Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެލިފޯނިއާއަށް ވައިރަސް އައި ގޮތް

ކެލިފޯނިއާއަށް އެތައް ފަހަރެއްގެ މަތިން ވައިރަސް އައި ކަމަށް ޖެނެޓިކް ދިރާސާއަކުން ދައްކައިފި

ވައިރަސް ފެތުރިގެން ދިޔައީ އެކަށީގެންވާ ވަސީލަތްތަކެއް ނެތުމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖޫން 2020 | އަންގާރަ 05:13
ކެލިފޯނިއާގައި ދިން ލުއިތަކާއެކު ބައެއް އާންމުން މަގުތަކަށް ނުކުމެ

ކެލިފޯނިއާގައި ދިން ލުއިތަކާއެކު ބައެއް އާންމުން މަގުތަކަށް ނުކުމެ

ކެލިފޯނިއަށް އެތައް ފަހަރެއްގެ މަތިން ވައިރަސް އައި ކަމަށް ޖެނެޓިކް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން ދައްކާގޮތުން ކެލިފޯނިއާއަށް ވައިރަސް އައިސްފައިވަނި ދަތުރުކުރި ފަރާތްތަކުގެ ފަރާތުންވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އެގައުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރެވިފައި ނުވާ ކަމަށް ދިރާސާއިން ދައްކަ އެވެ.

ޖަރނަލް ސައިންސްގައި އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ކްރޫސް ޝިޕްގައި ހުރި އެންމެ މީހެއްގެ ފަރާތުން ބަލި ވޮޝިންގޓަނަށް ފެތުރިގެން ދިޔަކަމާއި، މިއީ ބަލި ފެތުރިގެން ދިޔަ ގޮތުގެ ކުޑަ މިސާލެއް ކަމަށެވެ. އަދި މިއީ ކުޑަ ދިރާސާއެއް ކަމަށާއި، ނަމަވސް މިއިން ދައްކުވައިދޭ މަންޒަރަކީ މަދު ކޭސްތަކެއްގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިގެންދާ ގޮތް ކަމަށެވެ.

އަވަށް ފިޔަވަޅުތަކެއް އެޅުނު ނަމަ ބަލި ފެތުރުން ހުއްޓުވިދާނެ ކަން މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ޗާލްސް ޗިއު ވިދާޅުވެފައިވެއެވެ. ޑރ. ޗިއު ވިދާޅުވީ ޑައިމަންޑް ޕްރިންސަސް ކްރޫސް ލައިނާގައި ބަލި ފެތުރިގެން ދިޔައީ އެންމެ މީހެއްގެ ފަރާތުން ކަމަށާއި، އެ ކްރޫސްގައި ތިބި 700 މީހުން އެންމެ މީހެއްގެ ސަބަބުން ބަލި ޖެހުނު ކަމަށެވެ. އަދި 9 މީހުން މަރުވި އިރު މިއީ އެންމެ ކޭސްއެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ޑރ. ޗިއު ވަނީ ވިދާޅުވެފައެވެ.

ޑރ. ޗިއު ވިދާޅުވީ ކްރޫސްގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ބައްޔަށް ޕޮޒިޓިވްވީ އެންމެ ސްޓްރެއިންއަކުން ކަމަށާއި، އަދި ވޮޝިންގޓަންގައި ވެސް އެ ސްޓްރެއިން ފެތުރިގެން ދިޔަ ކަމަށެވެ.

ޑރ. ޗިއު ވިދާޅުވީ އެހެން ކޭސްއަކަށް ބަލާނަމަ، ސޮލާނޯގައި ބަލި ޖެހުނު މީހަކަށް ފަރުވާދިން ދެ ސިއްހީ އެހީތެރިންނަށް ބަލި ޖެހުނު ކަމަށާއި، ނަމަވެސް ބަލި ފެތުރުން އެހިސާބުން ކޮންޓްރޯލްވެ އެ އައުޓްބްރޭކްގައި ހިމެނިގެން ދިޔައީ 3 މީހުން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާއި ކޮންޓެކްޓްވި މީހުން އައިސޮލޭޓް ކުރުމުގެ ސަބަބުން ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްވެގެން ދިޔަކަމަށް ދިރާސާ ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

ހޯދިފައިވާ ހޯދުންތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޗިއު ވިދާޅުވީ ކެލިފޯނިއާއަށް ވައިރަސް އެތައްފަހަރެއްގެ މަތިން އެތެރެވި އިރު ވެސް އެ ހުއްޓުވަން ލިބުނު ފުރުސަތުގެ ބޭނުން ހިފިފައި ނުވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށާއި، ދަތުރުކުރުން މަނާކޮށް މޮނިޓަރ ކުރެވުނު ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުނީސް ކަމަށެވެ.

ކެލިފޯނިއާގައި މިހާތަނަށް 133،000ށް ވުރެ ގިނަ މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެ ސިޓީން އެކަނި މިހާތަނަށް 4000ށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ކެލިފޯނިއާއަކީ އެމެރިކާގައި 3 ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ގައުމެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު