Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯމް ކަރަންޓީނަށް 50 މީހަކު ފޮނުވަނީ

އައްޑޫ ސިޓީގައި ހޯމް ކަރަންޓީނަށް 50 މީހަކު ގެންދަނީ

މާލޭގައި ލޮކްޑައުންވެފައިވާ ފަރާތްތައް އެނބުރި ރަށަށް ދިއުމަށްފަހު، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖޫން 2020 | އާދީއްތަ 04:45
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު - 50 މީހަކު ހޯމް ކަރަންޓީނަށް ފޮނުވަން ނިންމާފައިވަނީ އަލަށް އަމަލުކުރަން ފެށި އުސޫލުގެ ތެރެއިން

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު - 50 މީހަކު ހޯމް ކަރަންޓީނަށް ފޮނުވަން ނިންމާފައިވަނީ އަލަށް އަމަލުކުރަން ފެށި އުސޫލުގެ ތެރެއިން

އައްޑޫ ސިޓީގައި ހޯމް ކަރަންޓީނަށް 50 މީހަކު ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

އެންއީއޯސީގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަނާމު ވިދާޅުވީ އައްޑޫގައި ހޯމް ކަރަންޓީން ކުރެވޭ ގޮތަށް 50 މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް މަބްރޫކް ނުދެއްވައެވެ.

މާލެ ސިޓީގެ ލޮކްޑައުންއަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ވަނީ ހާމަކޮށްފައެވެ. މި އުސޫލުގައި ބުނެފައިވަނީ މާލޭގައި ލޮކްޑައުންވެފައިވާ ފަރާތްތައް އެނބުރި ރަށަށް ދިއުމަށްފަހު، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް ކަމަށެވެ. އެގޮތުން މާލެއިން ގެންދާ ފަރާތްތަކަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހެއްތޯ ކަށަވަރު ކުރުމަށްފަހު، އެ ފަރާތްތައް ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އޭގެ އިތުރުން، މި އުސޫލާ އެއްގޮތަށް ރަށްރަށަށް ދިއުމަށް ކައުންސިލުގައި އެދިފައިވާ ފަރާތްތައް ކަރަންޓީންވާ ބޭނުންވާ ގެއަކީ އުސޫލަށް ފެތޭ ގެއެއްތޯ ބަލާނީ އެރަށެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ގުޅިގެން ރަށު ކައުންސިލުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއަށްފަހު ކައުންސިލުންއުސޫލުގައިބަޔާންކޮށްފައިވާ ފޯމު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށައެޅުމުން އެ ތަރުތީބުން ރަށްރަށަށް ދެވޭގޮތް ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ކަރަންޓީން ކުރާ ގޭގެ ޝަރުތުތައްވެސް އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން އެ ގޭގައި 60 އަހަރުން މަތީގެ މީހެއް އުޅެގެން ނުވާނެ ކަމަށާއި، މާބަނޑު މީހަކު ދިރިއުޅޭ ގެއަކަށް ވެގެން ނުވާނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ. އަދި ނޭވާ ހިއްލުން، ކިޑްނީގެ ބަލިތައް، ހަކުރު ބަލި އަދި ހިތުގެ ބަލި ފަދަ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތެއް އުޅޭ ގެއެއް ނަމަވެސް، ކަރަންޓީން ކުރުމަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ކަރަންޓީން ކުރާ މީހުން ބަހައްޓަންވާނީ ގޭގައި ދިރިއުޅޭ އެހެން މީހުންނާ ވަކި ކޮޓަރިއެއްގައި ކަމަށާއި، އެއް ކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީން ކުރާނަމަ، ދެ އެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފަރާތްތައް ބޭނުން ކުރަން ވަކި ފާޚާނާއެއް ހުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އައިސޮލޭޝަންގައި މިވަގުތު 1201 މީހުން އެބަތިބި ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1443 މީހުން އެބަތިބި ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މީހުންނަކީ ބައްޔާހެދި ނުވަތަ ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަ ކުރެވިގެން ކަރަންޓީން ކުރެވިފައިތިބި މީހުން ކަމަށާއި، އަނެއްބައި މީހުންނަކީ ޓްރާންސިޓް ކަރަންޓީންގެ ގޮތުގައި ފެސިލިޓީތަކުގައި ތިބި މީހުން ކަމަށެވެ. މީގެ އިތުރުން ވެސް ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި މީހުން އެބަތިބި ކަމަށާއި، ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިން ޓްރާންސިޓް ކަރަންޓީންގައި ތިބި މީހުންނާ އެކީގައި 112 މީހަކު ހޮނިހިރު ދުވަހު ދޫކޮށްލެވިފައިވާ ކަމަށެވެ.

އަދި 404 މީހެއްގެ ސާމްޕަލް މިހާރުވެސް ނަގާފައިވާ ކަމަށާއި، 14 ދުވަސް ހަމަވެ ޓެސްޓްގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ދޫކޮށްލާނެ ކަމަށެވެ. އަދި ފުލޫ ކްލިނިކްތަކުން 32 މީހަކު ހިދުމަތް ހޯދާފައިވާ ކަމަށާއި، މީގެ ތެރެއިން 5 މީހެއްގެ ސާމްޕަލް ނަގަފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު