Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް މުވައްޒިފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އު

ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައި މައްސަލަ ޓްރައިބިއުނަލް އަށް!

5 ޖޫން 2020 | ހުކުރު 07:53

ގާނޫނީ ގޮތުން ސުވާލުއުފެދޭ ކަންތައްތަކެއް ހުރިކަމަށް ބެލެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖޫން 2020 | ހުކުރު 07:53
މިމައްސަލަ ވީހާ ވެސް އަވަހަށް ބެލުމަށް ޓްރައިބިއުނަލްއަށް ވަނީ ގޮވާލާފައި

މިމައްސަލަ ވީހާ ވެސް އަވަހަށް ބެލުމަށް ޓްރައިބިއުނަލްއަށް ވަނީ ގޮވާލާފައި

ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުޞޫލަށް ބަދަލު ގެނައުމާ ގުޅިގެން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ އިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މެއި މަހުގެ 17 ވަނަ ދުވަހު ނެރުނު ސަރކިއުލަރގައި، ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ނިންމާފައިވާ ގޮތް ސަރުކާރު އޮފީސްތަކައް ވަނި އަންގާފައެވެ. ކޮވިޑް-19 އާ ގުޅިގެން އިސް ސަފުގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުން ވަނީ، ސިވިލް ސަރވިސް ކޮމިޝަނުގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރާއި އެކަން ހިއްސާކޮށްފަ އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނުގައި ބުނީ ސިވިލް ސަރވިސް ކޮމިޝަނުގެ ނިންމުމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ ޖަމްޢިއްޔާއާއި، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމް.އެޗް.ޕީ.ޔޫ) ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު، މި މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދުމަށް ސިވިލް ސަރވިސް މުވައްޒަފުންގެ ޙައްޤުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ޤުރުބާނީ އެއް ވަމުންދާ އެއްބަޔަކީ އިސް ސަފުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކޮށް އެޖަމްޢިއްޔާއިން ބުނީ އިސް ސަފުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ރަސްމީ ގަޑީގެ އިތުރަށް ގިނައިރުތަކެއް މަސައްކަތް ކުރަންޖެހޭ މުވައްޒަފުން ކަމަށެވެ. އެ މުވައްޒަފުން ކުރާ މަސައްކަތާއި، މަސައްކަތުގެ ގޮތުން ހުށަހެޅޭ ރިސްކަށް ބަލާއިރު، މިހާރު ވެސް އެ މުވައްޒަފުންނަށް ދެމުންގެންދާ އުޖޫރައަކީ އެކަށީގެންވާ މިންވަރަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ދެވޭ އުޖޫރަ ބޮޑު ކުރުމުގެ ބަދަލުގައި، އިތުރު ގަޑީގައި މަސައްކަތް ކުރުމުން ލިބޭ އުޖޫރަ ކުޑަކުރުމުގެ ސަބަބުން އެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު އެންމެ އެކަށީގެންވާ ގޮތެއްގައި ވަޒަންނުކުރެވޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެހެންކަމުން، ސިވިލް ސަރވިސް ކޮމިޝަނުގެ 17 މެއި 2020 ސަރކިއުލަރއިން ސަރުކާރުގެ އިދާރާތަކަށް ސިވިލްސަރވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް އަންގާފައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނާއި ޚީލާފަށް ކަމަށް ފެންނާތީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެފް.އެޗް.ޕީ.ޔޫ) ގެ ސިވިލް ސަރވިސް މުވައްޒަފުންގެ ފަރާތުން މައްސަލަ 4 ޖޫން ވީ ބުރާސްފަތި ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ ކަން ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ.

މި މައްސަލައަކީ ވަރަށް ގިނަ މުވައްޒަފުންނާއި ގުޅުން ހުރި މުހިންމު މައްސަލައެއް ކަމުގައިވާތީ، އަވަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަކުރިއަށް ގެންގޮސް މި މައްސަލައިގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެޖަމްޢިއްޔާގެ ފަރާތުން ވާނީ އެދިފަ އެވެ.

އިސް ސަފުގައި މަސައްކަތްކުރަމުން ގެންދާ މުވައްޒަފުން އެކުރަމުން ގެންދަނީ ޤައުމީ މުހިންމު ބޮޑު މަސައްކަތެއްކަމުގައި ވާތީ، އެ މުވައްޒަފުން މާޔޫސް ނުވާނެހެން، ޙައްޤުވާ އުޖޫރަ ދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން ވަނީ ގޮވާލާފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް