Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19:އާރކުން އެހީތެރިވުން

10 ރަށެއްގެ 390 ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އާރކުން ކާބޯތަކެތި ފޯރުކޮށްދީފި

24 މެއި 2020 | އާދީއްތަ 12:45

ބައެއް އާއިލާތަކަށް އާމްދަނީ ލިބޭނެ މަގު ވަނީ ބަންދުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2020 | އާދީއްތަ 12:45
ފައިލް ފޮޓޯ: ކުޑަ ކުދިންނަށް ޚާއްސަކޮށް ތަފާތު ޕްރޮގްރާމްތައް އާކުން ކުރިއަށް ގެންދޭ

ފައިލް ފޮޓޯ: ކުޑަ ކުދިންނަށް ޚާއްސަކޮށް ތަފާތު ޕްރޮގްރާމްތައް އާކުން ކުރިއަށް ގެންދޭ

ކޮވިޑް 19 ގެ ސަބަބުން ރެޑް އެލަރޓަށް ގެނެސްފައިވާ 10 ރަށެއްގެ 390 ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފްޗިލްޑްރަން (އާރކް) އިން ކާބޯތަކެތި ފޯރުކޮށްދީފި އެވެ.

އާރކުން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާ ކުޑަކުދިންނާއި އާއިލާތަކަށް އެހީތެރިވެދިނުމަށް އާރކްގެ ފަރާތުން "އާރކް އެއިޑް" ގެ ނަމުގައި ފަށާފައިވާ ޚާއްސަ ޕްރޮގުރާމް މެދުވެރިކޮށް 5 އަތޮޅެއްގެ 10 ރަށެއްގެ 382 ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާރކުން ބުނީ ކޮވިޑް-19 ގެ ސަބަބުން އެކަނިވެރި މައިންނާއި، ބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިން ހިމެނޭ އާއިލާތަކަށް ވަކިން ބޮޑަށް އަސަރުކޮށްފައި ވާއިރު، ބައެއް އާއިލާތަކަށް އާމްދަނީ ލިބޭނެ މަގު ބަންދުވެ، އިގްތިސާދީ ދަތިކަން އިހްސާސް ކުރަންޖެހިފައިވާ ކަމަށެވެ.

އާރކުން ގަބޫލުކުރާ ގޮތުގައި މިފަދަ ބަލިމަޑު ހާލަތެއްގައި ވެސް، ރަނގަޅު ކާނާ ލިބުމުގެ ހައްގުން އެއްވެސް ކުޑަ ކުއްޖަކު މަހްރޫމްވެގެން ނުވާނެ ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. އެހެންކަމުން "އާރކް އެއިޑް ގާއިމުކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ފޯރުކޮށްދިނުމަށް ކަމަށް ޢާރކުން ބުނެއެވެ.

އާރކް އެއިޑްގެ ދަށުން، 382 އަށް ވުރެ ގިނަ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދީފައި ވާއިރު، މީގެ ތެރޭގައި އެކަނިވެރި މައިންބަފައިން ހިމެނޭ އާއިލާތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނެއެވެ.

މިހާތަނަށް ކާބޯކަތެއްޗާއި، ޕެކޭޖްތައް ފޯރުކޮށްދީފައި ވަނީ މާލެ ސަރަހައްދުގައި 144 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް، ހދ. ކުޅުދުއްފުށީގައި 54 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް، ނ. ނަރޫދޫގައި 14 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ހއ. ތަކަންދޫގައި 2 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް، ހއ. އުލިގަމުގައި 9 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް، ށ. މާއުނގޫދޫގައި 14 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް، ނ. މަނަދޫގައި 31 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް، ކ.ތުލުސްދޫގައި 33 ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް، ކ.ހިންމަފުށީގައި 30 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އަދި ށ.މިލަންދޫގައި 55 ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށެވެ.

އާރކް އެއިޑްގެ ދަށުން ހަމަޖައްސައިދޭ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހަނޑޫ، ފުށް، މުގު، ކިރު، މަސް ދަޅާއި ބިހުގެ އިތުރުން ބައެއް ދަޅު ހިމެނެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ލޯކަލް ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުން ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވާ ކަމަށް ފާހަގަކޮށްފައިވާ އާއިލާތަކުގެ ތެރެއިން ކުޑަކުދިން ހިމެނޭ ހުރިހާ އާއިލާތަކަށް އާރކް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

އާރކް ހިންގުމަށް އެހީތެރިވެދޭ އެންމެ މުހިންމު ޕާރޓްނަރުންނަކީ ޔުނިސެފް އާއި ދިރާގު އަދި ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި އާރކްގެ ޕާރޓްނަރުންންގެ އިތުރުން މުޖުތަމައުގެ އަމިއްލަ ފަރުދުން މިހައްސާސް ދަނޑިވަޅުގައި ވެސް އާރކް އެއިޑަށް ދެއްވަމުން ގެންދަވާ ދީލަތި އެހީ ފާހަގަކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމަށް އާރކް އިން ކެނޑިނޭޅި މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފައި ވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
07 ޖޫން 2017

މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

07 ޖޫން 2017
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު
28 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި

28 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި
19 މެއި 2017

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު
18 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި

18 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި
04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
02 މެއި 2017

ވިލާއަށް ދޫކޮށްފައި އޮތް ތިން ރަށެއްގެ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމްތައް ބާތިލް ކޮށްފި

02 މެއި 2017
ވިލާއަށް ދޫކޮށްފައި އޮތް ތިން ރަށެއްގެ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމްތައް ބާތިލް ކޮށްފި
18 އެޕްރީލު 2017

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

18 އެޕްރީލު 2017
ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް