Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ އަނިޔާ

ޕެޕާ ސްޕްރޭ، ނޫސްވެރިންނަށް އަނިޔާ، ތަކެއްޗަށް ގެއްލުން!

ނޫސްވެރިންގެ މަސްއޫލިއްޔަތަށް ފުލުހުން ހުރަސް އެޅި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 އެޕްރީލު 2017 | ހުކުރު 02:30
ބައެއް ނޫސްވެރިންގެ މޫނަށް މިރުސް ސްޕްރޭ ޖަހާފައި

ބައެއް ނޫސްވެރިންގެ މޫނަށް މިރުސް ސްޕްރޭ ޖަހާފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ ކުރަމުން ދިޔަ އިހްތިޖާޖު ކުވަރުކުރަމުން ދިޔަ ނޫސްވެރިނަށް ހުރަސް އަޅައި، ނޫސްވެރިންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހައި، އަނިޔާކުރުމަށް ފަހު، ތަކެއްޗަށް ފުލުހުން ގެއްލުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓް ބޯމަތިވެފައި ވަނިކޮށް، ކުއްލިއަކަށް ގާސިމް ހައްޔަރުކުރުމާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ކުނޫޒުގެ ކުރިމަތީގައި ކުރަމުންދިޔަ އިހްތިޖާޖު ކަވަރުކުރަން ހުރި ރާއްޖެޓީވީގެ ޗީފް ކެމެރާމަން މުހައްމަދު އަނިލް ބުނީ ރާއްޖެޓީވީގެ ކެމެރާ އަަށާއި މައިކަށް ފުލުހުން ގެއްލުން ދިން ކަމަށެވެ.

"އަޅުގަނޑުމެންގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމަށް ފަހު، ތަކެއްޗަށް ގެއްލުން ވެސް ދިން، ފުލުހުން ބޭނުމެއް ނުވި ނޫސްވެރިންނަށް އެއްވެސް މަންޒަރެއް ދައްކަން،" އޭނާ ބުންޏެވެ.

ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ ލޮލަށް ޕެޕާ ސްޕެރޭ ޖަހައިގެން އޭޑީކޭއިން ފަރުވާދޭން ޖެހުނުއިރު، އެހެން ބައެއް ނޫސްވެރިންގެ ލޮލަށް ވެސް ޕެޕާ ސްޕެރޭ ޖެހިއެވެ. ޓީވީއެމްގެ ނޫސްވެރިޔެއްގެ މޫނަށް ޕެޕަ ސްޕްރޭ ޖެހުމުން ސަބަބުން އޭނާ އަށް އައިޖީއެމްއެޗުން ފަރުވާ ދީފައިވެ އެވެ.

ރާއްޖެޓީވީގެ ސީނިއާރ ރިޕޯޓަރ އަޒުމޫން އަހުމަދު ބުނީ، ހުރިހާ ނޫސްވެރިން ވެސް ވައްދާފައި ތިބީ ޖޭޕީގެ ޖަގަހައާ ޖެހިގެން އޮންނަ ހަނި ގޯޅިގަނޑަށް ކަމަށާއި އެތަނަށް ނޫސްވެރިން ވެއްދުމަށް ފަހު ޝީލްޑް ޖަހައި ބަންދުކުރި ކަމަށެވެ.

"ޝީލްޑް ޖެހުމަށް ފަހު ދެން ޕެޕަ ސްޕްރޭ ޖަހައި، ނޫސްވެރިންނަށް އަނިޔާކުރި. އަދި ބައެއް ތަކެއްޗަށް ގެއްލުން ދިން،" ރާއްޖެޓީވީގެ ސީނިއާރ ރިޕޯޓަރ އަޒުމޫން އަހުމަދު ބުންޏެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު