Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަރިތަކުރުންތަކަށް ނުކުންނަން ޑީނީ އެއްބަސްވުން

ފަރިތަކުރުންތަކަށް ނުކުންނަން ޓްރޯއި ޑީނީ އެއްބަސްވެއްޖެ

މީގެ ކުރިން ވަޓްފޯޑުގެ ތިން މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 މެއި 2020 | ބުރާސްފަތި 09:10
ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ: ފަރިތަކުރުންތަކަށް ނުކުންނަން ފަހުން ވަނީ އެއްބަސްވެފައި

ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ: ފަރިތަކުރުންތަކަށް ނުކުންނަން ފަހުން ވަނީ އެއްބަސްވެފައި

ވަޓްފޯޑުގެ ފަރިތަކުރުންތަކަށް ނުކުންނަށް އެ ކްލަބުގެ ކެޕްޓަން ޓްރޯއި ޑީނީ އެއްބަސްވެއްޖެ އެވެ.

މީގެ ކުރިން މި މަހުގެ މެދުތެރޭގައި ޑީނީ ވަނީ ފަރިތަކުރުންތަކަށް ނުކުންނަށް ދެކޮޅު ހަދާދައެވެ. ޑީނީ އޭރު ބުނީ އޭނާގެ ދަރިފުޅަށް އަދިވީ އެންމެ ފަސް މަސް ކަމަށާއި މީގެ ކުރިންވެސް ދަރުފުޅަށް ނޭވާލާން އުނދަގޫވި ކަމަށެވެ. އެހެންކަމުން ގެއިން ބޭރަށް ގޮސް އެނބުރި ގެއަށް އައުމަކީ ބޮޑު "ރިސްކެއް" ކަމަށާއި، މި ދަނޑިވަޅުގައި ފަރިތަކުރުންތަކަށް ނުކުންނަން ބޭނުންނުވާ ކަމަށެވެ.

ފަރިތަކުރުންތަކަށް ނުކުންނަން ޑީނީ ދެކޮޅު ހެދިއިރު، މީގެ ކުރިން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު މި ދަނޑިވަޅުގައި ނުފެށުމަށްވެސް ގޮވާލާފަ އެވެ.

އެކަމަކު އިނގިރޭސިވިލާތުގެ ޑެޕިއުޓި ޗީފް މެޑިކަލް އޮފިސަރާއެކު މަޝްވަރާ ކުރުމަށްފަހު ޑީނީ ވަނީ ފަރިތަކުރުންތަކަށް ނުކުންނަށް އެއްބަސްވެފައެވެ. ދާދި ފަހުން ޑީނީ ބުނީ އިނގިރޭސިވިލާތުގެ ޑެޕިއުޓި ޗީފް މެޑިކަލް އޮފިސަރުގެ ފަރާތުން ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ފުރިހަމަ މައުލޫމާތު އިނގިފައިވާ ކަމަށާއި، އެނބުރި ކްލަބުގެ ފަރިތަކުރުންތަކަށް ނުކުންނަށް ތައްޔާރު ކަމަށެވެ.

ދަރިފުޅަށް ކޮވިޑް-19 ޖެހިދާނެ ކަމުގެ ބިރަށް މީގެ ކުރިން ފަރިތަކުރުންތަކަށް ނުނިކުންނަށް ޑީނީ ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވި އެވެ. ޑީނީ ބުނީ ފަރިތަކުރުންތަކަށް ނުނިކުންނަށް ނިންމުމުން، ބައެއް މީހުން އޭނާގެ ދަރިފުޅަށް ކޮވިޑް-19 ޖެހޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ ކޮމެންޓް ކުރި ކަމަށެވެ.

ވަޓްފޯޑުގެ ފަރިތަކުރުންތަކަށް ނުކުންނަށް ޑީނީ ނިންމިއިރު، މީގެ ކުރިން އެ ކްލަބުގެ ތިން މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އެއީ އެ ކްލަބުގެ ޑިފެންޑަރު އޭޑްރިއަން ޕަރިއަޕާ އާއި އެ ކްލަބުގެ ދެ އޮފިޝަލެކެވެ.

ޕްރިމިއާ ލީގުން ޖުމްލަ 12 މީހަކު މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވީ ނަމަވެސް، ބުދަ ދުވަހު ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ފާސްކޮށްފައެވެ.

ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 19 ވަނަ ދުވަހު ފަށަން މަސައްކަތް ކުރަމުން އަންނައިރު، ލީގު ކުރިއަށްގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2017

އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ

10 އޮކްޓޯބަރު 2017
އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ
21 ސެޕްޓެމްބަރު 2017

އެޓްލެޓިކޯ އަށް ކޯސްޓާ ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ

21 ސެޕްޓެމްބަރު 2017
އެޓްލެޓިކޯ އަށް ކޯސްޓާ ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ
08 ސެޕްޓެމްބަރު 2017

ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ މާކެޓް ބަންދުކުރަން ޕްރިމިއާ ލީގުގެ ޓީމުތަކުން އެއްބަސްވެއްޖެ

08 ސެޕްޓެމްބަރު 2017
ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ މާކެޓް ބަންދުކުރަން ޕްރިމިއާ ލީގުގެ ޓީމުތަކުން އެއްބަސްވެއްޖެ
26 ޖުލައި 2017

ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ

26 ޖުލައި 2017
ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ
16 ޖުލައި 2017

ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ

16 ޖުލައި 2017
ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު