Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޮކްޑައުންއަށް ލުއިތަކެއް ދިނުން

ލުއިތަކެއް ލިބުނު ނަމަވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނުކުންނަވާ: އެންއީއޯސީ

14 ޖޫން 2020 | އާދީއްތަ 13:48

3 މީހުންނަށް އިތުރަށް އެއްވުމަކީ މަނާކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖޫން 2020 | އާދީއްތަ 13:48
މާލޭގައި ބާޒާރުމަތީގައި މީހަކު ތަކެތި ގަނެގެން ދޯންޏަށް އަރުވަން ދަނީ؛ ލުއިތަކާއެކު ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައި

މާލޭގައި ބާޒާރުމަތީގައި މީހަކު ތަކެތި ގަނެގެން ދޯންޏަށް އަރުވަން ދަނީ؛ ލުއިތަކާއެކު ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައި

ހޯމަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ލިބުނު ނަމަވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނުކުތުމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން އިލްތިމާސްކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ އާންމުކޮށް ހުޅުވާލެވިގެން އުސޫލެއްގެ ދަށުން ހުއްދަ ނުލާ ބޭރުގައި އުޅެން ހުޅުވާލެވުނުކަމުގައި ވީނަމަވެސް، އެދުމަކީ ޒަރޫރީ ބޭނުންތައް ފިޔަވައި ބޭރުގައި އުޅޭ އުޅުން މަދުކުރެއްވުން ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެއްވެ އުޅުމާއި ހަފްލާ ބޭއްވުމަށް މިއީ އެންމެ ރަނގަޅު ފުރުސަތެއް ނޫން ކަމަށާއި، އާއިލާ މީހުން ބައްދަލުވެ ޕާޓީ ބާއްވާ ނުވަތަ ދިމާވެލަން ނުވަތަ އިޖްތިމާއީ ގޮތުން ގައިދުރުކަން ނުބެހެއްޓޭ ފަދަ ހާލަތްތަކުގައި ބައްދަލުވާން ވެސް މިއީ އެންމެ ރަނގަޅު ފުރުސަތު ނޫން ކަމަށް ޝައިނާ ވިދާޅުވިއެވެ. އަދި މި ފުރުސަތުގައި ވީހާވެސް ބައްދަލުވުންތައް މަދުކޮށް 3 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅުމަށް ވަނީ އެދިވަޑައިގެންފައެވެ.

ޝައިނާ ވިދާޅުވީ ލުއިތަކެއް ދެވިގެން ދާއިރު ވަކި ކަންތައްތަކަކަށް ވަކި އުމުރު ފުރާތަކަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މިކަމުގެ މައިގަނޑު ބޭނުމަކީ މި އުމުރުފުރާތަކަށް ހާއްސަ ވަގުތުތަކެއްގައި އެބޭފުޅުންނަށް އެބޭފުޅުން ކުރަން ބޭނުންވާ ހަރަކާތެއް ކުރެވޭނެ އިންތިޒާމް އެއް އުމުރުފުރާއާއި އަނެއް އުމުރު ފުރާ މަސްހުނި ނުވާނެ އިންތިޒާމްތަކެއް ހަމަޖެހިފައި އޮތުން ކަމަށެވެ.

ޝައިނާ ވިދާޅުވީ މާސްކް އެޅުން ލާޒިމް ކުރަނީ ބަންދު ތަންތަނަށް ވަންނަ އިރުގައި ކަމަށެވެ. އަދި ވިޔަފާރިތަކުން ހިދުމަތްދޭ ތަންތަނުގެ ހިދުމަތްދެވޭ ގަޑިތައް ވެސް ވާނީ ކަނޑައެޅިފައި ކަމަށާއި، އެއީ ހެނދުނު 9:00ން ރޭގަނޑު 9:00ށް ކަމަށެވެ. އަދި މިތަންތަނަށް ދިއުމުގައި ވެސް ކަނޑައެޅޭ ވަކި އުސޫލުތަކެއް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި އެތަނަކަށް އެންމެ ގިނައިން ވަދެވޭނެ އަދަދާއި، ހިދުމަތްދޭ ތަންތަނުގެ ބޭރުގައި ފެންނަނެ ގޮތަށް ވަދެވޭނެ ނަންބަރު ފެންނަން އިންނަން ޖެހޭނެ ކަމަށެވެ.

އަދި އެތެރެއަށް ވަންނަ އިރުގައި ހޭންޑް ސެނިޓައިޒް ކުރެވެންޖެހޭނެ ކަންތައްތަކާއި މާސްކް އެޅުމާއި އެތެރޭގައި އަމަލުތައް ބަހައްޓަންވީ ގޮތާއި ވީހާވެސް މަދު ވަގުތެއް ފިހާރަތެރޭގައި ހޭދަ ކުރުމާއި، ގަންނަންދާ އެއްޗެއް ނުވަތަ ފުރިހަމަ ކުރަން ބޭނުންވާ ކަމެއް ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަކަށް އަނބުރާ ގެއަށް ދިއުން މުހިންމު ކަމަށް ޝައިނާ ވިދާޅުވިއެވެ.

ހޯމަ ދުވަހުން ފެށިގެން 2 ހަފްތާއަސް އިތުރު ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މި މަސް ނިމުމުން މިހާރު ދީފައިވާ ލުއިތަކުގެ އިތުރުން، އިތުރު ލުއިތަކެއް ދިނުމަށް ވެސް ނިންމާފައިވާނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް