Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޓީނިއޯ ނުގަންނަން ނިންމުން

ކުޓީނިއޯ ނުގަންނަން ބަޔާން މިއުނިކުން ނިންމައިފި

25 މެއި 2020 | ހޯމަ 16:58

ކުޓީނިއޯ މިހާރު ބަޔާނަށް ކުޅެމުން އަންނަނީ ބާސާގެ ލޯނު އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 މެއި 2020 | ހޯމަ 16:58
ބަޔާންގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ: 110 މިލިއަން ޕައުންޑަށް ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ބަޔާނުން ހިފާފައެއްނުވޭ

ބަޔާންގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ: 110 މިލިއަން ޕައުންޑަށް ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ބަޔާނުން ހިފާފައެއްނުވޭ

ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ 110 މިލިއަން ޕައުންޑަށް ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާފައިނުވާ ކަމަށް ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ބާސެލޯނާގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަން ނިމުމުން ބަޔާންގެ ލޯނު އެއްބަސްވުން ހަމަވާއިރު، ބަޔާނުން ބޭނުންވެއްޖެނަމަ ކުޓީނިއޯ ދާއިމީކޮށް ގަނެވޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނާފަ އެވެ.

އެކަމަކު ރުމެނިގާ ވިދާޅުވީ އެ ފުރުސަތު ލިބޭ މުއްދަތު މިހާރު ފަހަނައަޅައި ގޮސްފި ކަމަށެވެ. އަދި ދެން އޮތީ އަންނަ ސީޒަނަށް ސްކޮޑް ޕްލޭން ކުރުން ކަމަށާއި، ކުޓީނިއޯ އަދާކުރާނެ ދައުރެއް އޮތްތޯ ނެތްތޯ ބަލާނެ ކަމަށެވެ. އެހެންކަމުން ދެން ބަޔާނުން ކުޓީނިއޯ ބަހައްޓަން ބޭނުންވެއްޖެ ނަމަ ޖެހޭނީ ލޯނުގެ މުއްދަތު އިތުރު ކުރާށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލޯނު އެއްބަސްވުން ހަމަވުމުން، އަންނަ ސީޒަނުގައި ކުޓީނިއޯ ބާސާއަށް އަލުން ބަދަލުވާނެއެވެ. އެކަމަކު ބާސާ އިން އޭނާ ވިއްކާލާނެ ކަމަށް ބެލެވޭއިރު، އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން އަންނަނީ ކުޓީނިއޯ ގަތުމަށް މަސައްކަތް ކުރަމުންނެވެ.

އެކަމަކު މީގެ ކުރިން ބާސާގެ ކޯޗު ކިކޭ ސެޓިއެން ވަނީ ކުޓީނިއޯ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފައެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެ އެވެ. އެގޮތުން ކުޓީނިއޯ ބާސެލޯނާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ލަނޑެވެ.

އޭގެ ފަހުން މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ބަޔާނަށް ބަދަލުވި ކުޓީނިއޯއަށް މިހާތަނަށް އެޓީމަށް ކުޅެދިން 32 މެޗުގައި ކާމިޔާބުކރެވިފައިވަނީ އެންމެ 9 ލަނޑެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް