ސިނަމާލެ ބްރިޖުން މީހަކު ކަނޑަށް ފުންމާލައިފި
6 ޖޫން 2020 | ހޮނިހިރު 12:55އެމީހާ ނެގީ ފުލުހުންގެ ލޯންޗަކަށް

އަމްނާ އިމާދު | 6 ޖޫން 2020 | ހޮނިހިރު 12:55

ސިނަމާލެ ބްރިޖް، މީގެ ކުރިން ވެސް ބައެއް މީހުން ބްރިޖުން ފުންމާލާފައިވޭ
ސިނަމާލެ ބްރިޖުން މީހަކު ކަނޑަށް ފުންމާލައިފިއެވެ.
ފުލުހުން ބުނީ ބްރިޖްމަތިން މީހަކު ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓު ހޮނިހިރު ދުވަހުގެ ހަވީރު 15:46 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ލޯންޗަކަށް އެމީހާ ނަގައިގެން މިހާރު އައިޖީއެމްއެޗްއަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ބްރިޖުން ފުންމާލީ އިންޑިއާގެ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މީހާ ބްރިޖް މަތިން ކަނޑަށް ފުންމާލާފައި ވަނީ ބްރިޖްގެ މެދެެއްހާ ހިސާބުން ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.
މިމީހާގެ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.







