Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާ ކައުންސިލް އިމްތިހާނު

ބާ އިމްތިހާނު ހެދުމާމެދު ބާ ކައުންސިލަށް އިހުތިޔާރީ ބާރެއް ދޭންޖެހޭ: މައުމޫން ހަމީދު

ބާ ކައުންސިލު ޤާއިމު ކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2020 | އާދީއްތަ 16:46
ބާ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު- މައުމޫނު ވިދާޅުވީ ދަސްވެނިވި ލައިސަންސް ނުލިބި ތިބެން ޖެހުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް

ބާ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު- މައުމޫނު ވިދާޅުވީ ދަސްވެނިވި ލައިސަންސް ނުލިބި ތިބެން ޖެހުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް

ރާއްޖޭގައި ޤާނޫނީ ދާއިރާއިން ދަސްވެނިވިފައި ތިބި ފަރާތްތައް ބާ އިމްތިހާނު ހެދުމާމެދު ބާ ކައުންސިލަށް އިހުތިޔާރީ ބާރެއް ދޭންޖެހޭކަމަށް އެ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބާ ކައުންސިލުގެ ރައީސް މައުމޫނު ހަމީދު ވިދާޅުވީ، ފުރަތަމަ ބާ ކައުންސިލުގެ ފުރަތަމަ ރައީސަށް ވެވަޑައިގެންނެވުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ނަމަވެސް ފުރަތަމަ އަހަރުގެ ތެރޭގައި އެންމެ ހިތްހަމަޖެހޭ ވަރަށް މަސައްކަތްތައް ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަމުގައި ބާ ކައުންސިލުގެ މަސައްކަތްތަކަށް ހުރި ގިނަ ގޮންޖެހުންތަކެއް ހުރިކަން މައުމޫނު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ބާ ކައުންސިލު ޤާއިމު ކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، ޤާނޫނީ ފަންނުގެ ދާއިރާއަށް އަލަށް ވަޑައިގަންނަވާ ވަކީލުންގެ މަސައްކަތްތަކާއި، ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަކީލުންނާއި، އަމިއްލަ މަސައްކަތް ކުރާ ވަކީލުންނަށްވެސް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ވުޖޫދުވެ، މައިގަނޑު 2 މައްސަލައެއް ދިމާވާކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، ޤާނޫނު ވުޖޫދުވިއިރު ދަސްވެނިވިފައި ތިބި މީހުންވެސް 1 އަހަރު ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރަން އެ ޤާނޫނުން ލާޒިމު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް އިސްތިސްނާއެއް ކަނޑައެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ޙައްލަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވީ، ދަސްވެނިވިފައި ތިބި ފަރާތްތަކުގެ ޝަކުވާއަކީ ޙައްޤު ޝަކުވާއެއް ކަމަށާއި، ބާ އިމްތިޙާނެއް ތައްޔާރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފުރިހަމަ ބާ އިމްތިޙާނެއް ތައްޔާރު ކުރުމަށް ދޮޅު އަހަރެއްހާ މުއްދަތެއް ހޭދަވާނެކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިމްތިޙާނެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ވެސް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމުގެ އިންތިޤާލީ ޙައްލުތަކެއް ލިބިދޭން ޖެހޭކަމަށް މައުމޫނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަސްވެނިވުމަށްފަހު ވެސް ލައިސަންސް ނުލިބި ގިނަ ދުވަސްތަކެއް ވެގެން ދިއުން އެއީ އެ ހުރިހާ ފަރާތަކަށް ވެވޭ ބޭއިންސާފެއްކަން ފާހަގަ ކުރައްވައި މައުމޫނު ވިދާޅުވީ، ބާ ކައުންސިލަށް އިހުތިޔާރީ ބާރުތަކެއް އެކަމުގައި ދެވިއްޖެނަމަ އެކަމަށް ޙައްލެއް ގެނެވި، އެފަދަ ފަރާތްތަކަށް އަވަހަށް ލައިސަންސް ދޫކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު