Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހާރިޖީ ގުޅުންތައް

ރާއްޖޭގެ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެއެކޭ ނުބުނެވޭނެ: އިބްރާ

އަވަށްޓެރި އިންޑިއާއި ގުޅުން ކެނޑި އެދެމެދުގައިވާ ވިޔާފާރި ހުއްޓިއްޖެނަމަ، ރާއްޖޭގެ ގޭގޭގެ ބަދިގޭގައި ރިހައެއް ނުކެއްކޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 15 އެޕްރީލު 2017 | ހޮނިހިރު 15:34
މަންދުކޮލެޖްގެ ގްރެޖުއޭޝަން ހަފްލާގައި އިބުރާ ވާހަކަދައްކަވަނީ

މަންދުކޮލެޖްގެ ގްރެޖުއޭޝަން ހަފްލާގައި އިބުރާ ވާހަކަދައްކަވަނީ

ރާއްޖޭގެ އެތެރޭގެ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެކަމަށް ސަރުކާރަށް ނުބުނެވޭކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބުރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.

މަންދު ކޮލެޖްގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަ ދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ، ރާއްޖެއިން ބޭނުންވާ ކޮންމެ ފަހަރަކު، އެހީ ދީފައިވަނީ ބޭރު މީހުން ކަމަށާއި، އަދި ބޭރު މީހުންނަށް ރާއްޖޭގެ ކަންކަމާއި ބެހުމުގެ ފުރުސަތެއް ނޯންނާނެކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި އެހެންގައުމުތަކުގެ ވިސްނުންތަކާއި އެކީ އުޅެން ދަސްކުރަންޖެހޭކަމަށާއި، ދުނިޔޭގައި އެހެން މީހުންވެސް އުޅޭގޮތަށް އެމީހުންނާއި އެއްބައިވެގެން އުޅުމުން މުހުތާދުތައްވެސްފުއްދުމަށް ފަސޭހަވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިސާލުޖައްސަވަމުން އިބުރާ ވިދާޅުވީ، އަވަށްޓެރި އިންޑިއާއި ގުޅުން ކެނޑި އެދެމެދުގައިވާ ވިޔާފާރި ހުއްޓިއްޖެނަމަ، ރާއްޖޭގެ ގޭގޭގެ ބަދިގޭގައި ރިހަވެސް ނުކެއްކޭނޭކަމަށެވެ.

" ރިހަކައްކާނެ ހަވާދެއްވެސް، ފިޔައެއްވެސް ނުލިބޭނެ. އެ ފިޔާ ހޯދަން ބޭނުންނަމަ ބައެއް ކަންކަމުގައި އެމީހުން ދޭ ނަސޭހަތް ގަބޫލުކުރަން ޖެހޭ" އިބުރާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވިގޮތުގައި މަތީ ތައުލީމުގެ ބޭނުމަކީ، އެހެން ގައުމުތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރަން ދަސްކުރުމެވެ.

ތައުލީމީ ދާއިރާގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިބުރާ ވިދާޅުވީ، މުޅި ރާއްޖެއަށް ބަލާއިރު މަތީ ތައުލީމަށް ވާސިލްވާ ދަރިވަރުންގެ އަދަދު މަދުވަމުންދާކަމަށާއި ސަބަބަކީ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އިބުރާ ވިދާޅުވީ، ޕީއެޗްޑީ ހާސިލްކޮށްގެން ހުންނަވާ ބޭފުޅާ ރާއްޖޭގެ ދެބައިކުޅަ އެއްބައި ވިއްކާލިޔަސް ލާރި ލިބެންޏާ ހެވޭ ވިދާޅުވާ ހިސާބުން މަތީ ތައުލީމާއި އެ ޕީއެޗްޑީގެ ބޭނުމެއް ނެތްކަމަށެވެ.

އިބުރާ ވިދާޅުވީ ގައުމުގައި ހިނގާ ކަންކަމަށް ލޯ ހުޅުވާ، ވިސްނުން ހެޔޮގޮތުގައި ގެންގުޅެން ނޭނގޭނަމަ ޕީއެޗްޑީއެއްގެ އެއްގެ ބޭނުމެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު