Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤަުރުއާން މާއްދާއިން އިމްތިހާން ދިނުން

ޤުރުއާން މާއްދާއިން އިމްތިހާނު ދިނުން ފަސްކުރަން ނިންމި ނިންމުމަށް މަޖިލީހުން ތާޢީދުކޮށްފި

8 ޖޫން 2020 | ހޯމަ 13:18

ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުން ވަނީ އެގޮތަށް ފާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖޫން 2020 | ހޯމަ 13:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން

ކީ ސްޓޭޖް 4 ގައި ކިޔަވާ ދަރިވަރުން ކީރިތި ޤުރުއާން މާއްދާއިން އިމްތިހާން ކުރުމާއި ގުޅޭ ސަރކިޔުލަރގައި ކީ-ސްޓޭޖް 4 ގެ މުޤައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކަނޑައަޅާފައިވާ އިމްތިހާން ކުރުމުގެ އުސޫލަށް އަމަލުކުރުމަށް ފަސްކުރުމަށް ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ތާޢީދުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިކަމަށް ތާޢީދުކޮށްފައިވަނީ މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންނަށް ތައްޔާރުވުމަށް ވަގުތު ނުލިބި ޤުރުއާން މާއްދާއިން އެސް.އެސް.ސީ އިމްތިހާން ދިނުމާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ހަދާފައިވާ ޕެޓިޝަނެއް ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުން އެގޮތުން ފާސްކުރުމާއި އެކުއެވެ.

Advertisement - newsAdvertisement

މިޕެޓިޝަނަކީ މިއަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހަށް ބެލެނިވެރިންތަކެއް ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. މިޕެޓިޝަންގައި ސޮއި ކުރައްވާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާޢީއެވެ. މިޕެޓިޝަންގައި 318 ބެލެނިވެރިއަކު ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަން ދިރާސާކުރި ޕެޓިޝަން ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ މި ޕެޓިޝަން ދިރާސާކުރުމަށް ފެށުމާއެކު މިމައްސަލައާ ގުޅޭގޮތުން 17 ފެބްރުއަރީ ގައި އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުންތަކުގެ ތަފްސީލު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ކީ ސްޓޭޖް 4 ގައި ކިޔަވާ ދަރިވަރުން ކީރިތި ޤުރުއާން މާއްދާއިން އިމްތިހާން ކުރުމާއި ގުޅޭގޮތުން މިނިސްޓްރީން ނެރެފައިވާ ސަރކިޔުލަރ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މިސަރކިޔުލަރގެ ދަށުން އިމްތިހާން ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާ ނިންމުމަކީ ޕެޓިޝަން ހުށަހެޅި ފަރާތުން އެދިފައިވާ ގޮތް ހާސިލްވުންކަމުގައި ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް މިމައްސަލަ ކޮމިޓީން ދިރާސާ ކުރިއިރު ފާހަގަކުރެވުނު 10 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ސްޓްރީމްތައް ކަނޑައެޅިއިރު ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މާއްދާ ހިމަނާފައިނުވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ގުރުއާން މާއްދާ މަޖުބޫރުކުރުމަށް ކުއްލިގޮތަކަށް ނިންމާފައިވާއިރު ދަރިވަރުންނާއި ޓީޗަރުން ތަމްރީން ކޮށްފައިނުވާ ކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ދަރިވަރުން މިފަދަ އިމްތިހާނަކަށް އަހުލުވެރި ވެފައިނުވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް