Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީގެ އެއްބަސްވުން ޑިބްރޭނާ އާކުރަނީ

ސިޓީގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން ޑިބްރޭނާ ތައްޔާރު

އިސްތިއުނާފު ކާމިޔާބު ނުވެއްޖެ ނަމަ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ޑިބްރޭނާ މީގެ ކުރިން ވަނީ ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 މެއި 2020 | ހުކުރު 18:32
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ: މީގެ ކުރިން ވަނީ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައި

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ: މީގެ ކުރިން ވަނީ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައި

މެންޗެސްޓާ ސިޓީގެ އެއްބަސްވުން އާކުރަން ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ މެންޗެސްޓާ ސިޓީން ޚިލާފުވެފައިވާތީ އެ ޓީމު ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރަން ނިންމާފައެވެ. ޔުއެފާއިން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރުމުން، 2020/2021 އަދި 2021/2022 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުގައި އެޓީމަށް ނުކުޅެވޭނެ އެވެ.

ޑިބްރޭނާ މީގެ ކުރިން ބުނެފައިވަނީ ސިޓީގެ އިސްތިއުނާފު ކާމިޔާބު ނުވެއްޖެ ނަމަ، ދެ އަހަރު ޔޫރަޕްގެ މުބާރާތްތަކުގައި ވާދަނުކޮށް ހުންނަން އުނދަގޫ ކަމަށެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ސިޓީން ވަނީ އެ މައްސަލަ އިސްތިއިނާފުކޮށް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ކުޅުންތެރިންނަށް ދީފައެވެ. އެއާއެކު ސިޓީގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން ޑިބްރޭނާ ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޓީ ސަސްޕެންޑް ކުރި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި މިހާރު ވަނީ ޖޫން މަހުގެ 8ން 10ށް ތާވަލުކޮށްފައެވެ.

2015 ވަނަ އަހަރު ސިޓީއާ ގުޅުނު ޑިބްރޭނާ އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 209 މެޗުގައި 50 ލަނޑު ޖަހާފައެވެ. އަދި ޑިބްރޭނާ ވަނީ ސިޓީ އާއެކު ޕްރިމިއާ ލީގު ދެފަހަރު ކާމިޔާބުކުރުމުގެ އިތުރުން އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު