Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގު ޕްލޭ އެޕް

ދިރާގު ޕްލޭ އެޕް ޑައުންލޯޑް ކޮށްފިންތަ؟

6 ޖޫން 2020 | ހޮނިހިރު 10:37

މި އެޕުން ލައިވް ޓިވީ ރިކޯޑިންގ ހެދޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 6 ޖޫން 2020 | ހޮނިހިރު 10:37
ދިރާގު ޕްލޭ އެޕް

ދިރާގު ޕްލޭ އެޕް

"ދިރާގު ޕްލޭ" ގެ ނަމުގައި މޮބައިލް ޑިވައިސްތަކުން ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ބަލާލެވޭފަދަ މޮބައިލް އެޕްލިކޭޝަނެއް ދިރާގުން ތަޢާރަފުކޮށްފިއެވެ.

ދިރާގުން މި އެޕްލިކޭޝަން ތައާރަފްކޮށްފައިމިވަނީ ލޮކްޑައުންގެ ސަބަބުން ގޭގައި ހުންނަން ޖެހިފައިވުމުން މުނިފޫހިފިލުވުމުގެ ޚިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ދިރާގުން ބުނީ މި އެޕްލިކޭޝަން އަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫން ކަމަށެވެ. އަދި މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ވެސް ކޮށްލެވޭނެ ކަމަށާއި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެކަމަށެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ލައިވް ޓިވީ ރިކޯޑިންގ:ދިރާގުން ބުނީ މިހާރު ޓީވީ ތަކުން ފޮނުވާ ޕްރޮގުރާމެއް ނޫނީ ޝޯވ އެއް ދައްކާވަގުތު އެ ޕްރޮގުރާމެއް ނުބެލިނަމަ ދިރާގު ޕްލޭގެ ރިކޯޑިންގ ފީޗަރ އިން ކުރީބައިގައި ޕްރޮގުރާމްތައް ރިކޯޑް ކުރުމަށް ޝެޑިއުލް ކުރެވޭނެކަމަށެެވެ. އަދި ޕްރޮގުރާމެއް ދައްކަމުންދާ ވަގުތުވެސް ރިކޯޑު ކުރެވޭނެ ކަމަށެވެ.

އަލުން ލައިވް ޓީވީ ރީސްޓަރޓް ކޮށްލެވުން:ދިރާގު ޕްލޭ ގެ "ރީސްޓަރޓް" ފީޗަރ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް އަންނަމުން ދާއިރު އެ ޕްރޮގުރާމެއް އަލުން ފަށައިގެން ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ ބޭނުނެކުރެވުން:ދިރާގުން ބުނީ މި އެޕް މެދުވެރިކޮށް ލައިވް ޓީވީ އަދި ދިރާގު ޓީވީގެ ވީއޯޑީ ކޮންޓެންޓް ތިން ޑިވައިސް އިން އެއްފަހަރާ ބަލާލެވޭނެކަމަށެވެ.

ދިރާގު ވީޑިއޯ އޮން ޑިމާނޑް:ދިރާގު ވީޑިއޯ އޮން ޑިމާންޑް (ވީ. އޯ. ޑީ) ގެ ކޮންޓެންޓް ވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެއެވެ. ދިރާގުން ބުނީ ވީ.އޯ.ޑީ އަކީ މުނިފޫހިފިލުމުވުމަށް ފިލްމާއި ސީރީޒް އިން ފެށިގެން ގޮސް ތުއްތުކުދިންނަށާއި ސްކޫލް ކުދިންނަށް މުހިންމު މައުލޫމާތު ހިމެނޭ ޚާއްސަ ޝޯވ ތަކާއި ޕްރޮގުރާމްތައް އެކުލެވިގެންވާ ބައެއް ކަމަށެވެ. އެގޮތުން، އޯލެވެލް އާއި އޭލެވެލްގައި ކިޔަވާ ކުދިންނަށް މުހިންމު ފިލާވަޅުތަކެއް ހިމެނޭ "އެޑިއު ޒޯން" ގެ ކޮންޓެންޓްވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޓިވީ ޕްރޮގުރާމް ގައިޑް އަދި ކެޗްއަޕް:ދިރާގުން ބުނީ މި އެޕް މެދުވެރިކޮށް ޗެނަލްތަކުގެ ޕްރޮގްރާމް ގައިޑް ފަސޭހައިން ބަލާލެވޭނެ ކަމަށެވެ. އެގޮތުން ކުރިން ދައްކާފައިވާ ޕްރޮގުރާމްތަކަކީ ކޮބައިކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަން ހަމަޖެހިފައިވާ ޕްރޮގުރާމްތައް ވެސް ބަލޭލެވޭނެ ކަމަށެވެ. ކެޗްއަޕް ފީޗަރ އިން ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލާނުލެވިއްޖެ ނުވަތަ ރިކޯޑް ކޮށް ނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެ ކަމަށާއި މި ފީޗަރ މިވަގުތު އެކުލެވިގެންވަނީ ބައެއް ޗެނަލްތަކުގައި ކަމަށެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޔެވެ. ދިރާގުން ބުނީ ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށް ކަމަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެ ކަމަށާއި ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަސް ކަމަށެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެ ކަމަށާއި އަދި ދިރާގުން ދަނީ ދިރާގު ޕްލޭ އަށް އިތުރު ކޮންޓެންޓް އާއި ޗެނަލްތައް ހިމެނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ދިރާގުޕްލޭ މިޑައުންލޯޑްކޮށްލުމަށް:http://bit.ly/DhiraaguPlayApp⠀

އިތުރު މައުލޫމާތު ހޯއްދެވުމަށް:https://www.dhiraagu.com.mv/Dhiraagu_Play.aspx

ދިރާގުން ބުނީ އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދިކުރުމަށް ކަމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިރާގުން ބުންޏެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
24 އެޕްރީލު 2017

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

24 އެޕްރީލު 2017
މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
09 އެޕްރީލު 2017

ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

09 އެޕްރީލު 2017
ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް