Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: އައްޑޫގައި ޓެސްޓުކުރުން

ކޮވިޑް-19: އެއިމްސް ކްލިނިކުން އައްޑޫގައި ޓެސްޓް ކުރަން އަންނަ ހަފުތާގައި ފަށަނީ

29 މެއި 2020 | ހުކުރު 06:12

އަންނަ ހަފުތާގައި ކޮވިޑް-19 ޓެސްޓުތައް ހަދަން ފެށޭވަރުވާނެ، މިހާރުވަނީ ހުއްދަތަކަށް އެދިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 މެއި 2020 | ހުކުރު 06:12
އެއިމްސް ޑައިގްނޯސްޓިކް ކެއަރ: އަންނަ ހަފުތާގައި އެކުލިނިކުން ކޮވިޑް-19ށް ޓެސްޓް ކުރެވޭނެ ކަމަށް ބުނޭ

އެއިމްސް ޑައިގްނޯސްޓިކް ކެއަރ: އަންނަ ހަފުތާގައި އެކުލިނިކުން ކޮވިޑް-19ށް ޓެސްޓް ކުރެވޭނެ ކަމަށް ބުނޭ

އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން ކޮވިޑް-19ށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އެ ކްލިނިކް ހިންގަމުން އަންނަ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ހެޕީ މަރކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އަލީ އިހްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19ށް ޓެސްޓް ކުރެވޭނެ އިންތިޒާމު އަންނަ ހަފުތާގައި އެއިމްސް ޑައިގްނޯސްޓިކް ކެއަރގައި ގާއިމު ކުރެވޭނެ ކަމަށެވެ. އަދި މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިވަގުތު ރާއްޖޭގައި ކޮވިޑް-19 ގެ ޓެސްޓު ހެދެނީ، އައިޖީއެމްއެޗްގަ އާއި ފުލުހުންގެ ލެބޯޓަރީ، އަދި އޭޑީކޭ ގައެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން އައްޑޫއަށް ކުރި މޫސުމީ ވިއްސާރާގައި ލިބުނު ގެއްލުންތަކާއި ގުޅިގެންނާއި، ކޮވިޑް-19 ރޯގާއާ ގުޅިގެން، އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުން ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތަކާމެދު ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް، ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ގޮތެއް މިވަގުތު ނެތްނަމަވެސް ވަރަށް އަވަހަށް އެކަން ހަމަޖެއްސޭތޯ ބައްލަވަމުންދާ ކަމަށް ވެސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އައްޑޫގައި ވެސް ޓެސްޓް ކުރުމަށް މެޝިން އެބަހުރިކަން ފާހަގަކުރައްވައި އެ މެންބަރުން ވިދާޅުވެފައި ވަނީ، އެ މެޝިނުން ކޮވިޑް-19 ޓެސްޓް ކުރުމަށް ބޭނުންވާ ކާރޓްރިޖް މިމަހުގެ ތެރޭގައި ލިބޭނެކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކާޓްރިޖް ލިބުމުން އައްޑޫ ސިޓީގައި ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެމެންބަރުން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 މެއި 2017

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު
05 މެއި 2017

އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

05 މެއި 2017
އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް