Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޯޓްމުންޑުގެ ކުޅުންތެރިން ޖޫރިމަނާ ކުރުން

ޑޯޓްމުންޑުގެ ސަންޗޯ އާއި އަކަންޖީ ޖޫރިމަނާ ކޮށްފި

6 ޖޫން 2020 | ހޮނިހިރު 07:55

އެ ދެ ކުޅުންތެރިން ޖޫރިމަނާކުރީ ބޯކޮށިއިރު މާސްކް ނާޅައި އިނުމުގެ ސަބަބުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޖޫން 2020 | ހޮނިހިރު 07:55
ބޮރޫޝިއާ ޑޯޓްމުންޑްގެ ޖޭޑަން ސަންޗޯ އާއި މެނުއެލް އަކަންޖީ: ދެ ކުޅުންތެރިން ވަނީ ޖޫރިމަނާ ކޮށްފައި

ބޮރޫޝިއާ ޑޯޓްމުންޑްގެ ޖޭޑަން ސަންޗޯ އާއި މެނުއެލް އަކަންޖީ: ދެ ކުޅުންތެރިން ވަނީ ޖޫރިމަނާ ކޮށްފައި

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވުމުން ބޮރޫޝިއާ ޑޯޓްމުންޑުގެ ޖޭޑަން ސަންޗޯ އާއި މެނުއެލް އަކަންޖީ ޖޫރިމަނާ ކުރަން ޖަރުމަން ލީގުން ނިންމައިފި އެވެ.

މީގެ ކުރިން ޖަރުމަންގެ ނޫހަކުން ވަނީ ޑޯޓްމުންޑްގެ ހަތަރު ކުޅުންތެރިއަކު ބޯކޮށަން އިން ވަގުތު ފޭސް މާސްކް ނާޅައި އިންދާ ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކޮށްފަ އެވެ. އެގޮތުން ޖަރުމަންގެ ސިޓީ އެއް ކަމަށްވާ ޑުސެލްޑޯފް އަށް ނިސްބަތްވާ ބޯކޮށާ މީހަކު، ސަންޗޯ އާއި އަކަންޖީގެ އިތުރުން ޑޭން-އެކްސެލް ޒަގަޑޫ އާއި ރަފައެލް ގުއެރޭރޯގެ ބޯކޮށަން ހުރި ވަގުތު، އެ ހަތަރު ކުޅުންތެރިން މާސްކް ނާޅައި ނަގާފައިވާ ފޮޓޯތަކެއް އެ ނޫހުން ވަނީ ހިއްސާ ކޮށްފަ އެވެ. އަދި ޑޯޓްމުންޑްގެ އިތުރު ދެ ކުޅުންތެރިން ކަމަށްވާ އެކްސެލް ވިޓްސެލް އާއި ތޯގަން ހަޒާޑް ވެސް އެ މީހާއާއެކު ބޯކޮށި ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެކަމަކު އެ ދެ ކުޅުންތެރިންގެ ފޯޓޯ އެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ޑޯޓްމުންޑުގެ ސްޕޯޓިންގ ޑިރެކްޓަރު ބުނީ ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފު ނުވާކަން އެ ހަ ކުޅުންތެރިން ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިން ބޯކޮށި ވަގުތު މާސްކް ނެގީ ހަމައެކަނި ފޮޓޯ އެއް ނެގުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެކަމަކު މި މައްސަލައިގައި ޖަރުމަން ލީގުން ވަނީ ސަންޗޯ އާއި އަކަންޖީ ޖޫރިމަނާ ކޮށްފަ އެވެ. އެހެން ނަމަވެސް، އަނެއް ހަތަރު ކުޅުންތެރިންނަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ޖަރުމަން ލީގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ ކުޅުންތެރިއަކު ވެސް ބޯކޮށަން ޖެހޭނެ ކަމަށާއި، އެކަމަކު މި ދަނޑިވަޅުގައި އެކަންކަން ކުރަން ވާނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެކަމަށް ރައްދު ދެމުން ސަންޗޯ ބުނީ ބޯކޮށި އިރު މާސްކް ނާޅައި އިނދެ ނަގާފައިވާ ފޮޓޮއެއް ދައުރުވުމުން، އޭނާ ޖޫރިމަނާ ކުރުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައި ޖަރުމަން ލީގުގެ ކުޅުން އަލުން ފަށާފައިވާއިރު، ލީގު ކުރިއަށްދަނީ ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ކްލަބުތަކުންނާއި ކުޅުންތެރިންވެސް އަމަލުކުރަންޖެހޭ ހާއްސަ ގަވާއިދުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް