Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިޒަމްއާއި ގުޅޭ މައްސަލަތަކުގައި ގޮތްނިންމުން

ޓެރަރިޒަމާއި ގުޅޭ މައްސަލަތަކުގައި ގޮތްނިންމާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ރާއްޖެއިން ފުރަތަމަ ވާހަކަދެއްކެވީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2020 | ހުކުރު 02:22
ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފުރަތަމަ ވާހަކަދެއްކެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފުރަތަމަ ވާހަކަދެއްކެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު

ޓެރަރިޒަމާއި ގުޅޭ މައްސަލަތަކުގައި ގޮތްނިންމާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެކަމާ ގުޅޭގޮތުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ، މިއީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން "އޮންލައިން ކޮންސަލްޓޭޓިވް މީޓިން އޮން ޓެއިލަރިންގ ދަ ޔޫއެން ސައުތު އޭޝިއާ ރީޖަނަލް ޓޫލް ކިޓް ފޮރ ޖަސްޓިސް އޮފް މޯލްޑިވްސް" ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމަށް ފަންޑުކޮށްފައި ވަނީ އީޔޫގެ ފަރާތުންކަމަށް ޑީޖޭއޭއިން މައުލޫމާތު ދެއެވެ.

ޑީޖޭއޭއިން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ "ޔޫއެން ސައުތު އޭޝިއާ ރީޖަނަލް ޓޫލްކިޓް" ދިވެހިރާއްޖެއަށް ފެތޭނެހެން އެކަށައެޅުމުގައި ޔޫއެންއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި، އަދި ޤައުމީ ފެންވަރެއްގައި ޓެރަރިޒަމާއި ގުޅޭ މައްސަލަތަކުގައި ގޮތްނިންމުމުގައި ބޭނުންކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ފުރަތަމަ ވާހަކަ ދެއްކެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި ބައްދަލުވުމުގެ ބައިވެރިންގެ ގޮތުގެ ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓާއި، މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުން ނާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގެ ބޭފުޅުން ހިމެނޭހެން 40 ބޭފުޅުން ބައިވެރިވެވަޑައިގެން ކަމަށް ޑީޖޭއޭއިން މަޢުލޫމާތު ދެއެވެ.

އޭގެ އިތުރުން، ޔޫ.އެން.އޯ.ޑީ.ސީގެ ޓެރަރިޒަމް ޕްރިވެންޝަން ބްރާންޗް ގެ އެރިއާނާ ލެޕޮރޭ އަދި ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑިރެކްޓަރޭޓް (ސީޓެޑް) ގެ އެޑްރިއާ ޑި ލާންޑްރީ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ޑީޖޭއޭއިން މަޢުލޫމާތު ދެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު