Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީއަށް ލިބުނު އަނިޔާއިން ރަނގަޅުވުން

މަޔޯކާއާ ދެކޮޅަށް މެސީއަށް ކުޅެވޭނެ: ސެޓިއެން

8 ޖޫން 2020 | ހޯމަ 09:45

މެސީގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޖޫން 2020 | ހޯމަ 09:45
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ވަނީ ރަނގަޅުވެފައި

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ވަނީ ރަނގަޅުވެފައި

ސްޕެނިޝް ލީގު އަލުން ފަށާއިރު، ބާސެލޯނާ އިން ކުޅޭ ފުރަތަމަ މެޗުގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް ކުޅެވޭނެ ކަމަށް ބާސާގެ ކޯޗު ކިކޭ ސެޓިއެން ބުނެފި އެވެ.

މެސީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވުމުން، ސްޕެނިޝް ލީގު އަލުން ފަށާއިރު، ބާސާ ކުޅޭ ފުރަތަމަ މެޗަށް އޭނާ ފިޓު ވެދާނެ ކަމާމެދު މީގެ ކުރިން ވަނީ ސުވާލު އުފެދިފަ އެވެ. މިމަހުގެ 11 ވަނަ ދުވަހު ސްޕެނިޝް ލީގު އަލުން ފަށާއިރު، ބާސާ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.

މީގެ ކުރިން ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ މެސީގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާ ވެފައިވާ ކަމަށާއި، އިތުރަށް ރިސްކު ކުޑަ ކުރުމަށް ޓީމާ ވަކިން ޚާއްޞަ ކަސްރަތުތަކެއް ކުރަމުން ގެންދާ ކަމަށެވެ. މެސީއަށް އަނިޔާވީ، ބާސާއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބާސާގެ ކޯޗު ކިކޭ ސެޓިއެން ބުނީ މެސީއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމަށެވެ.

އުމުރުން 32 އަހަރުގެ މެސީ ބާސާގައި އަދިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މި ސީޒަނުގައި އޭނާ ވަނީ ބާސާއަށް ކުޅެދިން 31 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެސީގެ އިތުރުން ބާސާގެ ފޯވަރޑް ލުއިސް ސުއަރޭޒް ވެސް ވަނީ އަނިޔާ އިން ރަނގަޅުވެ، މަޔޯކާއާ ދެކޮޅަށް ނުކުންނަ މެޗަށް ފިޓުވެފަ އެވެ. މި މެޗުގައި ސުއަރޭޒް ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، މިއީ ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވި ކިކޭ ސެޓިއެންއަށް ސުއަރޭޒް ބޭނުން ކުރަން ލިބޭނެ ފުރަތަމަ މެޗެވެ.

ސްޕެނިޝް ލީގު އަލުން ފަށާއިރު، އެއްވަނައިގައި އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ބާސާއަށް 27 މެޗުން 58 ޕޮއިންޓު ލިބިފައިވާއިރު، ރެއާލަށް ވަނީ 27 މެޗުން 56 ޕޮއިންޓު ލިބިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް