Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސުންގެ އިނާޔާތް

ކުރީގެ ރައީސުންގެ އިނާޔަތް މުރާޖައާކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުގައި އެދެން ނިންމައިފި

ކައުންސެލަރ ޖެނެރަލް މިކަމުގައި ލަފާދެއްވާފައި ވަނީ ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 މެއި 2020 | އަންގާރަ 16:18
މާލިއްޔަތު ކޮމިޓީން މީގެކުރިން ކުރިޔަށް ގެންގޮސްފައިވާ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

މާލިއްޔަތު ކޮމިޓީން މީގެކުރިން ކުރިޔަށް ގެންގޮސްފައިވާ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖަޢާކުރަން ޤާނޫނަށް އިޞްލާޙު ހުށަހަޅަން ސަރުކާރުގައި އެދެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން މުރާޖަޢާ ކުރަން ފިނޭންސް މިނިސްޓްރީން އޮތީ މަޖިލީހުގައި ސިޓީއަކުން އެދިފަ އެވެ. އަދި ދައުލަތުން ޚަރަދުކުރާ ގޮތަށް ޕެންޝަންގެ އެއް ސްކީމަށް ވުރެ ގިނަ ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކުން ކޮންމެވެސް އެއް ސްކީމެއް އިޚުތިޔާރު ކުރަންޖެހޭ ގޮތަށް ޤާނޫނު އިޞްލާޙު ކުރަން ވެސް ފިނޭންސްގެ އެ ސިޓީގައި އެދިފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން އަންގާރަ ދުވަހު ކުރިޔަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ވިދާޅުވީ މިކަމުގައި މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާޠިމަތު ފިލްޒާގެ ފަރާތްޕުޅުން ޤާނޫނީ ލަފައެއް ހޯއްދަވާފައިވާ ކަމަށެވެ. ފިލްޒާ މިކަމާއި ގުޅޭގޮތުން ދެއްވާފައިވާ ޤާނޫނީ ލަފައަކީ ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖަޢާ ކުރުމާއި ޕެންޝަންގެ އެއް ސްކީމެއް އިޚުތިޔާރު ކުރަންޖެހޭ ގޮތަށް ބަދަލު ގެނެވޭނީ ސަރުކާރުގެ ފަރާތުން ޤާނޫނަށް އިޞްލާޙު ހުށަހަޅައިގެން ކަމުގަ އެވެ.

މި ލަފާފުޅުގެ މަތިން އެ ދެ ޤާނޫނަށް އިޞްލާޙު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހަޅަން ފިނޭންސް މިނިސްޓްރީ އަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރައީސަށް އެންގުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ތާޢީދު ކުރެއްވުމުން އެ ހުށަހެޅުން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުންނެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިލުފުށި ދާއިރާގެ މެންބަރ ޙަސަން އަފީފު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ސިޓީ ފޮނުއްވާފައި މިވަނީ މިކަމުގައި ބަލަންޖެހޭ ޤާނޫނީ ހަމަތައް ނުބަލާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެއިތުރުން މާލީ ކަންކަމާ ގުޅުންހުރި ބިލުތަކެއް އަމިއްލަ މެންބަރުންނަށް ވެސް ހުށަނޭޅުއްވޭނެ ކަން ބައެއް މެންބަރުން ފާހަގަ ކުރެއްވި އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ޤާނޫނުގެ ދަށުން އެއް ދައުރު ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 50،000 ރުފިޔާ ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދައުރު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާ ގެ އިނާޔަތެއް ދައުލަތުން ދޭންޖެހެ އެވެ. އަދި ދިރިއުޅުއްވާ ތަނުގެ ޚަރަދަށް އިތުރު 50،000 ރުފިޔާ ދިނުމުގެ އިތުރަށް މުޖްތަމަޢަށް ފައިދާހުރި މަސައްކަތެއް ކުރައްވާނަމަ އޮފީސް ހިިންގުމުގެ ޚަރަދަށް ވެސް މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެ އެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. އޭގެ ތެރެއިން މައުމޫން ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރަން ތާޢީދު ކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު