Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރުވާ ހޯދަމުން އަންނަ މީހުން މަދުވުން

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 39 އިންސައްތަ ދަށަށް

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2013ށް އަރާގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖޫން 2020 | އާދީއްތަ 13:40
ރެޕިޑް ރެސްޕޯންސް ޓީމުން ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެމްބިއުލާންސެއް ޑިސްއިންފެކްޓް ކުރަނީ؛ ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ އިތުރުވެފައި

ރެޕިޑް ރެސްޕޯންސް ޓީމުން ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެމްބިއުލާންސެއް ޑިސްއިންފެކްޓް ކުރަނީ؛ ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ އިތުރުވެފައި

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެމުން އަންނަ މީހުންގެ ނިސްބަތް 39 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ރާއްޖޭގައި މިހާތަނަށް 2013 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ތެރެއިން ފަރުވާ ދެމުން އަންނަނީ 786 މީހުންނަށެވެ. މިއީ ބަލި ޖެހުނު މީހުންގެ 39.05 އިންސައްތައެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 60.46 އިންސައްތަ މީހުން ބަލިން ފަސޭހަވެފައިވެއެވެ.

މިހާތަނަށް އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 1217 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 2013 އެވެ. ހުކުރު ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްފައިވަނީ 12 މީހެކެވެ. އަދި ހޮނިހިރު ދުވަހު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 10 މީހެކެވެ.

ރާއްޖޭގައި 1217 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ 786 މީހުންނަށެވެ. މީގެ ތެރެއިން 8 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ވަކިވަކި ގައުމުތަކުގެ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަލިޖެހިފައިވަނީ ބަންގުލަދޭޝް މީހުންނަށެވެ. އެއީ 1065 މީހުންނެވެ. މިއީ ބަލި ޖެހުނު މީހުންގެ 52.91 އިންސައްތައެވެ. ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 701ށް އަރާފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 34.82 އިންސައްތައެވެ.

އިންޑިއާގެ 191 މީހަކު ވަނީ ކޮވިޑް-19 ޖެހިފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 9.49 އިންސައްތައެވެ. މީގެ އިތުރުން ނޭޕާލްގެ 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މިއީ ބަލި ޖެހުނު މީހުންގެ 1.29 އިންސައްތައެވެ. ސްރީލަންކާ އަދި އިޓަލީގެ 11 މީހަކަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، ޕާކިސްތާނުގެ 3 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 5 މީހަކު ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މި 5 މީހުންގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ 41 އަހަރުގެ ފިރިހެނަކާއި، 49 އަހަރުގެ ތުރުކީ އަންހެނަކާއި، ސައުތް އެފްރިކާގެ 56 އަހަރުގެ ފިރިހެނަކާއި، ޖަރުމަންވިލާތުގެ 27 އަހަރުގެ އަންހެނަކާއި، އިނގިރޭސީވިލާތުގެ 32 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ 8 މީހެކެވެ. އެއީ ބަލި ޖެހުނު މީހުންގެ 0.40 އިންސައްތައެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތަފްސީލުތަކަށް ބަލާއިރު، ބަލިޖެހިގެން ނިޔާވި 4 ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި، 88 އަހަރުގެ ފިރިހެނަކާއި، 80 އަހަރުގެ ފިރިހެނެއްގެ އިތުރުން 89 އަހަރުގެ އަންހެނެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 46 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނެކެވެ. އަދި އިތުރު ބަންގުލަދޭޝް މީހެއް ހިމެނޭ އިރު އޭނާގެ އުމުރެއް ޑޭޝްބޯޑަކުން ނުދައްކައެވެ.

މިހާތަނަށް އައި އިރު އުމުރު ކަށަވަރު ނުވާ 95 ކޭސްއެއް ޑޭޝްބޯޑުން ދައްކައެވެ. ރާއްޖޭގައި ކޮވިޑް-19ށް 33،378 ސާމްޕަލް ވަނީ ނަގާ ޓެސްޓް ކޮށްފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 670 މީހަކު ތިބި އިރު، ކަރަންޓީން ފެސިލިޓީތަކުގައި 347 މީހަކު އެބަތިއްބެވެ. މީގެ އިތުރުން ޓްރާންސިޓް ކަރަންޓީންގައި 1000ށް ވުރެ ގިނަ މިހުން އެބަތިއްބެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު