Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒި

ކޯނީ ރިޕޯޓުގައި ބަޔާންކޮށްފައިވާ މީހުންގެ މައްޗަށް ދައުވާކޮށް ފިޔަވަޅު އަޅަންޖެހޭ: އަލީ އާޒިމް

ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ސަރުކާރު ވައްޓާލެވިގެން ނުވާނެކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2020 | ބުދަ 18:43
އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް- އާޒިމް ވިދާޅުވީ، ފިޔަވަޅު އަޅަންޖެހޭ މީހުންނާމެދު ފިޔަވަޅުއެޅުން އަވަސްކުރަން ޖެހޭކަމަށް

އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް- އާޒިމް ވިދާޅުވީ، ފިޔަވަޅު އަޅަންޖެހޭ މީހުންނާމެދު ފިޔަވަޅުއެޅުން އަވަސްކުރަން ޖެހޭކަމަށް

7 ފެބްރުއަރީގައި ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން ތައްޔާރުކުރި ރިޕޯޓް (ކޯނީ ރިޕޯޓް)ގައި ބަޔާން ކޮށްފައިވާ މީހުންގެ މައްޗަށް ތަހުޤީޤު ހިންގި ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ވެރިކަމެއް ވައްޓާލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށާއި، މާޒީގައި ހިނގާދިޔަ ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކޯނީ ރިޕޯޓުގައި ފިޔަވަޅު އެޅުމަށް ބަޔާންކޮށްފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެގޮތުން ހަމަނުޖެހުން އުފެއްދުމާއި، ބަޣާވަތް ކޮށްގެން ވެރިކަން ވައްޓާ ނުލެވޭނެކަން ކަށަވަރު ކުރުމަށްޓަކައި، ކުރިން އެކަން ކޮށްފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް، އެމީހުންގެ މައްޗަށް ދައުވާ ކުރެވި ފިޔަވަޅު އެޅުމަކީ މުހިންމުކަމެއްކަން އާޒިމް ފާހަގަ ކުރެއްވި އެވެ. އަދި ފިޔަަވަޅު އެޅުން ލަސްވާނަމަ އެކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދިއުން އެކަށީގެންވާކަަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރާ ކަމަކާމެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ސަރުކާރު ވައްޓާލެވިގެން ނުވާނެ ކަމަށާއި، ރައްޔިތުންވެސް އެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ނުދޭނެކަން ފާއިތުވި ދުވަސްތަކުގައި ރައްޔިތުން ދައްކުވައިދީފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ޤާނޫނުތަކާއި ޤަވާއިދުތައް ތަންދޭ މިންވަރަކުން ރައްޔިތުންގެ މިނިވަންކަން ހޯދައިދޭން ޖެހޭ ކަމަށާއި، އެކަން ސަރުކާރުން ވެސް ކަށަވަރު ކޮށްދޭންޖެހޭ ކަމަށެވެ. އަދި ރައްޔިތުން އައު ވެރިކަމެއް ގެނައި އެއް ސަބަބަކީވެސް އެއީކަން އާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އޭރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދި ކޮމިޝަނެކެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު