Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޮކްޑައުންނަށް ލުއިތަކެއް ދިނުން

ގިނަ ވިޔަފާރިތަކެއް ހުޅުވާލުމުގެ ފުރުސަތު، ފައިސާގެ މުއާމަލާތްތައް އޮންލައިންކޮށް ކުރުމަށް އެދެފި

28 މެއި 2020 | ބުރާސްފަތި 00:42

މިތަންތަން ހުޅުވާލެވިގެންދާނީ އިކޮނޮމިކް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 މެއި 2020 | ބުރާސްފަތި 00:42
މާލޭގެ ފިހާރައެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ނޯޓިސްތަކެއް ހަރުކުރެވިފައި

މާލޭގެ ފިހާރައެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ނޯޓިސްތަކެއް ހަރުކުރެވިފައި

މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ފަށާއިރު ގިނަ ފިހާރަތަކެއް ހުޅުވާލުމުގެ ފުރުސަތު ދީފި އެވެ.

ކޮވިޑް-19 ޓާސްކު ފޯހުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ސުޕަރމާކެޓްތަކާއި ބޭކަރީތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތަކާއި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތަކައި، ފަރމަސީތައް، ދިވެހި ބޭސް ވިއްކާ ފިހާރަތައް، ބުކްޝޮޕްސް، ސްޓޭޝަނަރީ ވިއްކާ ފިހާރަތަކާއި، ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަތައް އަދި ހާޑުވެއަރ ފިހާރަތައް ހުޅުވާލުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މިތަންތަން ހުޅުވާލެވިގެންދާނީ އިކޮނޮމިކް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން ކަމަށާއި އެއުސޫލު ފަހުން ހާމަކުރާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ޑރ ނަޒްލާ ވިދާޅުވީ އޮންލައިން ޑެލިވަރީ އަށް ބައެއް ތަންތަން ހުޅުވާލެވޭނެ ކަމަށެވެ. އޭގެރޭގައި ހިމެނެނީ މޯބައިލް ފޯން ފިހާރަތަކާއި ކޮމްޕިޔުޓަރ ސާމާނު ވިއްކާ ފިހާރަތާއި ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރަތަކާއި އަންނައުނު، ފޮތި، ފައިވާން އަދި ކުޅިވަރު ސާމާނު ވިއްކާ ފިހާރަތައް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. މިތަންތަނުން ތަކެތި އޮންލައިންކޮށް ޑެލިވަރ ކޮށްދޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ފޭސް 1 ގައި ހުޅުވާލެވޭނީ މުދާ ކުލިއަރކޮށް ޑެލިވަރ ކޮށްދޭ ފަރާތަކަށް ކަމަށާއި އަދި ވަކި މިންގަނޑުތަކެއްގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ކާރު، ސައިކަލް ރިޕެއަރ ކުރާ ވާރކްޝޮޕްތަކާއި މޯބައިލް ފޯން އަދި އިލެކްޓްރޯނިކް ރިޕެއަރ ކުރާ ތަންތަންވެސް އޮންނަ ވަކި މިންގަނޑުގެ ތެރެއިން ހުޅުވާލެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި ގޭގެއަށް ބޭނުންވާ މަރާމާތު ކުރުމުގެ ކަންކަންވެސް ކުރިޔަށް ގެންދެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މިހުރިހާ ކަމެއްވެސް ކުރިޔަށްދާނީ އިކޮނޮމިކް މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި އަދި ޚިދުމަތްތައް ދިނުމުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ސާފުތާހިރު ކަމަށް އިސްކަން ދޭންޖެހޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ފެނާއި ކަރަންޓު ފަދަ ޔޫޓިލިޓީޒް އަލަށް ގުޅާ ދިނުމާއި ސަރވޭ ކުރުމާއި އިންސްޕެކްޓް ކުރަން ވަކި މިންގަނޑުތަކެއްގައި ކުރިޔަށް ގެންދެވޭނެ ކަމަށާއި އެކަންކަން ކުރުމަށް ވަކި މިންވަރަކަށް ޓީމުތައް ހަދައިގެން އެ މަސައްކަތް ކުރެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން ރެސްޓޯރެންޓް ކެފޭތަކުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށާއި ނަމަވެސް ފައިސާގެ މުއާމަލާތްތަކުގައި ވީ ވަރަކުން ކޭޝް ބޭނުންނުކޮށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ޑރ ނަޒްލާ އެދިވަޑައިގެންނެވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް