Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރުގައި ތިބި ދިވެހިން ގެނައުމުގެ މައްސަލަ

ބޭރުގައި ތާށިވި ދިވެހިން ގެނައުމުގެ އުސޫލާއި، ޖަލުތަކުގެ ހާލަތު އަދި ތިލަފުށީގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައުލޫމާތު މަޖިލީހުން ސާފު ކުރަނީ

3 ޖޫން 2020 | ބުދަ 13:47

ކޮވިޑް-19 އާއި ގުޅިގެން ޖަލުތަކުގެ ހާލަތު ސާފުކުރުމަށް ވަނީ ހުށަހަޅާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖޫން 2020 | ބުދަ 13:47
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން؛ ބޭރުގައި ހާލުގައި ޖެހުނު ދިވެއްސެއްގެ މައްސަލަ ސާފުކުރަން ކޮމިޓީން ވަނީ ނިންމާފައި

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން؛ ބޭރުގައި ހާލުގައި ޖެހުނު ދިވެއްސެއްގެ މައްސަލަ ސާފުކުރަން ކޮމިޓީން ވަނީ ނިންމާފައި

ކޮވިޑް-19 އާއި ގުޅިގެން ޖަލުތަކުގެ ހާލަތާއި، ބޭރުގައި ތާށިވެފައި ތިބި ދިވެހިން ނާދެވި ތިބި މައްސަލައިގެ އިތުރުން ތިލަފުށީގައި ހިނގައިދިޔަ ހާދިސާގެ މައްސަލަ ސާފުކުރަން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.

ބުދަ ދުވަހު ބޭއްވި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ފާހަގަކުރެވުނު މައްސަލަތަކުގެ އިތުރުން ތިލަފުށީގައި ބިދޭސީންނާއި ފުލުހުންނާއި ކުރިމަތިލާން ޖެހުނު މައްސަލައިގެ ތަފުސީލު ހޯދުމަށް އެދިވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާއި ގުޅިގެން ބޭރު ގައުމުތަކުގައި ތާށިވި ދިވެހިން ނުގެނެވި ލަސްވާ މައްސަލައާއި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ އުސޫލު އަދި ދިވެހިން ގެނައުމަށް ކުރަމުންދާ މައްސަލަ ސާފުކޮށްދެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގެންފަ އެވެ. މީގެ ތެރެއިން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ އިންޑޮނޭޝިއާގައި ތާށިވެ ހާލުގައި ޖެހުނު ދިވެއްސެއްގެ މައްސަލަ ބަލައިދިނުމަށް ވެސް ހުށަހަޅުއްވާފަ އެވެ.

މެންބަރު ހައިތަމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ އިންޑޮނޭޝިއާއިން ރާއްޖެއަށް މީހުން ގެނައުމުގެ ވާހަކައަކީ ކުރިން ވެސް ދެކެވެމުންއައި ވާހަކައަކަށް ވާތީ އެންމެ ފަހުވަގުތާ ހަމައަށް ވަގުތު ކައިރިވެފައި އޮއްވާ މިހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ލަސްވުމުން އެކަން ނުކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދުރާލާ އެކަމާ އުޅުއްވި ނަމަ ކޮންމެވެސް ގޮތެއް ފެނިވަޑައިގަންނަވާނެ ކަމަށާއި، އެންމެ ފަހު ވަގުތު އެކަން ކުރައްވަން އުޅުއްވިކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކުރީ ބައިގައި އިންޑޮނޭޝިއާގައި ތާށިވެ ހާލުގައި ޖެހުނު ދިވެހި މީހާއަށް އަޅާލެވުނު ނަމަ އެކަން އެގޮތަށް ނުވީސް ކަމަށް ހައިތަމް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިންޑޮނޭޝިއާ ލޮކްޑައުންކޮށްފައި އޮތުމުން ބާލީން ޖަކާޓާއަށް އެމީހާއަށް ނާދެވުނު ކަމަށާއި، އިންޑޮނޭޝިއާއިން ރާއްޖެ އައި ފުލައިޓުގައި ދެން އައި ދިވެހިންނަކީ އެމްއޭސީއެލްގެ މުވައްޒަފުން ކަމަށާއި، އެމީހުން އައީ ކުންފުނިން ޓިކެޓް ހަމަޖައްސައިގެން ކަމަށެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ޝަރީފް ވަނީ މެންބަރުން ހުށަހެޅުއްވި ކަންކަން ކަމާބެހޭ ފަރާތްތަކުން ސާފުކުރައްވާނެ ކަމަށާއި، އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ޖަލުތަކާއި ބެހޭ މައުލޫމާތު ސާފުކުރުމަށާއި، ބޭރު މީހުންނާއި ފުލުހުންނާއި ކުރިމަތިލުމުގެ މައްސަލައިގެ އިތުރުން ސްރީލަންކާގައި ހާލުގައި ޖެހިފައިތިބި މީހުންނާއި އިންޑޮނޭޝިއާގެ ބާލީގައި ހުރި މީހާގެ މައުލޫމާތު ސާފުކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން ބެރުން ދިވެހިން ގެނައުމުގެ ކަންކަމުގައި ފޮރިން މިނިސްޓްރީން މައުލޫމާތު ސާފުކުރައްވާ އިރު، ސަރުކާރުގެ ސިޔަސަތާއި ކަންތައްތައް ކުރައްވާ ގޮތުގެ އިތުރުން ސަރުކާރުން ގެންގުޅުއްވާ އުސޫލު ސާފުކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް