Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިޕީއެލް ބޭއްވުމުގެ މަސައްކަތް

ޔޫއޭއީގައި އައިޕީއެލް ބާއްވަން ހުށަހަޅައިފި

9 ޖޫން 2020 | އަންގާރަ 12:20

އައިޕީއެލް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖޫން 2020 | އަންގާރަ 12:20
މިދިޔަ އަހަރުގެ އައިޕީއެލް މެޗެއްގެ ތެރެއިން: މިއަހަރުގެ މުބާރާތް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި

މިދިޔަ އަހަރުގެ އައިޕީއެލް މެޗެއްގެ ތެރެއިން: މިއަހަރުގެ މުބާރާތް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސިޓީއެއް ކަމަށްވާ ދުބާއީގައި ބޭއްވުމަށް ހުށަހަޅައިފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އައިޕީއެލް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރަން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) އިން ނިންމީ ކޮވިޑް-19އާ ގުޅިގެން އިންޑިއާގައި ލޮކްޑައުންގެ މުއްދަތު އިތުރުކުރަން އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އައިޕީއެލް ފަށަން އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަކު ޓީ-ޓުވެންޓީ މި މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔޫއޭއީން ވަނީ އެ ގައުމުގެ ސިޓީއެއް ކަމަށްވާ ދުބާއީގައި މި މުބާރާތް ބޭއްވުމަށް ބީސީސީއައިއަށް ހުށަހަޅާފައެވެ. އަދި އޭގެ ކުރިން މި މުބާރާތް ބޭއްވުމަށް ސްރީލަންކާއިން ވެސް ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާއި ގުޅިގެން ބީސީސީއައިއިން އަދި އެއްވެސް ފަރާތަކާއި މަޝްވަރާ ކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ އައިޕީއެލް ފަސްކުރިއިރު، މި މުބާރާތް މީގެ ކުރިން 2009 ވަނަ އަހަރު ވަނީ ސައުތު އެފްރިކާގައި ބާއްވާފައެވެ. އޭރު މުބާރާތް ސައުތު އެފްރިކާއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު މި މުބާރާތުގެ އެއްބައި ޔޫއޭއީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮވިޑް-19އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރިއިރު، އިންޑިއާގައި މި ވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އިންޑިއާއިން މި ވައިރަހަށް 267،200ށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން 7،400ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް