Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިމާލެ ފެރީ ގަޑިތަކަށް ބަދަލު ގެނައުން

މިއަދުން ފެށިގެން ވިލިމާލެ ފެރީ އޮންނަ ގަޑިތަކަށް ބަދަލު ގެނެސްފި

ފުރަތަމަ ފެރީ ވިލިމާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:45 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޖޫން 2020 | ހުކުރު 19:11
ވިލިމާލެ ފެރީ ޓަރމިނަލް؛ މިއަދުން ފެށިގެން ފެރީ އޮންނަ ގަޑިތަކަށް ބަދަލު ވަނީ ގެނެސްފައި

ވިލިމާލެ ފެރީ ޓަރމިނަލް؛ މިއަދުން ފެށިގެން ފެރީ އޮންނަ ގަޑިތަކަށް ބަދަލު ވަނީ ގެނެސްފައި

ހޮނިހިރު ދުވަހުން ފެށިގެން ވިލިމާލެއާއި މާލެއާއި ދޭތެރޭގައި ދަތުރުކުރާ ފެރީތައް އޮންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެމްޓީސީސީން ބާއްވާ ފެރީ ދަތުރުތައް ރިވައިސްކޮށް ވަނީ އާ ޝެޑިއުލެއް އާންމުކޮށްފަ އެވެ. އެގޮތުން ފުރަތަމަ ފެރީ ވިލިމާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:45 ގައެވެ. އަދި މާލެއިން ފުރަތަމަ ފެރީ ފުރާނީ ހެނދުނު 7:00 ގައެވެ.

Advertisement - newsAdvertisement

އެގޮތުން މާލެއިން ފުރާ ފެރީތައް 7:00ން ފެށިގެން 8:00 ދޭތެރޭގައި ކޮންމެ 15 މިނެޓަކުން ފެރީ ބާއްވާއިރު، ވިލިމާލެއިން ފުރާ ފެރީތައް 6:45ން ފެށިގެން 8:15 އާ ހަމައަށް 15 މިނެޓަކުން ފެރީ އޮންނަ ގޮތަށް ޝެޑިއުލްއަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މީގެ އިތުރުން 8:30 ގައި މާލެއިން ވިލިމާލެއަށް ފެރީއެއް ބޭއްވުމަށްފަހު ދެން އެންމެ އަވަހަށް މާލެއިން ވިލިމާލެއަށް ފެރީއެއް އޮންނާނީ 11:00 ގައެވެ. އަދި 12:30 ގައި އިތުރު ފެރީއެއް ބޭއްވުމަށްފަހު 1:15 ގައި އިތުރު ފެރީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެންދުރު 2:30ން ފެށިގެން މާލެއިން ވިލިމާލެއަށް ފެރީ އޮންނާނީ ކޮންމެ 30 މިނެޓަކުން ހަވީރު 5:30 ވަންދެންނެވެ.

އޭގެ ފަހުން ރޭގަނޑު 8:30 ގައި މާލެއިން ވިލިމާލެއަށް ފެރީއެއް ބޭއްވުމަށްފަހު ދެން ފެރީއެއް އެންމެ އަވަހަށް ބާއްވަން ޝެޑިއުލްކޮށްފައިވަނީ 10:45 ގައެވެ. އަދި 11:15 ގައި އިތުރު ފެރީއެއް ބާއްވާއިރު، 12:00 އަދި 12:30 ގައި ފެރީއެއް ބައްވާ ދަންވަރު 2:00 ގައި އެންމެ ފަހު ފެރީ އޮންނާނެ އެވެ.

ވިލިމާލެއިން މާލެއަށް ދަތުރުކުރާ ފެރީތައް ހަމަޖެހިފައިވަނީ ހެނދުނު 6:45ން 8:15 އާ ހަމައަށް ކޮންމެ 15 މިނެޓަކުން އޮންނަ ފެރީ ފިޔަވައި 9:00 އަދި 12:00 ގެ އިތުރުން 1:00 ގައެވެ. އޭގެ ފަހުން ދެން 1:30 އިތުރު ފެރީއެއް ބާއްވާއިރު ދެން އެންމެ އަވަހަށް ވިލިމާލެއިން މާލެއަށް ފެރީއެއް އޮތީ 3:00 ގައެވެ. އޭގެ ފަހުން ހަވީރު 3:45، 4:15، 5:00 އަދި 7:00 ގައި އިތުރު ފެރީއެއް ވިލިމާލެއިން މާލެއަށް އޮންނާނެއެވެ.

އޭގެ ފަހުން ރޭގަނޑު 9:00، 10:30، 11:00، 11:30 އަދި 12:15 ގައި ވިލިމާލެއިން މާލެއަށް ފެރީއެއް އޮންނާނެ އެވެ. އަދި އެންމެ ފަހު ފެރީއެއް ވިލިމާލެއިން މާލެއަށް އޮންނާނީ ދަންވަރު 1:00 ގައެވެ.

މީގެ އިތުރުން ހުކުރު ދުވަހު ވެސް ފެރީ ޝެޑިއުލް ހަމަޖައްސާފައިވަނީ މިގޮތަށެވެ. މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ އިރު، ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް އައިސް ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު