Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ލޮކްޑައުން އަށް ލުޔެއް

މާދަމައިން ފެށިގެން ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއް ދިނުމަށް އިއުލާންކޮށްފި

27 މެއި 2020 | ބުދަ 16:32

މި ލުއިތައް ދެމިގެން ދާނީ ދެ ހަފުތާގެ މުއްދަތަށް

އަމަން ހަލީމް
އަމަން ހަލީމް | 27 މެއި 2020 | ބުދަ 16:32
މާލެ ފުރަބަންދުގައި ފުލުހުން މަގުމަތީގައި ފޯރިމަރަނީ: ލުއިތަކެއް ދެމިގެންދާނީ ދެ ހަފުތާއަށް

މާލެ ފުރަބަންދުގައި ފުލުހުން މަގުމަތީގައި ފޯރިމަރަނީ: ލުއިތަކެއް ދެމިގެންދާނީ ދެ ހަފުތާއަށް

މިހާރުގެ ފުރަބަންދުގެ މުއްދަތު ނިމުމުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާ، އެކަންކަން ސަރުކާރުން އިއުލާންކޮށްފި އެވެ.

މިކަންކަން އިއުލާންކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ. އެގޮތުން، ފުރަބަންދަށް ދެވޭ ލުއިތަކުގެ ފުރަތަމަ ފިޔަވަހީގައި، ދެވޭ ލުއިތައް ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހުގައި ކަމަށް އަމީން ވިދާޅުވި އެވެ. ބަލި ފެތުރޭނަމަ އަނެއްކާ ވެސް މިހާރުގެ ހާލަތަށް ބަދަލުކުރަން ޖެހިދާނެ ކަމަށް އިލްތިމާސްކުރި އެވެ.

Advertisement - newsAdvertisement

ލުއިތައް ދިނުމުގެ ފުރަތަމަ ފޭސްގައި ލުއި ދެވުނީ މީހުންނަށް ނިކުމެ އުޅެވޭނެ ގޮތާއި، އިގްތިސާދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި، ވިޔަފާރިކުރުމަށް ލިބޭނެ ޖާގަ ދިނުމާއި، މާލޭ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ލިބޭ ލުއިތަކާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރި ޖާގައިގެ މައްޗަށެވެ.

އާންމުންނަށް ނިކުމެ އުޅުމުގައި ދެވޭ ލުއިތަކުގެ ތެރޭގައި ކޮންމެ ގޭބިސީއަކުން ދެ މީހަކަށް ދެ ގަޑިއިރަށް ބޭރަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހުރިހާ ފަރާތަކަށް ވެސް މަގުމައްޗަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބިގެންނެވެ. ހުއްދަ ލިބިގެން ނިކުންނަ ފަރާތްތަކަށް ދެވޭ ސަރަހައްދުތައް ވެސް އިތުރުވާނެ އެވެ.

ހުޅުވަން ނިންމާފައިވާ، ވިޔަފާރިތަކުގެ ތެރޭގައި ސުޕަރމާކެޓުތަކާއި، ބޭކަރީތަކާއި، ކަންމަތީ ފިހާރަތަކާއި، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހަރޑްވެއަރ ފިހާރަތަކެވެ. އޮންލައިން ޑެލިވަރީ ހިދުމަތް ދިނުމަށް ފުރުސަތު ހުޅުވާލާފައިވަނީ މޯބައިލް ފޯން ފިހާރަ، އިލެކްޓްރޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ވިޔަފާރިތަކެވެ.

މަސް މާރުކޭޓު ވެސް ހުޅުވިގެން ދާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އަދި ވަރކްޝޮޕްތަކާއި ގަރާޖުތަކުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމުގެ ފުރުސަތު ލިބޭނެ އެވެ. ބޭންކުތައް ފުރަތަމަ ހަފުތާގެ ތެރޭގައި ދެ ދުވަހަށް ހުޅުވިގެންދާއިރު، ދެވަނަ ހަފުތާގައި ފަސް ދުވަހަށް ހުޅުވިގެން ދާނެ އެވެ.

ފުރަތަމަ ފިޔަވަހީގައި ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތަކަށް ދެވޭ ލުއިތަކުގެ ތެރޭގައި ދެވަނަ ހަފުތާ އިން ފެށިގެން ޓޭކް-އަވޭ ހިދުމަތް ދެވޭނެ އެވެ. ފުރަތަމަ ހަފުތާގައި ކުރެވޭނީ ޑެލިވަރީ އެވެ. ފުލް ލޮކްޑައުންގައި ވެސް ޑެލިވަރީ ކުރުމުގެ ފުރުސަތު ދެވުނެވެ.

އޭގެ އިތުރުން ޓެކްސީ އަދި ޕިކަޕް ދުއްވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އަމިއްލަ އޮފީސްތައް ،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ހުއްދަ ނަގައިގެން، ހުޅުވާލުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް