Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލްތަކުގެ ދައުރު އިތުރުކުރުމައި ގުޅޭ މައްސަ

ސަރުކާރުން ހުށަހެޅިގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ފެންނަ ކަމަށް ވޯޓު ދެއްވީ 43 މެމްބަރުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 މެއި 2020 | އަންގާރަ 18:52
އެމްޑީޕީ ޕީޖީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން

އެމްޑީޕީ ޕީޖީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން

ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ގާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާހުގެ ބިލު ސަރުކާރުން ހުށަހެޅިގޮތަށް ފާސްކުރަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ. ޖުމްލަ 56 މެމްބަރުން ވޯޓު ދެއްވިއިރު، މީގެތެރެއިން ފެންނަ ކަމަށް ވޯޓު ދެއްވީ 43 މެމްބަރުންނެވެ. 9 މެމްބަރަކު ނުފެންނަ ކަމަށް ވޯޓުދެއްވިއިރު، ވަކިގޮތަކަށް ނުފެންނަ ކަމަށް 4 މެމްބަރަކު ވޯޓުދެއްވި އެވެ.

Advertisement - newsAdvertisement

ސަރުކާރުން މި ބިލު ހުށަހެޅީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމު ކުރެވެންދެން އެ އިންތިޚާބު ފަސްކުރުމަށް މަގުފަހިކޮށް، އެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ، މަޤާމާ ޙަވާލުވަންދެން މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ މެންބަރުން، އެމީހުންގެ މަޤާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަށް ޤާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމުގެ ބޭނުމުގަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނުށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ނަމަވެސް މި ބިލަކީ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް ކަމަށްވާތީ، މި ބިލާމެދު ސުވާލު އުފެދި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެވިދާނެތޯ ސުވާލު އުފެދި، މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ ބަހުޘް ކުރައްވާފަ އެވެ.

އެ ބިލާ ގުޅިގެން ގިނަ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެ ބަހުޘް ކުރައްވާފަ އެވެ. މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރުކަމަށް ޤާނޫނުއާސާސީގައި ބަޔާންކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު