Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗު ލީގު ކެންސަލް ކުރުން

ފްރެންޗު ލީގުގައި ރެލިގޭޝަނަށް އަމަލު ނުކުރަން ކޯޓުން އަމުރުކޮށްފި

ފްރެންޗު ލީގު ކެންސަލްކޮށް، ޕީއެސްޖީއަށް ވަނީ ޗެމްޕިއަންކަން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ޖޫން 2020 | ބުދަ 10:16
ފްރެންޗު ލީގުގައި އަމިއެންސް އާއި ޓުލޫސް ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗު ލީގުގައި އަމިއެންސް އާއި ޓުލޫސް ބައްދަލުކުރި މެޗުގެ ތެރެއިން

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކެންސަލް ކުރި ފްރެންޗު ލީގުގައި ރެލިގޭޝަނަށް އަމަލު ނުކުރަން ފްރާންސްގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާއެކު ފްރެންޗު ލީގު ކެންސަލް ކުރީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

ފްރެންޗު ލީގު ކެންސަލް ކޮށް، ޕީއެސްޖީއަށް ވަނީ ޗެމްޕިއަންކަން ދީފައެވެ. ފްރެންޗު ލީގަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ. ލީގު ކެންސަލް ކުރުމާއެކު ތާވަލުގެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަމިއެންސް އާއި ޓުލޫސް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

ލީގު ކެންސަލްކުރިއިރު ގިނަ ކުލަބުތަށް ނުކުޅެ 10 މެޗު އޮތެވެ. ލީގުގެ އެންމެ ފުލުގައި އޮތް ޓުލޫސަށް 28 މެޗުން ލިބުނީ 13 ޕޮއިންޓެވެ. ނަވާރަ ވަނައިގައި އޮތް އަމިއެންސް އަށް 28 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.

އެހެންކަމުން ރެލިގޭޝަނާ ދެކޮޅަށް އަމިއެންސް އާއި ޓުލޫސްއިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ފްރާންސްގެ އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓުން އަންގާރަ ދުވަހު އަމުރުކުރީ ރެލިގޭޝަން އުސޫލަށް އަމަލުކުރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށެވެ. އެ ގޮތުން ފްރެންޗު ލީގުގައި ރެލިގޭޝަނަށް އަމަލުނުކުރަން ކޯޓުން ވަނީ އަންގާފައެވެ.

ކޯޓުގެ މި އެންގުމާއެކު އަންނަ ސީޒަނުގައި ފްރެންޗް ލީގުން 22 ޓީމު ފެނުމުގެ ފުރުސަތު ބޮޑެވެ. އެއީ މި ސީޒަނުގައި ފްރެންޗް ދެވަނަ ޑިވިޝަނުގައި އެންމެ ކުރީގައި އޮތް ލޮރިއެންޓާއި ލެންސް ހިމަނައިގެންނެވެ.

އަމިއެންސް އާއި ޓުލޫސް އިން ކޯޓަށް ހުށަހެޅި މައްސަލައިގައި އަމުރެއް ނެރުނު ނަމަވެސް، މީގެ ކުރިން ލިޔޯނުން ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

ފްރެންޗު ލީގު ކެންސަލް ކުރީ އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތްތަކަށް ކޮލިފައިވާ ޓީމުތައް ކަނަޑައެޅުމަށް ފަހު އެވެ. އެގޮތުން ފްރެންޗު ލީގުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ އެއްވަނައިގައި އޮތް ޕީއެސްޖީ އާއި ދެވަނައިގައި އޮތް މާސޭ އަދި ތިންވަނައިގައި ރެނެސް އެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވީ ހަތަރުވަނައިގައި އޮތް ލިލް އާއި ފަސްވަނައިގައި އޮތް ރެއިމްސް އަދި ހަވަނައިގައި އޮތް ނީސް އެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރަށް ފަހު ޔޫރަޕުގެ މުބާރާތަކުން ތާވަލުގެ ހަތްވަނައިގައި އޮތް ލިޔޯނަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

ކޯޓުން ލިޔޯނުގެ މައްސަލަ ބޭރުކޮށްލި ނަމަވެސް، ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ވަނީ ފްރާންސް ސަރުކާރުގެ އެންގުމަށް ލީގު ކެންސަލްކޮށްފައި ވާތީ އަލުން ލީގު ފަށަން ސަރުކާރުން އިސްނެގުމަށް އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

21 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

23 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
ނިއު މެޗަކީ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު އެންމެ ރަނގަޅު މެޗު: ފެސްކޯ

ނިއު މެޗަކީ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު އެންމެ ރަނގަޅު މެޗު: ފެސްކޯ

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު