Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާންމު ސިއްހަތުގެ ކުއްލު ނުރައްކަލުގެ ހާލަތު

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގަވާއިދު އެކުލަވާލައި އާންމުކޮށްފި

އެޑްވައިޒަރީ ކޮމެޓީއެއް އެކުލަވާލަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ޖޫން 2020 | ބުރާސްފަތި 05:41
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު: އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ބާރުތަކެއް ލިބިދީފައިވޭ

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު: އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ބާރުތަކެއް ލިބިދީފައިވޭ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި، ގެޒެޓުކޮށްފި އެވެ.

މި ގަވާއިދަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ މަގްސަދަކީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިވާވެއްޖެނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއްހަތާއި ފުރާނަ ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވުމުން އަމަލުކުރާނެ ގޮތާއި، އެ ހާލަތުގައި ނެރޭނެ އަމުރުތައް ބަޔާންކުރުމެވެ.

މިގަވާއިދުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑިރެކްޓަރ ޖެނެރަލް އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީއެއް އެކުލަވާލުމުގެ އިޚުތިޔާރު މިނިސްޓަރަށް ލިބިގެންވެ އެވެ.

މީގެއިތުރުން، މި ގަވާއިދުގައި، އާންމު ސިއްހަތު ރައްކާތެރިކުރުުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތާއި، އަމުރުތައް ނެރުމުގައި އަމަލުކުރަން ޖެހޭ ގޮތް އަދި އަމުރުތަކަށް ތަބާވުމާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމާގުޅޭ ގިނަ ކަންކަން ބަޔާން ކޮށްފައި ވެއެވެ.

އެގޮތުން، ކަރަންޓީން ކުރުން ނުވަތަ އެކަހެރި ކުރުމާގުޅޭ ކަންކަމާއި ވެކްސިން ދިނުމާގުޅޭ ކަންކަމުގައި އަމަލު ކުރާނެ ގޮތްތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެއްވެ އުޅުން މަނާކުރުމާއި، މީހުން ވަކިތަނަކަށް ދިއުން މަނާކުރުމާއި ދަތުރު ފަތުރުކުރުން މަނާކުރުން ނުވަތަ އެކަން ކޮންޓްރޯލް ކުރުމާގުޅޭ ކަންކަންވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ނުރުހުމުގައި ފަރުވާދިނުން ބަޔާންކުރާ، މިގަވާއިދުގެ 15 ވަނަ މާއްދާގައި ބުނަނީ، މިގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަންގާ އެންގުމަކާ ގުޅިގެން، ސިއްހީ ޚިދުމަތްދޭ ފަރާތަކުން، ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއް ކަމަށް ނުވަތަ އެފަދަ ބަލި ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހެއް ކަމަށް ބެލެވޭ މީހާ 'އެގްޒެމިން' ކުރުމުގައި، އޭނާގެ ނުރުހުމުގައި އޭނާ 'އެގްޒެމިން' ކުރުމަކީ، ނުވަތަ ސާމްޕަލް ނެގުމަކީ، ނުވަތަ ފަރުވާ ދިނުމަކީ އޭނާއާމެދު މާރާމާރީ ހިންގުންކަމަކަށް ނުވަތަ އޭނާގެ މިނިވަންކަމަށް ހުރަސްއެޅުންކަމަކަށް ނުބެލެވޭނެ ކަމަށެވެ.

މީގެއިތުރުން، ކޯޓު އަމުރުތަކަށް އެދުމާއި، ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކޯޓު އަމުރުތަކާ ނުލައި މީހުން ދިރިއުޅޭ ނުވަތަ މީހުން ދިރިނޫޅޭ ތަންތަނަށް ނުވަތަ އާންމު ތަންތަނަށް ވަނުމުގެ ހުއްދަ، ޑިރެކްޓަރ ޖެނެރަލަށް ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އެހެން ފަރާތަކަށް ލިބިގެންވެ އެވެ.

މީގެއިތުރުން، ނޭޝަނަލް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ޕްލޭނެއް މި ގަވާއިދާ އަމަލު ކުރަންފަށާތާ 3 މަސްދުވަހުގެ ތެރޭގައި އަކުލަވާލަން ޖެހޭއިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި ޚަރަދުކުރާނެ ބަޖެޓެއް އޮންނަން ޖެހެއެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ވަކި އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓްގައި ކަނޑައަޅަންވާނެ ކަމަށް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މުޅި ދުނިޔޭގައި ނުރައްކާ މިންވަރަށް ކޮވިޑް-19 ފެތުރެމުންދާއިރު، ރާއްޖޭގައިވެސް ދަނީ މި ވައިރަސް ފެތުރެމުންނެވެ. މިކަމާއި ގުޅިގެން، މިދިއަ މާރޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާނު ކޮށްފަ އެވެ. އަދި އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ފުރަބަންދުކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 1850 މީހުންނެވެ. މިބަލީގައި 7 މީހަކު މަރުވެފައި ވާއިރު، 644 މީހަކު ރަނގަޅު ވެފައިވެސް ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު