Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުން

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ކުރު މުއްދަތެއްގައި ތަމްރީނުކުރެވޭ ކޯސްތަކެއް ފަށަނީ

4 ޖޫން 2020 | ބުރާސްފަތި 13:51

އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތައް ދިވެހިންނަށް ދިނުން

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖޫން 2020 | ބުރާސްފަތި 13:51
ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް، ކުރު މުއްދަތެއްގައި ތަމްރީނުކުރެވޭ ކޯސްތަކެއް ފެށުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަން އާއި ކައުންސިލްތަކުގެ އިސްވެރިންނާއި ކަމާގުޅޭ އިސް ފަރާތްތައް ހިމެނޭހެން އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކުގެ ތެރެއިން ދިވެހިންނަށް އަދާކުރެވެން ހުރި ވަޒީފާތަކަށް ވީހާވެސް ބޮޑަށް ދިވެހިން ލައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުންކަމަށް ކަމަށެވެ. އަދި ހަމަ އެއާއެކު ސަރުކާރުގެ އަމާޒަކީ ދިވެހިންނަށް ބޭނުންވާ ތަމްރީނުތައް ދީގެން ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވީހާވެސް ގިނަ ދިވެހިން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ކުރިމަތިވެފައިވާ މި ހާލަތަކީ ދިވެހިންނަށް ގިނަ ވަޒީފާތަކެއް ހޯދައިދިނުމަށް ލިބޭ ފުރުސަތަކަށް ހަދައި ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު ވާހަކަ ދެއްކެވިއެވެ.

ދިވެހިންނަށް އަދާކުރެވޭނެ ހުރިހާ ވަޒީފާއަކަށް ހަމައެކަނި ދިވެހިން ނެގުމަށް ބާރުއެޅުމަށް މަސައްކަތް ކުރުމަށް ފާހަގަކުރައްވައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ޓުއަރިޒަމްގެ ދާއިރާގެ ބައެއް ބައެއް ވަޒީފާތަކަކީ ހަމަ އެކަނި ދިވެހިންނަށް ޚާއްސަކޮށްފައި އޮންނަ ވަޒީފާތަކަކަށް ހެދުމުގެ މުހިންމު ކަމަށެވެ. އަދި ހަމަ އެއާއެކު މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ.

ކުރުމުއްދަތެއްގައި ފުރިހަމަކުރެވޭ ކޯސްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ވިދާޅުވީ މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން ސްޓަޑީއެއް ހެދުމަށްފަހު ސެޓްފިކެޓް 3 ގެ ލެވެލްގެ 20 ކޯހެއް ޑިޒައިންކޮށް، އެކޯސްތައް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. އަދި މި ކޯސްތައް ހިންގާނީ ތިއަރީ ބަޔަކާއި ރިޒޯޓްތަކުގައި އަމަލީ ތަޖުރިބާ ފުރިހަމަ ކުރުމުގެ ބައެއް ހިމެނޭ ގޮތަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިކަން ކުރުމަށް ނިންމަވާފައިވަނީ ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވައި ވަޒީފާއަށް ލޯބި ޖެއްސުމަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ކޯސްތަކަށް ދަރިވަރުން ހޯދުމުގައި ކައުންސިލުތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ކަމަބެހޭ ހުރިހާ އިދާރާތައް ގުޅިގެން އެކުގައި މަސައްކަތްކޮށް މި ކޯސްތައް އެންމެ ފުރިހަމަގޮތުގައި ހިންގައި ނަތިޖާ ނެރެދިނުމަށް މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލަރުން ކުރާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އެގޮތުގައި މަސައްކަތްތައް ކުރިޔަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި ނިއުނޯމަލް އަކުން ނޯމަލްއަށް ގައުމުގެ ހާލަތު ބަދަލުވެގެންދާއިރު ކުރިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް