ގިނަ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

ފަލަވުމަކީ ގިނަ ބަލިތަކަކަށް ހުށަހެޅުމަށް މެދުވެރިވާ އެއް ސަބަބެވެ. މިހާރު ބައެއް ޞިއްޙީ ދިރާސާތައް ދައްކާ ގޮތުން ފަލަ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ހައި ރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނާއި، ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން މާބަނޑު އަންހެނުން ސަމާލުވާ މިންވަރަށް، ފަލަވާ މީހުން ވެސް ސަމާލުވާން ޖެހެއެވެ. ޚާއްސަ ސަމާލުކަމެއް ދީގެން ކޮވިޑް-19ން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ޖެހެއެވެ.

ރާއްޖެޓީވީގެ ހެލްތު އެންޑް ލައިފް ސްޓައިލް ޕްރޮގްރާމުގައި ޑރ. އުސާމާ އަލީވެސް ޞިއްޙީ ބައެއް ދިރާސާތަކާ ހަވާލާ ދެއްވާ ވިދާޅުވީ ނޯމަލް މީހުންނަށް ވުރެން ބޮޑަށް ފަލަ މީހުންނަށް ފަސޭހައިން ކޮވިޑް-19 ޖެހޭ ކަމަށާއި، ފަލަވާ ކަމަށްވާނަމަ ކެއުމަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ލޮކްޑައުންގައި ބޭރަށް ނުނިކުމެ ގޭގައި ތިބެން ޖެހުމުން ފޫހިވުމުގެ ސަބަބުން ތަފާތު ކެއުންތައް ކާ ކަމަށާއި، ޚާއްސަކޮށް ކޫސަނި ކެއުން އާދަވެފައިވާ ކަމަށެވެ. ކޫސަނި ކެއުންތައް ގިނަ މީހުން ކަނީ ފޫހިފިލުވުމަށް ކުރާ ކަމެއްގެ ގޮތުގައިކަން ޑރ. އުސާމާ ސިފަ ކުރެއްވިއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ކޮވިޑް-19 ޖެހިފައިވާ 4،000 މީހުންގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކޮވިޑް-19ށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ފަލަ މީހުންނެވެ. އަދި ފަލަވުމުގެ ސަބަބުން އިތުރު ބަލިތަކާއެކު ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ނަތީޖާއިން ދައްކައެވެ.

ފްރާންސް އަދި އިނގިރޭސިވިލާތުގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކޮވިޑް-19ށް ޕޮޒިޓިވްވެ ސީރިއަސްވި 40 އިންސައްތަ މީހުންގެ ތެރޭގައި އުމުރުން 60 އަހަރުން ދަށުގެ މީހުންގެ ތެރޭގައި ފަލަ މީހުން ހިމެނެއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ފަލަ މީހުންނަކީ ކޮވިޑް-19ގައި ހައި ރިސްކް ބޮޑު ބައެއްކަން ވަނީ ހާމަވެފައެވެ. ފަލަވުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށްކޮށްލާ މައިގަނޑު އެއް ސަބަބުގެ ގޮތުގައި ވެސް މިދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ލޮކްޑައުންގައި ފަލަވާ މީހުން މިފަދަ ކަންކަމަށް ވިސްނާ އުޅުމާއި، ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ.

''ނޯ ޕެއިން ނޯ ގެއިން'' އޭ ބުނާ އުސޫލުން ރީތި ހަށިގަނޑެއް ލިބިގަތުމަށް ނުވަތަ ފިޓްކޮށް ހުރުމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. އެއީ އާދައިގެ މަތިން ޖިމްގައި ކުރާ ކަސްރަތު ގޭތެރޭގައި ކޮށްގެން ނަމަވެސް، ނުވަތަ ކެއުންބުއިމަށް ބަދަލުތައް ގެނެސްގެން ނަމަވެސްއެވެ.

މާލެ ސިޓީގެ ތޮއްޖެހިފައިވާ މި ދިރިއުޅުމުގައި ގޭގައި ކަސްރަތު ކުރުމަކީ ކިތަންމެ ކުރަން ބޭނުންވިޔަސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ޖާގައިގެ ދަތިކަމާއި، އުޅެން މަޖުބޫރުވެފައިވާ ހާލަތުގެ ގޮތުންނެވެ. ކަސްރަތު ކުރާނެ މާހައުލެއް ނެތިގެން އެކަން ނުކުރެވުމަކީ އަދި ކަންބޮޑުވާންޖެހޭ ކަމެއްވެސް ނޫނެވެ. ކެއިންބުއިމަށް ބަދަލުގެނެސްގެން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓޭނެ އެތައް ގޮތެއް ކަމާއި ބެހޭ ތަޖުރިބާކާރުން އެ ދަނީ ކިޔައިދެމުންނެވެ. އެގޮތުން، އަވަހަށް ހިކެން ބޭނުންވާ ފަރާތްތަކަށް، އެލޮވެރާ ފަތުގެ ޖޫހަކީ މޮޅު ބުއިމެކެވެ.

ޞިއްޙީ އެތައް ފައިދާއެއް އެކުލެވޭ އެލޮވެރާ ފަތުގެ ޖޫސް ހަދާނެ ގޮތް ތިރީގައި ހިމަނާލާނަމެވެ.

ބޭނުންވާނެ ތަކެތި

ޖޫސް ތައްޔާރުކުރާނެ ގޮތް

އެލޮވެރާ ފަތުގައި ހިމެނޭ ޖެލް، ފަތުގެ ބޭރު ތޮށިގަނޑާއި ވަކިކޮށް، އެ ޖެލްތައް މިކްސަރެއްގައި ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އެ ޖެލް، ފެނާއި އެއްކުރާށެވެ. ޖެލް އާއި ފެން ރަނގަޅަށް އެއްކޮށް ގިރާލުމަށްފަހު، މާމުއި އަދި ލޮނު އަޅައި ޖޫސް ރަނގަޅަށް ގިރާލާށެވެ.

މި ޖޫސް ބުއިން އެންމެ ރަނގަޅީ ހެނދުނު ހޭލާ ގޮތަށް، ހުސްބަނޑާއި ހުރެއެވެ. މީގައި ހިމެނޭ މާއްދާތަކުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީވެދޭނެއެވެ.

މިއީ ޞިއްޙަތައް ފައިދާހުރި ބުއިމެއް ކަމުގައި ވީނަމަވެސް، ލޭ މައްޗަށް ދާ މީހުންނާއި، ހަކުރު ބަލި އަދި ކިޑްނީގެ ބަލި ހުންނަ މީހުންގެ އިތުރުން މާބަނޑު މީހުންނާއި ގާތުންދޭ ފަރާތްތައް މި ޖޫސް ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި މި ޖޫސް ބުއިމުން ބަނޑަށް ތަދުވުން ފަދަ އެއްވެސް އުނދަގުލެއް ކުރިމަތިވާ ނަމަވެސް، މި ޖޫސް ބުއިން ހުއްޓާލުމަށް ކަމާއި ބެހޭ މާހިރުން ލަފާދެއެވެ.

ފުރަބަންދުގައި ތިބެ ބަރުދަން އިތުރުވެފައިވާނަމަ، ނިއު ނޯމަލްއަށް ދާއިރު، ހިކެން ބޭނުންވާ ޒުވާނުންނަށް މިއީ އެކަން ހާސިލްކުރުމަށް ފަސޭހަ ގޮތެކެވެ. މިޖޫހުގެ ތަޖުރިބާ ކޮށްލުން ރަނގަޅުވާނެއެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް މާބޮޑަށް ބަލީތަ؟

މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް މާބޮޑަށް ބަލީތަ؟

06 ޑިސެމްބަރު 2023
ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށް ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރު

ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށް ވަރަށް އަވަހަށް ފައިސާ ދައްކަން ޖެހޭކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރު

20 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އަވަހަށް މައުލޫމާތު ހިއްސާކުރުން މުހިންމު

އަވަހަށް މައުލޫމާތު ހިއްސާކުރުން މުހިންމު

18 ޖޫން 2023
ކޮންމެ މިނެޓަކު ނޭވާލުމަށް ކުރަނީ ހަނގުރާމަ، ދަރިފުޅުގެ އުންމީދަކީ މަންމަ އަވަހަށް ރަނގަޅުވުން

ކޮންމެ މިނެޓަކު ނޭވާލުމަށް ކުރަނީ ހަނގުރާމަ، ދަރިފުޅުގެ އުންމީދަކީ މަންމަ އަވަހަށް ރަނގަޅުވުން

23 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު