މީދޫއިން ގޯއްޗަށް އެދެނު ފަރާތްތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާއްމުކޮށްފި
2 ޖޫން 2020 | އަންގާރަ 07:34ދޫކުރުމަށް ނިންމާފައިވަނީ 1400 އަކަފޫޓުގެ 200 ގޯތި


ދ. މީދޫ - 200 ގޯތި ދޫކުރުމަށް ނިންމާފައިވޭ | ގެސްޓް ހައުސެސް އޮފް ދަ މޯލްޑިވްސް
ދ.މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓްދީފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.
އެރަށުން ދޫކުރުމަށް ނިންމާފައިވަނީ 1400 އަކަފޫޓުގެ 200 ގޯއްޗެވެ.
މީދޫ ކައުންސިލުން ބުނީ 2020 ފެބުރުއަރީ 18 ވަނަ ދުވަހު ގޯއްޗަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ފޯމް ލާފައިވާ ކަމަށެވެ. އަދި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވަލުއޭޓްކުރުމަށްފަހު އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ އާންމުކުރެވުނު ލިސްޓާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ 11:00ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ.
ޝަކުވާ ހުށަހަޅާނީ ސިޓީ ނުވަތަ އީ-މެއިލްmeedhoocouncil@gmail.comމެދުވެރިކޮށެވެ. އަދި ޝަކުވާއާއި ގުޅޭ ހެއްކެއް ލިބިފައިވާނަމަ ސިޓީ ނުވަތަ އީ-މެއިލްއާއިއެކު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.








