Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިއްސާރައިގައި މާލެ އަށް ލިބުނު ގެއްލުންތައް

ރަސްފަންނު މުޅިން ގިރައިގެން ގޮސްފި

24 މެއި 2020 | އާދީއްތަ 15:33

ރަސްފަންނު މަރާމާތުކުރަން ބޮޑެތު ހަރަދުތަކަށް ހިނގާނެ: މޭޔަރު ޝިފާ

އަމަން ހަލީމް
އަމަން ހަލީމް | 24 މެއި 2020 | އާދީއްތަ 15:33
ރަސްފަންނުގެ ވެލިގަނޑު ކަނޑައިގެން ގޮސްފައި: މަރާމާތުކުރަން ބޮޑެތި ހަރަދުތަަކެއް ހިނގާނެކަމަށް މޭޔަރު ޝިފާ ވިދާޅުވި

ރަސްފަންނުގެ ވެލިގަނޑު ކަނޑައިގެން ގޮސްފައި: މަރާމާތުކުރަން ބޮޑެތި ހަރަދުތަަކެއް ހިނގާނެކަމަށް މޭޔަރު ޝިފާ ވިދާޅުވި

މި އަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ރަސްފަންނު "ގިރައި ގޮސްފި" ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމުގައި ޝިފާ ވިދާޅުވީ މާލެ ސަރަހައްދުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރަސްފަންނަށް ކަމަށެވެ. ރަސްފަންނު އަލުން މަރާމާތުކުރަން ބޮޑު ހަރަދެއް ހިނގާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ރަސްފަންނަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލު ދެއްވަމުން ޝިފާ ވިދާޅުވީ، އެތަނުގައި ހުރި ބްރޭކްވޯޓަރުގައި ހުރި ހަތަރު ނެޓު ވަނީ އެއްކޮށް ހަލާކުވެފައި ގޮސްފައި ކަމަށެވެ. އަދި އެތަނުގައި އާންމުންގެ ބޭނުމަށް ހުރި ފާހަނާތަކާއި، ގެތަކާއި، ބާބަކިއު ފަދަ ތަކެތި އެއްކޮށް ހަލާކުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި ރަސްފަންނަށް، މީގެ ކުރިން ވެސް ގެއްލުންތަކެއް ވެގެން މަރާމާތުކޮށްފައި ވެއެވެ. އެގޮތުން ރަސްފަންނަށް އުދަ އަރައި، ވެލިގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން އެކިފަހަރު މަތިން ވެލި އަޅާފައި ވެއެވެ.

މޭޔަރު ޝިފާ ވަނީ، އެންމެ ފަހުން ކުރި ވިއްސާރައިގައި ސުނާމީ ބިނާ ހުރި ޕާކު ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން، ސުނާމީ ބިނާ ސަރަހައްދުގައި ހުރި ގާތަކާއިއެކު ވެލިގަނޑު އެއްކޮށް ދަމައިގެންފައިވާކަމަށް ވިދާޅުވި އެވެ.

އެ ސަރަހައްދުގެ ކަނޑުތޮށި ކައިރީގައި ހުރި ޝީޓްޕައިލްތައް ވެސް ވަނީ ހަލާކުވެފަ އެވެ. ޝީޓްޕައިލްތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން، އެ ސަރަހައްދަށް ކައިރިވުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ޝިފާ ސިފަކުރެއްވި އެވެ.

ސުނާމީ ބިނާ ޕާކު ހުންނަ މާލޭ ހުޅަނގު ދެކުނު ސަރަހައްދުގައި ހުންނަ ނެރަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ބޭނުންކުރާ ނެރެކެވެ. ކޮންސްޓްރަކްޝަން ސާމާނުތަކާއި، ގޭސް ފަދަ ބައެއް ސަމާނު އަތޮޅު ތެރެއަށް ގެންދިއުމަށް ދޯނިތަކަށް މުދާ ބަރުކުރަނީ މި ސަރަހައްދުގަ އެވެ. ވިލިމާލެ އަށް ދަތުރުކުރާ ފެރީ ދޯނި ފަހަރު ވެސް ވަންނަނީ މި ނެރުންނެވެ.

ސުނާމީ ބިނާ އެންމެ ފުރަތަމަ ބެހެއްޓުނީ ލޮނުޒިޔާރަތްކޮޅުގަ އެވެ. ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުން އެ ސަރަހައްދު ތަރައްގީކުރުމަށް އެ ބިނާ މިހާރު އެހުރި ސަރަހައްދަށް ބަދަލުކުރީ އެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
29 މާރިޗު 2017

ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި
16 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

16 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
07 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް