Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޮކްޑައުން އަށް ލުއިތަކެއް ދެނީ

ފުރަތަމަ ދެ ހަފްތާގައި އިތުރު ޓެކްސީތަކަށް ހުއްދަދެނީ، މަގުމަތިން މީހުން އެރުވުމަކީ މަނާކަމެއް

ފަސިންޖަރުންނާއި ޑްރައިވަރުންވެސް މާސްކު އަޅަންޖެހޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 މެއި 2020 | ބުރާސްފަތި 00:58
ސިނަމާލެ ބްރިޖް ސަރަހައްދުގައި ޓެކްސީތަކެއް ދުއްވާފައި ދަނީ

ސިނަމާލެ ބްރިޖް ސަރަހައްދުގައި ޓެކްސީތަކެއް ދުއްވާފައި ދަނީ

ކުރިޔަށް އޮތް ދެ ހަފްތާގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ފުރަތަމަ ފޭސްގެ ދަށުން ލުއިތަކެއް ދޭއިރު އިތުރު ޓެކްސީތަކަށް ހުއްދަދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ކޮވިޑް-19 ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ އިތުރު ޓެކްސީތަކަށް ހުއްދަ ދިން ނަމަވެސް ވަކި ޚާއްސަ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށާއި އެއުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ޓެކްސީއަކީ ވަރަށް ބަންދުވެފައި ވަރަށް ކައިރި ކައިރީގައި މީހުން ތިބެވޭނެ ގޮތަށް އޮންނަ އެއްޗެއްކަމުން ބަލި ޖެހިފައިތިބި މީހުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ޓެކްސީއަށް އަރާނަމަ އެކަމުގެ ސަބަބުން ބަލި ފެތުރޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެންކަމުން ޓެކްސީއަށް އަރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި ފަސިންޖަރުންނާއި ޑްރައިވަރުންވެސް މާސްކު އަޅަންޖެހޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ދެ ހަފްތާ ފަހުން ހުރިހާ ޓެކްސީތަކަށް ޚިދުމަތް ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެންކަމުން ކޮންޓެކްޓް ޓްރޭސިން އެޕް ބޭނުންކުރަން ޖެހޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ޕިކަޕް އަދި ވޭން ގައި ދަތުރުކުރާއިރުވެސް ވަކި ޚާއްސަ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެގޮތުން ކުޑަ ޕިކަޕަކަށް 2 ފަސިންޖަރުން އަދި ބޮޑެތި ޕިކަޕަށް އެރުވޭނީ 3 ފަސިންޖަރުން ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި މިގޮތަށް އަރާއިރުވެސް ކުރީ ސީޓަށް ނޭރޭނެކަމަށާއި ފަސިންޖަރުން އަރަންޖެހޭނީ ފަހަތަށް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ޕިކަޕް އަދި ވޭނަށް މިހާރު ދީފައިހުރި ހުއްދަތަކުގައި ޚިދުމަތްދެވޭނެ ކަމަށާއި ދެހަފްތާފަހުން ހުރިހާ ޕިކަޕަކަށް އިތުރަށް ހުއްދަދެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެހެންނަަމަވެސް ޚިދުމަތްދޭންޖެހޭނީ މިފިޔަވަޅު ތަކާއެކު ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ހުޅުމާލެ އަދި ވިލިމާލޭގެ ފެރީގެ ޚިދުމަތް ދޭއިރުވެސް ސީޓްތައް ހުންނަންވާނީ ދުރުމިން ބެހެއްޓޭގޮތަށް ކަމަށާއި ވެއިޓިން އޭރިއާގައިވެސް ދުރުދުރުގައި ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި ޚިދުމަތް ދޭ ފަރާތްތަކުން މާސްކު އަޅައިގެން ތިބެންޖެހޭއިރު ޕަބްލިކް ބަހުގެ ޚިދުމަތުގައިވެސް އަމަލުކުރަން ޖެހޭނީ މިއުސޫލުން ކަަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. ޑިސްއިންފެކްޓް ކުރުމުގެ އިތުރުން ދޮރުތައް ހުންނަންވާނީ ހުޅުވާފައި ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ރަށްރަށުގައިވެސް ހުއްދަ އޮންނާނީ މިހާރުވެސް ހުއްދަ އޮތްގޮތަށް ސަޕްލައި ދޯނި ތަކަށް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު