Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލުން އަންހެނެއްގެ އޯވަރީގައި އިން ބޮޑު ސިސްޓެއް ނަގައިފި

ދެ ސިސްޓުގެ ތެރެއިން ބޮޑު ސިސްޓުގެ ބޮޑުމިނުގައި 10 ސެންޓިމީޓަރާއި 11 ސެންޓިމީޓަރު ހުރި

| 7 ޖޫން 2020 | އާދީއްތަ 03:48
ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ހޮސްޕިޓަލް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންހެނެއްގެ އޯވަރީގައި އިން ބޮޑު ސިސްޓެއް ކާމިޔާބު ކަމާއިއެކު ނަގައިފި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެރަށު އަންހެން ކުއްޖެއްގެ ބަނޑުގައި އިން ދެ ސިސްޓެއް ނަގާފައިވާ ކަމަށެވެ. ދެ ސިސްޓުގެ ތެރެއިން ބޮޑު ސިސްޓުގެ ބޮޑުމިނުގައި 10 ސެންޓިމީޓަރާއި 11 ސެންޓިމީޓަރު ހުރި ކަމަށާއި ކުޑަ ސިސްޓުގެ ބޮޑު މިނުގައި 2 ސެންޓިމީޓު ހުރި ކަމަށް ދާއޫދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ ކުރިން އެ ހޮސްޕިޓަލުން ދެފަހަރެއްގެ މަތިން ސިސްޓު ނަގާފައިވާނެ ކަމަށާއިި ނަމަވެސް މިއީ ސިސްޓު ފަޅައިގެން ނުގޮސް ނެގުނު ފުރަތަމަ ފަހަރު ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދާއޫދު ވިދާޅުވީ މި އޮޕަރޭޝަނަށް ދެގަޑިއިރު ނެގި ކަމަށާއި އޮޕަރޭޝަން ކޮށްފައިވަނީ 8 މެންބަރުންގެ ޓީމަކުން ކަމަށެވެ. އަދި ބަލީމާހެ ހާލު ރަނަގަޅު ކަމަށާއި އާދިއްތަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން ޑިސްޗާޖް ކުރާނެ ކަމަށް ދާއޫދު ވިދާޅުވިއެވެ.

އައު ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ޓާޗިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކަށް ބެދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން އައްޑޫ ސިޓީގައިވެސް އަންނަނީ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދަމުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު