Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ އެކޮމޮޑޭޝަން

އެސްޓީއޯ އަދި އެމްޕީއެލްގެ އެހީގައި ހަދާ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކްތައް މިމަހުގެ 20ށް ނިންމަނީ

މި މަސައްކަތް ކުރިޔަށް ގެންދަނީ ތިން ޕްރޮޖެކްޓަކަށް ބަހާލައިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖޫން 2020 | ހޯމަ 04:09
ހުޅުމާލޭ ފޭސް ޓޫ ގައި ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޅަމުންދާ ބައެއް ތަންތަން

ހުޅުމާލޭ ފޭސް ޓޫ ގައި ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޅަމުންދާ ބައެއް ތަންތަން

އެމްޕީއެލް އަދި އެސްޓީއޯގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކްތަކުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދާއިރު އަދި މި ވައިރަސްގެ ނުރައްކާ ބޮޑު ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން ހުޅުމާލެ ފޭސް-2 ގައި އަންނަނީ ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ތަންތަން ތަރައްޤީ ކުރަމުންނެވެ. އެޗްޑީސީން ވަނީ ހުޅުމާލޭގައި ބިދޭސީންނަށް ބޯހިޔާވަހިކަން ޤާއިމު ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ. މިތަންތަން ހަދަމުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

އެގޮތުން މި މަސައްކަތް ކުރިޔަށް ގެންދަނީ ތިން މަޝްރޫޢަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން ވަނީ މީގެކުރިން ބުނެފަ އެވެ.

އެސްޓީއޯ ހިޔާ ކުއާޓަރުގައި ނަމުގައި 1292 މީހުންގެ ޖާގައިގެ މިފެސިލިޓީގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މިއީ 6 ބިލްޑިންގ ބްލޮކް އާއި 96 ފާޚާނާ ހިމެނޭ ގޮތަށް ހަދާ ފެސިލިޓީއެކެވެ. އަދި މި ފެސިލިޓީގައި 310 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭނެ ކެންޓީނެއްވެސް ހިމެނެއެވެ.

މީގެއިތުރުން އެމްޕީއެލުން ތަރައްޤީ ކުރަމުން އަންނަ 1292 މީހުންގެ އެކޮމަޑޭޝަން ބްލޮކްތަކުގެވެސް 96 އިންސައްތަ މަސައްކަތްވަނީ ނިމިފަ އެވެ. މި މަސައްކަތުގެ ދަށުން ޕްރީފެބްރިކޭޓް 6 އެކޮމަޑޭޝަން ބްލޮކާއި، 96 ފާޚާނައާއި 310 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ކެންޓީނެއް އަންނަނީ ހަދަމުންނެވެ.

މީގެކުރިން އެޗްޑީސީން ވަނީ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 667 އެނދުގެ ފެސިލިޓީއެއްގެ މަސައްކަތް ނިންމާފަ އެވެ. ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ގުޅީފަޅުގައިވެސް އަންނަނީ އެކޮމަޑޭޝަން ފެސިލިޓީތަކެއް ހަދަމުންނެވެ.

މީގެއިތުރުން ގިނަ ޢަދަދެއްގެ ބިދޭސީން އަންނަނީ އެމީހުންގެ ޤައުމުތަކަށްވެސް ފޮނުވާލަމުންނެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު