އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލައެއް ތަހުގީގު ކުރަނީ!
29 މެއި 2020 | ހުކުރު 12:34އެކުއްޖާ ބޭރަށް ނެރުނީ ގޭގައި ހުއްޓައި

ފުލުހުންގެ ޚާއްސަ އޮޕްރޭޝަންގެ ތެރެއިން، ކުޑަ ކުދިންނާ ގުޅޭ މިފަދަ މައްސަލަތައް ސީރިއެސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން
އަންހެން ކުއްޖަކު ގޭގައި ހުއްޓައި ބޭރަށް ނެރެ, ބަދު އަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ނޯތް ސެންޓަރަލް ޕޮލިސް ޑިވިސަން ހިމެނޭ، ކ. އއ. އދ. އަދި ވ. އަތޮޅެއްގެ ރަށެއްގައި 23 މެއި 2020 ވަނަ ދުވަހުގެ ރޭ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޭގައި ހުއްޓައި މީހަކު އެކުއްޖާއަށް ގޮވާ ބޭރަށް ނެރެ ބަދު އަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލައެއް މިމަހުގެ 28 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއެސް މައްސަލަތަކެއް ކަމަށްވާތީ އެކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާ ރަށް ހާމަ ނުކުރާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާތަަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






