ކ. މާލެ
|
12 ޖޫން 2020 | ހުކުރު 14:00
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ފުރަންވެގެން ގޮސް އެއާޕޯޓުގައި
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ފުރަންވެގެން ގޮސް އެއާޕޯޓުގައި
މޯލްޑިވިއަން
ބިދޭސީން ފުރުވާލުން
ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި
 
ބަންގްލަދޭޝްގެ 1046 މީހުން މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި
 
ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން
 
އެމީހުން ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުން ފޮނުވާލުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުުރު 200 މީހަކު ފުރުވާލައިފިއެވެ.

މި މީހުން ފުރުވާލާފައިވަނީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓެއްގައިއެވެ. ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ ގުޅިގެންނެވެ.

ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފެށުނީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އާބާދީގެ ތެރޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށުމުންނެވެ. ހާއްސަކޮށް ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ ގިނަވެފައެވެ. ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ބިދޭސީން ވަނީ ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީސްތަކަށް ބަދަލުކޮށްފައެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބަންގްލަދޭޝްގެ 1040ށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ދަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ބޮޑުވުމުން އެކަންތައްވަނީ މަޑުޖައްސާލާފައެވެ.

ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ އަދަތުތަކަށް ބަލާކަމުގައިވަނީނަމަ، ކޮވިޑުގެ ހާލަތާއި ގުޅިގެން ފެށި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 2000ށް ވުރެ ގިނަ މީހުން ވަނީ ގައުމަށް ދަތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް