Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިތުރު ޒަކާތް

ފިތުރު ޒަކާތުގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ލިބިފައިވޭ: އިސްލާމިކް މިނިސްޓްރީ

26 މެއި 2020 | އަންގާރަ 08:33

މާލޭ ސިޓީގެ 156740 މީހުން ޒަކާތް ދައްކާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 މެއި 2020 | އަންގާރަ 08:33
މީގެ ކުރީގެ އަހަރެއްގައި ފިތުރު ޒަކާތް އިސްލާމިކް މިނިސްޓްރީގައި ބަލައިގަންނަނީ: ކޮވިޑް-19 އާ ގުޅިގެން މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް

މީގެ ކުރީގެ އަހަރެއްގައި ފިތުރު ޒަކާތް އިސްލާމިކް މިނިސްޓްރީގައި ބަލައިގަންނަނީ: ކޮވިޑް-19 އާ ގުޅިގެން މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް

މާލޭ ސިޓީން 156740 މީހުންޒަކާތް ދައްކާފައިވާއިރު ފިތުރު ޒަކާތުގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19ގެ މި ހާލަތާއި ގުޅިގެން މުޅި ރާއްޖޭގައި ފިޠުރު ޒަކާތުގެ ފައިސާ ނެގުމާއި ބެހުމުގެ އިންތިޒާމުތައް އޮންލައިންކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ބީއެމްއެލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އޫރިދޫ އަދި ދިރާގު މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ފަހިކޮށްދިނެވެ.

Advertisement - newsAdvertisement

މި އިންތިޒާމްގެ ދަށުން މާލޭ ސިޓީގައި ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން ފަށާފައިވަނީ 1 ރަމަޟާން 1441ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1441ވަނަ ދުވަހުގެ 18:00އާއި ހަމައަށެވެ. މި މިއހަމައަށް މާލޭ ސިޓީގެ 156740 މީހުންޒަކާތް ދައްކާފައި ވާއިރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމުލަ 6,649,697.00 (ހަމިލިއަން ހަލައްކަ ސާޅީސް ނުވަހާސް ހަސަތޭކަ ނުވަދިހަ ހަތް ރުފިޔާ)ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެވެ.

ފިޠުރު ޒަކާތުގެ ފައިސާ އަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ އެއްޗެކެވެ.

އެގޮތުން އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާއި މިސްކީނުންނަށް ބަހާއިރު މާލެ އާއި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ ޢަދަދު ތަފާތުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ އަދި ރަށްރަށުގައި ނަގާފައިވާ ފިތުރު ފައިސާ އީދު ނަމާދުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް ބަހާފައިވާ ކަމަށެވެ. އަދި މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ދަފުރަތުގައި ހިމެނޭ1715 މީހުންގެތެރެއިން މި އަހަރު ފިތުރު ފައިސާ ހަވާލު ކުރެވުނީ 1697 މީހުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ދަފުތަރަށް ޖުމުލަ 6,448,600.00 (ހަމިލިއަން ހަތަރުލައްކަ ސާޅީސް އަށްހާސް ހަސަތޭކަ ރުފިޔާ)ބަހާފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހުރިހާ ރަށެއްގައި ފިތުރު ފައިސާ ނަގާ ބަހާފައިވާއިރު ރަށްރަށުގައި ފިތުރު ޒަކާތް ބެހިގޮތުގެ ތަފްސީލު ލިބޭނީ މިނިސްޓްރީއަށް ހުރިހާ ކައުންސިލަކުން އެ ތަފްޞީލްތައް ހިއްސާ ކުރުމުން ކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ފިޔަވަތި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 201,097.00 (ދެލައްކަ އެއްހާސް ނުވަދިހަ ހަތް ރުފިޔާ)ވަނީ ހަވާލުކުރެވިފައިވާ ކަމަށެވެ. 28 ރަމަޟާން 1441ވަނަ ދުވަހާއި ހަމައަށް އެކައުންޓްގެ ތަފްސީލް ލިބިފައިވާ ޖުމްލަ 1621 މީހުންނަށްފިތުރު ފައިސާ އެމީހުންގެއެކައުންޓްތަކަށްޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް 30 ރަމަޟާން 1441ވަނަ ދުވަހާއި ހަމައަށް އެކައުންޓްގެ ތަފްސީލް ލިބިފައިނުވާ މީހުންނަށް ފައިސާ ދެވޭނެ އިންތިޒާމްތަށް ހަމަޖައްސައި އިތުރު 76 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް