Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދަށް ފަންތީގެ ލީގުތައް

ދަށް ފަންތީގެ ލީގުތައް ދަނީ ބަނގުރޫޓުވަމުން: ވެންގާ

އިނގިރޭސި ފުޓްބޯޅައިގައި ވާދަކުރަމުން އަންނަ 92 ކްލަބުގެ ތެރެއިން 65 ކްލަބަކާ މެދު ކަންބޮޑުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ޖޫން 2020 | ހޮނިހިރު 07:45
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑް އާސެން ވެންގާ: ފީފާގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑް އާސެން ވެންގާ: ފީފާގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދަށް ފަންތީގެ ލީގުތަކުގެ ކްލަބްތައް ބަނގުރޫޓުވަމުންދާ ކަމަށް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑް އާސެން ވެންގާ ބުނެފިއެވެ.

ފްރާންސަށް އުފަން އުމުރުން 70 އަހަރުގެ ވެންގާ ފީފާގެ މަގާމާ ހަވާލުވީ އާސެނަލްގެ ކޯޗެއްގެ ގޮތުގައި 22 އަހަރު ހޭދަކުރުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައިގެ ނަން މަޝްހޫރު ބޮޑެތި ކްލަބުތަކަށް ވެސް މާލީ ގޮތުން ގެއްލުން ވެފައިވާއިރު، ގިނަ ގައުމުތަކެއްގެ ދަށް ޑިވިޝަނުގެ ލީގުތައް ވަނީ ކެންސަލް ކޮށްފައެވެ. އަދި ބައެއް ގައުމުތަކުގެ ލީގުތައް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށް ފަށާފައިވީ ނަމަވެސް، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އިންގްލެންޑަށް ބަލާއިރު، މި މަހުގެ ތެރޭގައި ފުރަތަމަ ޑިވިޝަން (އިނގިރޭސި ޕްރިމިއާ ލީގު) އާއި، ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ފަށަން ތާވަލުކޮށްފައިވީ ނަމަވެސް، ތިންވަނަ ޑިވިޝަނާއި ހަތަރުވަނަ ޑިވިޝަން ވަނީ ކެންސަލް ކުރަން ނިންމާފައެވެ.

ބެއިން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިންގްލެންޑުގެ ދަށް ފަންތީގެ ލީގުތައް މުޅިން ބިކަވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ވެންގާ ބުނީ އިނގިރޭސި ފުޓްބޯޅައިގައި ވާދަކުރަމުން އަންނަ 92 ކްލަބުގެ ތެރެއިން 65 ކްލަބަކާ މެދު ކަންބޮޑުވާ ކަމަށާއި، އެއީ ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެން ޖެހުމުން އާމްދަނީ ލިބޭ ގޮތް އެ ކްލަބުތަކަށް ބަންދުވެފައި އޮތުމުން ކަމަށެވެ. އެހެންކަމުން ދަށް ފަންތީގެ ކްލަބުތަކަށް އެހީވެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށްވެސް ވެންގާ ބުންޏެވެ.

ވެންގާ އިތުރަށް ބުނީ ފުޓްބޯޅަ އަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 20 އިންސައްތަ، ކޮވިޑް-19 ގެ ސަބަބުން ގެއްލިގެންދާނެ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް 45 ބިލިއަން ޔޫރޯ ލިބޭނަމަ، އޭގެ ތެރެއިން 10 އާއި 14 ބިލިއަން ޔޫރޯއާ ދެމެދުގެ އަދަދެއް ގެއްލިގެންދާނެ ކަމަށްވެސް ވެންގާ ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ މާޗު މަހު އިންގްލެންޑުގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން ވަނީ ނިންމާފައެވެ. އަދި އީއެފްއެލް ޗެމްޕިއަންޝިޕް ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ފްރެންޗު ލީގު ކެންސަލް ކޮށްފައިވީ ނަމަވެސް، މިދިޔަ މެއި މަހު ޖަރުމަން ލީގުގެ ކުޅުން ވަނީ ފަށާފައެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާފައިވާއިރު، 20 ވަނަ ދުވަހު އިޓާލިއަން ލީގުގެ ކުޅުން ފަށާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އިންޓަ ސްކޫލް 18 އަހަރުން ދަށް: ދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ވިލާ ހައި ސްކޫލަށް މޮޅެއް

އިންޓަ ސްކޫލް 18 އަހަރުން ދަށް: ދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ވިލާ ހައި ސްކޫލަށް މޮޅެއް

18 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު