Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަނޑަށް ވަން ސަޕޯޓަރުގެ މައްސަލަ

ދަނޑަށް ވަން ސަޕޯޓަރަށް ދައުވާ ކުރަން ނިންމައިފި

15 ޖޫން 2020 | ހޯމަ 09:55

މަޔޯކާއިން އަންނަނީ އެ މީހާ ދަނޑަށް ވަނީ ކިހިނެއްތޯ ތަހުގީގު ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޖޫން 2020 | ހޯމަ 09:55
ބާސެލޯނާ އާއި މަޔޯކޯ ކުޅެމުން ދިޔަ މެޗުގެ ތެރެއިން ދަނޑަށް ވަން ސަޕޯޓަރު

ބާސެލޯނާ އާއި މަޔޯކޯ ކުޅެމުން ދިޔަ މެޗުގެ ތެރެއިން ދަނޑަށް ވަން ސަޕޯޓަރު

ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި މަޔޯކޯ ކުޅެމުން ދިޔަ މެޗުގެ ތެރެއިން ދަނޑަށް ވަން ސަޕޯޓަރަށް ދައުވާ ކުރާނެ ކަމަށް ލަލީގާއިން ބުނެފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެނިކޮށް، ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއެކު ސެލްފީއެއް ނަގަން، ދަނޑުގެ ފެންސު މަތިން އަރައި މީހަކު ވަނީ ދަނޑަށް ވަދެފައެވެ.

މެސީ އާއެކު ފޮޓޯއެއް ނަގަން ދަނޑަށް އެރި އެ ސަޕޯޓަރު ހުރީ ދިހަ ނަންބަރާއެކު މެސީގެ ނަން ޖަހާފައިވާ އާޖެންޓީނާގެ ޖާޒީއެއް ލައިގެންނެވެ. މެސީއާ ދިމާލަށް ދިޔުމުގެ ކުރިން ފޯން ހިފައިގެން އޭނާ އެންމެ ފުރަތަމަ ދިޔައީ ޑިފެންޑަރު ޖޯޑީ އަލްބާއާ ދިމާލަށެވެ.

މަޔޯކާގައި ދިރިއުޅޭ އެ މީހާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މެޗު ކުޅެމުންދާކަން އެނގުނު ހިސާބުން އޭނާ އެކަމަށް ވިސްނި ކަމަށާއި، އޭނާ ބޭނުންވީ މެސީ އާއެކު ފޮޓޯއެއް ނެގުމަށް ކަމަށެވެ. މެސީ އާއެކު އޭނާ ސެލްފީއެއް ނެގި ނަމަވެސް، ސެކިއުރިޓީން ވަނީ އޭނާ ހިފަހައްޓައި ދަނޑުން ނެރުމަށްފަހު އެ ފޮޓީ ޑިލީޓް ކޮށްފައެވެ.

މި މައްސަލައިގައި ލަލީގާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޞިއްޙީ ދާއިރާއިން ނެރެފައިވާ އުސޫލުތަކާ ޚިލާފަށް ދަނޑަށް ވަން މީހާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. އަދި މަޔޯކާއިން ވަނީ އެ މީހާ ދަނޑަށް ވަނީ ކިހިނެއްތޯ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހު މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ. މެދުކެނޑުމަށްފަހު ލީގުގައި ބާސާއިން ކުޅުނު ފުރަތަމަ މެޗުން ވަނީ މަޔޯކާ އަތުން ފަސޭހަކަމާއެކު 4-0ން މޮޅުވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
07 ފެބުރުއަރީ 2017

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި

07 ފެބުރުއަރީ 2017
ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް