Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ ޖަލްސާ ހޫނުވުން

މަޖިލީހުގެ ޖަލްސާ ހޫނުވެ، ހިނގި ހަމަނުޖެހުން: ކަންތައްތައް ހިނގާދިޔައީ ކިހިނެއް؟

ތަޅުން ހޫނުވީ ޝިޔާމް ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހެއްދެވުމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 2 ޖޫން 2020 | އަންގާރަ 11:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުރިޔަށްދިޔަ ޖަލްސާގައި މަޖިލީހުގެ ތަޅުން ހޫނުވެ ބައެއް މެމްބަރުން ވަނީ ހަމަނުޖެހުންތަކެއް ހިންގާފަ އެވެ.

މިކަމާއި ގުޅިގެން އެއްބަޔަކު ބުނަމުން ދަނީ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދާއި ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ގެންދަނީ އިދިކޮޅު މައިޕާޓީ ޕީޕީއެމްގެ ނައިބުރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގަވާއިދާއި ޚިލާފުވެ ވަޑައިގެންފައިވާ ކަމަށެވެ.

ކަން ހިނގާދިޔަގޮތަށް ރަނގަޅަށް ބަލާލަމާތޯ އެވެ؟ ޖަލްސާ ހޫނުވީ އިންތިޚާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ދެމިތިބެވޭނެ ގޮތް ހެދުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ދަންވަރު ޖަލްސާ ބާއްވަން ޖެހިވަޑައިގަތީ، އިދިކޮޅު މެމްބަރުން މިޖަލްސާ އެހެން ގަޑިއެއްގައި ބާއްވަން ފުރުސަތު ނުދެއްވުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންނެވެ.

މެމްބަރު ޝިޔާމް މަޖިލީހުގެ ރައީސަށް ރައްދު ދެއްވާ އަޑުބާރުކޮށް ވާހަކަ ދައްކަވަން ފެއްޓެވީ މިހާ ހިސާބުންނެވެ.

އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަކީ ހެޔޮވާ ވަރުކަމެއް ނޫން ކަމަށް މިހާރު ވިދާޅުވަމުން އެ ގެންދަވާ މެމްބަރުން ކުރިން ދެއްކެވީ މުޅިން އެހެން ވާހަކައެއް ކަމެވެ. އޭރު އިދިކޮޅުން ބުނަމުން ގެންދިޔައީ މިހާރު ތިބި ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލެވޭނީ، ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އަދި އެނޫން ގޮތަކަށް އެކަން ކުރާނަމަ، ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅުން ބުނަން ފެށި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި، އަދި އޭގެ ފަހުން ހުށަހެޅުނު ލާމަރުކަޒީ ބިލާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދުމުން، އެކަމުގައި އިދިކޮޅުންވެސް އޭރު ބޭނުންވި ގޮތަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް ނިންމުނެވެ. އެހެންނަމަވެސް އިދިކޮޅުގެ ރާގު ބަދަލުވެގެން ދިޔައީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް ލަފާދިނުމާއެކު އެވެ. އެހިސާބުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ތާއީދު ކުރެއްވުމަށް ފަހު، އަދި އެއްބާރުލުން ދެއްވާނެ ކަމަށް ކުރިން ވިދާޅުވުމަށް ފަހު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރާގު މުޅިން ބަދަލުވެގެން ދިޔައެވެ.

މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުދައްމާލެވޭނީ ހަމައެކަނި ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް ފެންނާތީ، އެކަން އެގޮތަށް ކުރެއްވުމަށް ތައީދު ކުރައްވާކަމަށް ވިދާޅުވެ އިދިކޮޅުގެ ފަރާތުން އެންމެ ބޮޑަށް ވާހަކަ ދެއްކެވީވެސް ޝިޔާމެވެ. އެހެން ނަަމަވެސް، މަޖިލީހުގެ ރައީސް، ޕީޕީއެމް/ޕީއެންސީން އަމަލުކުރީ ޒިންމާދާރު ކަން ކުޑަގޮތަކަށް ކަމަށް ވިދާޅުވުމުން، ޝިޔާމު ފެއްޓެވީ މަޖިލީހުގެ ނިޒާމު 'ގަޑުބަޑުކުރައްވަން' ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ތިން ފަހަރަށް ނަން އިއްވުމަށް ފަހު އޭނާ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި މަންޒަރެވެ. އެހެންނަމަވެސް، ތަޅުން ދޫކޮށް ވަޑައިގަތުމަށް މެމްބަރު ދެކޮޅު ހެއްދެވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއް ދެމިއޮތްހާ ހިނދަކު، މަޖިލީހުގެ ރައީސް ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ކޮންމެ އަމުރަކަށް މެންބަރުން ފުރިހަމައަށް ކިޔަމަންވާންވާނެ އެވެ. މި ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ ރައީސް ކުރާ އަމުރަކަށް މެންބަރަކު ކިޔަމަން ނުވެއްޖެނަމަ، ކިޔަމަންވުމަށް، އެ މެންބަރަކަށް މަޖިލީހުގެ ރައީސް ނަޞޭޙަތްތެރިވާންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. އަދި އިންޒާރުކުރުމުންވެސް، އެ މެންބަރަކު ކިޔަމަންނުވެއްޖެނަމަ، މަޖިލިސް ދޫކޮށްފައި ދިއުމަށް އެ މެންބަރަކަށް އެންގުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން މަޖިލިސް ދޫކޮށްދިއުމަށް މެންބަރަކަށް އެންގުމަށް މަޖިލީހުގެ ރައީސް ބޭނުންކުރާނެ ޢިބާރާތަކީ "އަޅުގަނޑު މި އިއްވަނީ (މަޖިލީހުގައި އެ މެންބަރެއްހިމެނިގެންވާ ދާއިރާގެ ނަން)، ޢިއްޒަތްތެރި މެންބަރު (މެންބަރުގެ ނަން) ގެނަން"މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސް މެންބަރެއްގެ ނަންއިއްވައިފިނަމަ، އެ މެންބަރަކަށް ޖަލްސާގެ ބާކީ އޮތް ބައިގައި ބައިވެރިވުމުގެޙައްޤު ގެއްލޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ. އަދި، އެ މެންބަރަކު ވަގުތުން ޖަލްސާ ދޫކޮށް ދާންވާނެ ކަމަށް ވެސް ވެއެވެ. އެހެންނަމަވެސް، މެންބަރެއްގެ ނަންއިއްވުމުން އެ މެންބަރަކު ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެ މެންބަރަކު ޖަލްސާއަށް ހާޒިރުވެނެތްކަމަށް ބަލައި، އެޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ.

އެހެންކަމުން ނައިފަރު ދާއިރާގެ މެމްބަރު މިވަނީ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވެފައެވެ.

މަޖިލީހުގެ ރައީސްގެ މި އަމުރާއި އެކު 'ސަރޖެންޓް އެޓް އަރމްސް' ދުރުގައި ހުންނަވައިގެން މެމްބަރަށް މާލަން ދޫކޮށް ވަޑައިގަތުމަށް ވިދާޅުވި ކަމަށް ޖަލްސާގައި ތިއްބެވި މެމްބަރުން ވިދާޅުވެ އެވެ. އެހެންނަމަވެސް 'މަޖިލީހުގެ ގަވާއިދާއި ޚިލާފުވަމުންދާ' ކަމަށް ވިދާޅުވެ ރަނގަޅަށް މާސްކުވެސް ނާޅުއްވައި މެމްބަރު ޝިޔާމް ވަޑައިގަތީ ރިޔާސަތާއި އިދާރީ މޭޒާއި ދިމާލަށެވެ. އެއާއެކު މެމްބަރުން ރަނގަޅަށް މާސްކު އެޅުއްވުމަށް ގޮވާލައްވަމުން ގެންދިޔަ މަންޒަރުވެސް ފެނިގެން ދިޔައެވެ.

މަޖިލީސް ކުރާ މާލަމުގައި ޖަލްސާ ބާއްވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައިވަނީ ވަކި ގަވާއިދުތަކަށް އަމަލުކުރުމަށް އެންގުމަށްފަހު އެވެ. މި ގަވާއިދުގައި މައިގަނޑުގޮތެއްގައި ހިމެނެނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި ހުރިހާ ވަގުތެއްގައި ވެސް މެމްބަރުން މާސްކު އަޅުއްވައިގެން ތިއްބެވުމަށެވެ. ކޮންމެއަކަސް، މިހާހިސާބަށް ކަންހިނގާދިޔަގޮތަށް ބަލާއިރު މެމްބަރު ޝިޔާމް މިވަނީ އެޗްޕީއޭގެ ގަވާއިދާވެސް ޚިލާފުވެފަ އެވެ.

މަޖިލީހުގެ ޖަލްސާ ހޫނުވާން ފެށީ މިހާހިސާބުންނެވެ. މެމްބަރު އަޑު ގަދަކުރައްވާ އިދާރީ މޭޒާއި ދިމާލަށް ވަޑައިގަތުމުން ދެން ފެނުނީ މެމްބަރުން ތެދުވެވަޑައިގެން ބޮނޑިވާން ފެށި މަންޒަރެވެ. ޝިޔާމަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވެސް، މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިނުގަތުމަށް ހިތްވަރުދެއްވަމުން ގެންދެވާ ތެދުވެވަޑައިގެން ތިއްބެވި އެވެ.

އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު، ނުވަތަ އަންނަ ބުދަ ދުވަހަށް މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ނިމި ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދިޔަ ނުދިނުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަތީ އެ މަސައްކަތް މަޖިލީހުން ކުރަމުން ގެންދިޔައީ ޚާއްސަ އިސްކަމެއް ދީގެންނެވެ. މެމްބަރުން ގާނޫނުއަސާސީ އިސްލާހު ކުރަން ވަޑައިގެން ތިއްބެވީ ދަންވަރު 1:30ގައެވެ. އެންމެ މެމްބަރަކު މުޅި ޖަލްސާ 'ހައިޖެކް' ކޮށް ނިޒާމު ގެއްލުވާލަން މަސައްކަތް ކުރެއްވުމުން މެމްބަރުން 'ޖަޒުބާތުގައި' ޖެހިވަޑައިގަތީ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މެމްބަރު ޝިޔާމް މިގޮތަށް އަޑުގަދަކުރައްވަން ފެއްޓެވުމުން ސުލްހަވެރިކަމާއެކު ނަސޭހަތްދެއްވުމަށް ބައެއް މެމްބަރުން ހަރަކާތެރިވި މަންޒަރުވެސް ފެނިގެންދިޔަ އެވެ. މި ހާދިސާއާއި ގުޅިގެން 'ރާއްޖެއެމްވީ' އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެންމެ މެމްބަރެއްގެ ސަބަބުން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅުމަކީ އެެއްވެސް މެމްބަރަކު ބޭނުންވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ. އަދި މެމްބަރު އާޒިމްވެސް ސުލްހަވެރިކަމާއި އެކު މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަތުމަށް ނަސޭހަތްތެރިވެވަޑައިގެން ކަމަށެވެ.

ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މަޖިލީހުގެ ރައީސްތެދުވެވަޑައިގެން ސަރޖެންޓް އެޓް އަރމްސް އަށް މެމްބަރު ޝިޔާމް ތަޅުމުން ބޭރުކުރެއްވުމަށް އެންގެވި މަންޒަރެވެ. އަދި ތަޅުން ދޫކޮށްވަޑައިގަތުމަށް ޚުދު އެމަނިކުފާނު ވެސް ވިދާޅުވަމުން ގެންދެވި އެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ މެމްބަރުން ގަދަަކަމުން ޝިޔާމް ތަޅުމުން ނެރުމަށް މަސައްކަތް ކުރާތަން ފެނެ އެވެ. އަދި ޝިޔާމްގެ ދިފާއުގައި ބައެއް މެމްބަރުން އޭނާ ނުނެރުމަށް މަސައްކަތް ކުރަމުންދާ ތަން ފެނެއެވެ. ޝިޔާމް ބިންމައްޗަށް ވެއްޓޭތަން ވެސް ފެނެ އެވެ. ނަމަވެސް އެމްޑީޕީ މެމްބަރުން ވަނީ އޭނާ މަޖިލީހުން ގަދަކަމުން ނެރެފަ އެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝިޔާމް ގަމީސް ވަނީ ވަރަށް ބޮޑަށް ވީދައިގެން ގޮސްފަ އެވެ. އިދިކޮޅުން މިކަމާއި ގުޅިގެން ބުނެފައި ވަނީ މެމްބަރުގެ ލޯވަރ ބެކް (L3) އަދި މޭކަށިގަނޑުގައި ފްރެކްޗަރތައް ހުރި ކަމަށް ޑރ، އަންގާފައިވާކަމަށެވެ. އަދި ހަތަރު ހަފުތާވަންދެން ބެޑް ރެސްޓު ކުރުމަށް އިރުޝާދު ދެއްވާ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. މި ހާދިސާއާއި ގުޅިގެން މެމްބަރު ޝިޔާމަށް 'ރާއްޖެއެމްވީ' އިން ގުޅާލުމުން މެމްބަރުގެ ޖަވާބެއް ލިބޭގޮތެއް ވަނީ ނުވެފަ އެވެ.

މެމްބަރު ޝިޔާމްގެ އިތުރުން އެހެން މެމްބަރުންނަށް ވެސް އަނިޔާވެފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފަ އެވެ. އެގޮތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ އަށް އަނިޔާވެފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ދައުރުވެފައި ވެއެވެ. ފަހުން މެމްބަރު ޝިޔާމް ނުކުމެވަޑައިގެން ދޮރު ބަންދު ކުރައްވާ މަޖިލީހުގެ ރައީސް ބޭނުންކުރައްވާ ދޮރު ބޭނުން ކުރެއްވުމަށް މަޖިލީހުގެ މެމްބަރުންނަށް ރިޔާސަތުން އެންގެވި އެވެ.

ތަޅުން ދޫކުރައްވައި މެމްބަރު ޝިޔާމް ވަޑައިގަތްފަހުން ޖަލްސާ ސުލްހަވެރިކަމާއެކު ކުރިއަށް ގެންގޮސް، ވޯޓަށް އަހައި ގާނޫނުއަސާސީ ވަނީ އިސްލާހުކޮށްފަ އެވެ.

މި ހާދިސާއާޢި ގުޅިގެން އެކި ފަރާތްތަކުން އެކި ގޮތްތަށް ވާހަކަ ދައްކަމުން ދިޔަނަމަވެސް ހަގީގަތުގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު ގަވާއިދާއި ޚިލާފުވެވަޑައިގެންނެވީ މެމްބަރު ޝިޔާމް ތޯ ނުވަތަ މަޖިލީހުގެ ރައީސްތޯ، ވަރަށް ސާފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު