Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއިން ކަނޑާލި މީހަކަށް ވަޒީފާ ދިނުން

ރާއްޖެޓީވީގެ "ފަށާއިރު"އަށް މައުލޫމާތު ދިން ކަމަށް ބުނެ ވަޒީފާއިން ކަނޑާލި މުވައްޒަފަކަށް ވަޒީފާ ދިނުމަށް ހުކުމްކޮށްފި

12 ޖޫން 2020 | ހުކުރު 08:38

ސަރުކާރު ބަންދުނޫން 7 ދުވަހުގެ ތެރޭގައި މޫސާރައާއި އިނާޔަތްތައް ދިނުމަށް ހުކުމުގައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޖޫން 2020 | ހުކުރު 08:38
ދިވެހިރާއްޖޭގެ ހައިކޯޓު: ކޮވިޑް-19 ގެ މިހާލަތުގައި ވެސް، ޝަރީއަތްތައް ހިންގައި އަދުލްއިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދޭ

ދިވެހިރާއްޖޭގެ ހައިކޯޓު: ކޮވިޑް-19 ގެ މިހާލަތުގައި ވެސް، ޝަރީއަތްތައް ހިންގައި އަދުލްއިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދޭ

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މައުލޫމާތެއް ހިއްސާކުރި ކަމަށްބުނެ، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި މައްސަލަ، ހައިކޯޓުން ނިންމައި، އޭނާއަށް ވަޒީފާއާއި މުސާރައާއި އިނާޔަތްތައް ދިނުމަށް ހުކުމް ކޮށްފި އެވެ.

މިމައްސަލައަކީ، 1 އޮގަސްޓް 1992 ވަނަ އަހަރުން ފެށިގެން ލ. ގަމު މެޖިސްޓްރޭޓް ކޯޓުގައި އެޑްމިނިސްޓްރޭޓަރެއްގެ ވަޒީފާގައި އުޅުނު، ލ. ގަން ތުނޑި/ އަލިނޫރު، އަހުމަދު މައުރޫފް އަލީ، 1 ނޮވެމްބަރު 2017 އިން ފެށިގެން ވަކިގޮތެއް އަންގަންދެން ތަހުގީގު މުއްދަތަށް މުސާރަ ލިބޭގޮތަށް ވަޒީފާއަށް ނުކުތުން މަނާކުރުމަށްފަހު، މައުޟޫއީ އަދުލްވެރިކަމާއި، އިޖުރާއީ އަދުވެރިކަން ގާއިމުނުކޮށް، ނޯޓިހެއް ދިނުމަކާ ނުލައި، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ހުށަހެޅި މައްސަލަ އެކެވެ.

Advertisement - newsAdvertisement

މިމައްސަލާގައި ވަޒީފާއިން ވަކި ކުރި އަހުމަދު މައުރޫފް އަލީ އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި، ވަޒީފާއިން ވަކިކުރި ތަރީހުން ފެށިގެން މައްސަލަ ނިމޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށެވެ. އަދި މައްސަލަ ހުށަހެޅުމަށް މާލެ އައުމަށާއި، މާލޭގައި ހުރުމަށް ހޭދަވި ޚަރަދުތައް ނަގައިދިނުމަށް ވެސް އެދިފައި ވެއެވެ.

މިމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރިން ނިންމާފައިވަނީ، އަހުމަދު މައުރޫފް އަލީ ގެ މިއަމަލަކީ، އާންމު ރައްޔިތުންގެ ކުރިމަތީގައި ކޯޓުގެ ކަރާމާތަށް އުނިކަމެއް ލިބި، ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިންގުމަށް ބަޔަކަށް ފުރުސަތު ދެވޭ ފަދަ އަމަލަކަށްވެފައި، އެއަމަލުގެ ސަބަބުން އެހެން މީހުންގެ ކުރިމަތީގައި ޝައުޢީ ދާއިރާގެ އަގުވެއްޓި، ޝަރުއީ ދާއިރާއަށް ގެއްލުންވެދާނެ ކަމަށް ފެންނާތީ، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާފަދަ ނޯޓިހެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރަން ހުއްދަކުރާފަދަ ހާލަތެއް އޮވެގެންކަމަށްބުނެ، އެކަންތައްތައް ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި އަހުމަދު މައުރޫފް އަލީ އެދިފައިވާފަދަ އަމުރެއް މައްސަލަ ރައްދުވި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މައްޗަށް ކުރާނެ ގާނޫނީ ހަމައެއް ނެތްކަމަށެވެ.

ޓްރައިބިއުނަލްގެ ނިންމުން، އަހުމަދު މައުރޫފް އަލީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ހުކުމް ވަނީ ހައިކޯޓުން ބާޠިލްކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ނުވާތީ، އެ ނިންމުން ބާޠިލްކޮށް، މިމައްސަލަ އިސްތިއުފާކުރި އަހުމަދު މައުރޫފް އަލީ، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއިން ވަކިކުރެވުނު އިރު އޭނާ ހުރި ވަޒީފާ އަލުން ރުޖޫޢަ ކޮށްދިނުމަށާއި، ނޫނީ އަހުމަދު މައުރޫފް އަލީ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި ބެހެއްޓެން ނެތްނަމަ، އެވަޒީފާއާ ގުޅޭ ނުވަތަ އެނޫންވެސް އޭނާ ލ. ގަން މެޖިސްޓްރޭޓް ކޯޓުގައި އަދާކުރަމުންދިޔަ ވަޒީފާއާ އެއްހަމަ ވަޒީފާއެއްގައި ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށެވެ.

މީގެއިތުރުން، އަހުމަދު މައުރޫފް އަލީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާގެ ވަޒީފާ އަލުން އަނބުރާ އިއާދަކުރެވޭ ދުވާހާ ހަމައަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތަކުން، އެއްވެސް މިންވަރެއް އޭނާއަށް ލިބިދީފައިވާ ނަމަ، އެމިންވަރެއް އުނިކުރުމަށްފަހު ބާކީ ދޭން އޮތް މިންވަރެއް ހިސާބުކޮށް އަންނަ މިންވަރެއްގެ ފައިސާ އޭނާއަށް ދިނުމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ. އަދި އަހުމަދު މައުރޫފް އަލީއަށް ލިބިދޭންޖެހޭ ފައިސާއާއި އަދި އޭނާގެ ވަޒީފާގެ ކަންތައްތައް ސަރުކާރު ބަންދުނޫން 7 ދުވަހުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ހައިކޯޓުގެ މިހުކުމުގައި އަމުރުކޮށްފައި ވެއެވެ.

މިމައްސަލައަކީ، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރޭގައި މަސްފެންގަނޑެއް ހަދައި، އެ މަސްފެންގަނޑު ބެލެއްހެެއްޓުމަށް ވަކި ގަވާއިދެއް ހަދައި، މުވައްޒަފުން ލައްވައި، މަސްފެންގަނޑު ބެލެހެއްޓުން ހަވާލުކޮށް، އަދި ކޯޓުގެ ފިރިހެން މުވައްޒަފުން ކަޅު ފަޓުލޫނާއި ހުދު ގަމީހާއި މެރޫން ޓައީ، އަންހެން މުވައްޒަފުން މެރޫން ބުރުގާ އާއި ކަޅު ހެދުންލުން، ފަދަ ވަކި ޔުނީފޯމެއް އަމިއްލައަށް ކަނޑައަޅައިގެން، އަދި ޔުނީފޯމް އެލަވަންސެއް ނުދީ މިފަދަ ކަންކަން ކުރުވަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތު ފޯރުކޮށްދިނުމުން އެފެދުނު މައްސަލައެކެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އެވާހަކަތަކާއި ފޮޓޯތަށް އާންމުކޮށްފައިވަނީ، ރާއްޖޭގެ ޝަރުއީ ކޯޓެއްގައި މަސްފެންގަނޑެއް ހަދައި، އަދި އެމަސްފެންގަނޑު ބެލެހެއްޓުމަށް ގަވާއިދެއް ހަދައިގެން އުޅޭތީ، އާދަޔާ ހިލާފްކަމެއް އެކަމުގައި ފާހަގަ ކުރެވޭތީ އެވެ.

ނޯޓް: ހައިކޯޓުގެ ހުކުމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް