Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހު

ވަޒީފާ ނެތް މީހުންނަށް އިނާޔަތް ދިނުމާގުޅޭ ބާބެއް ވަޒީފާއާ ބެހޭ ޤާނޫނަށް އިތުރުކުރުމަށް ހުށަހަޅައިފި

8 ޖޫން 2020 | ހޯމަ 17:41

ވަޒީފާ ނެތް މީހުންނަށް އިނާޔަތް ދިނުމުގެ މަގްސަދުކަަށްވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖޫން 2020 | ހޯމަ 17:41
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަނީ

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަނީ

ކޮވިޑް-19 އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ މިހާލަތުގެ ސަބަބުންނާއި އަދި ކުރިޔަށް އޮތްތަނުގައިވެސް މިހާލަތު ދެމިގެންދާނެތީ ވަޒީފާނެތް މީހުނަށް އިނާޔަތް ދިނުމުގެ ބާބެއް ވަޒީފާއާ ބެހޭ ގާނޫނުގައި ހިމެނުމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހަޅުއްވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ. މި ބިލަށް ބަހުސް ކުރައްވަމުން ޖީހާން ވިދާޅުވީ ވަޒީފާ ނެތް މީހުންނަށް އިނާޔަތް ދިނުމުގެ މަގްސަދުކަށްވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ. އެއީ އެމީހެއްގެ ކުށަކާއިނުލާ ހާލަތާއި ގުޅިގެން ނުވަތަ ކުރިމަތިކުރުވި ހާލަތާއި ގުޅިގެން އެމީހެއްގެ ވަޒީފާ ގެއްލިއްޖެ ހާލަތެއްގައި އެމީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ މަގްސަދުގައި ދޭންޖެހޭ އެއްޗެއް ކަމަށް ޖީހާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ބިލަށް ބަހުސް ކުރައްވަމުން ޖީހާން ވަނީ ސަރުކާރުން ހުށަހެޅުއްވި އިސްލާހުގައި ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަ މަސް އޮތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޖީހާން ވިދާޅުވީ ވަޒީފާގެ ޔަގީންކަން ނެތި އެހާ ގިނަ ދުވަހު މަސައްކަތް ކުރުމަކީ ކުރަން ދަތި ކަމަކަށް ވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަޒީފާ އަދާކުރާ މީހާގެ ހައްގުތަކަށް އުނިކަން އަންނަކަމަށް ޖީހާން ވިދާޅުވިއެވެ. އެހެންކަމުން މިހާރުވެސް އޮތް ގޮތަށް ޕްރޮބޭޝަން މުއްދަތަކީ ތިން މަހުގެ ގޮތުގައި ބާއްވަން ޖީހާން ހުށަހެޅުއްވިއެވެ.

މީގެއިތުރުން ޖީހާން ވިދާޅުވީ އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާއިރު އެ އުޖޫރައަކީ ބޭސިކް ސެލެރީގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ވަޒީފާއާ ބެހޭ ޤާނޫނުގައި 12 އިސްލާހެއް ވަނީ ހުށަހަޅާފައެވެ.

ވަޒީފާ ނެތް މީހުންނަށް އިނާޔަތެއް ދިނުމަކީ ރައްޔިތުންގެ މަޖިލިސް ކެމްޕެއިންގެ އެމްޑީޕީގެ "އެޖެންޑާ 19" ވައުދުނާމާގައި ހިމެނި މުހިއްމު ކަމެކެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް