Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާމިގިލި އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުން

މާމިގިލި އެއަރޕޯޓް އަލުން އިންޓަރނޭޝަނަލް ކުރަން ހުއްދަ ދެނީ

އެއަރޕޯޓު އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް ފަތުރުވެރިކަން ފެށިގެން އައުމުން ކުރިއަށް ދާނެ: މިނިސްޓަރ ނަހުލާ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 5 ޖޫން 2020 | ހުކުރު 18:16
މާމިގިލި އެއަރޕޯޓުގެ ރަންވޭ: އެއަރޕޯޓުން ފުރަތަމަ ހިދުމަތް ދޭން ފަށާފައިވަނީ 2011 ގައި

މާމިގިލި އެއަރޕޯޓުގެ ރަންވޭ: އެއަރޕޯޓުން ފުރަތަމަ ހިދުމަތް ދޭން ފަށާފައިވަނީ 2011 ގައި

އދ. މާމިގިލި އެއަރޕޯޓް އަލުން އިންޓަރނޭޝަނަލް ކުރަން ހުށައަޅައިފައިވާ ކަމަށާއި ހުއްދަ ދިނުމުގެ މަސައްކަތްތައް ބޯޑަރު ހުޅުވާލުމުން ކުރިއަށްދާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ވަރޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މާމިގިލި އެއަރޕޯޓް އިންޓަރނޭޝަނަލް ކުރަން އަލުން ހުށައެޅުމުން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންތަކުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލެވިގެން އަންނައިރު، އިންޓަރނޭޝަނަލް ކުރުމަށް އެދިފައިވާ އެއަރޕޯޓުތަކުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މާމިގިިލި އެއަރޕޯޓު ޑޮމެސްޓިކް އެއަރޕޯޓަކަށް ބަދަލުކުރެވުނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ކުންފުނީގެ އިންޓަރނޭޝަނަލް އެއަރޕޯޓް ހުއްދަ ބާތިލުކުރެވުނީ 2016 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެއަރޕޯޓުގެ އިންޓަރނޭޝަނަލް ހުއްދަ ބާތިލުކުރީ އެއަރޕޯޓު ހިންގަމުން އައި ވިލާ ޓްރޭޓް އެންޑް ޝިޕިން ގެ އެދުމުގެ މަތިން، އެ ކުންފުންޏަށް ގެއްލުން ލިބެމުންދާތީ އެވެ.

މި އެއަރޕޯޓު ތަރައްގީކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިިމްގެ ވިލާ ކުންފުނިންނެވެ. މިއީ އަމިއްލަ ފަރާތަކުން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއަރޕޯޓެވެ. މި އެއަރޕޯޓުން ފްލައިޓަތަކަށް ހިދުމަތް ދޭން ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު