Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޭގައި ކަރަންޓީންވާން ހުއްދަ ދިނުން

ގޭގައި ކަރަންޓީންވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

24 މެއި 2020 | އާދީއްތަ 06:54

ޗެކްލިސްޓެއް ފުރިހަމަކުރުމަށްފަހު މެއިލް ކުރުމަށް ވަނީ އެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މެއި 2020 | އާދީއްތަ 06:54
ގޭގައި ކަރަންޓީން ކުރެވޭ މީހުން 14 ދުވަސް ފަހުން ޓެސްޓް ކުރެވޭނެ، އަދި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލެވޭނެ

ގޭގައި ކަރަންޓީން ކުރެވޭ މީހުން 14 ދުވަސް ފަހުން ޓެސްޓް ކުރެވޭނެ، އަދި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލެވޭނެ

ކޮވިޑް-19 އާ ގުޅިގެން ގޭގައި ކަރަންޓީންވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ހުޅުވާލައިފި އެވެ.

"ކޮވިޑް-19 އާ ގުޅިގެން ގޭގައި ކަރަންޓީން ވުމުގެއުސޫލު" ހޮނިހިރު ދުވަހުގެރޭ އާންމު ކޮށްފައި ވާއިރު، މި އުސޫލުގެ ދަށުން ކަރަންޓީން ކުރެވޭނީ ބައްޔަށް ހުށައެޅިފައިވާ މީހުންގެ ތެރެއިން އަލާމަތްތައް ނުފެންނަ މީހުން ކަމަށާއި، އެކަމުގެ މަޤްސަދަކީ ބަލި ހުރިކަން އަވަހަށް ދެނެގަތުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ވަނީ ގޭގައި ކަރަންޓީނު ވުމަށް ބޭނުންވާ ފަރާތްތަކުން ޗެކްލިސްޓެއް ފުރިހަމަކުރުމަށްފަހު homequarantine@health.gov.mv އަށް އީމެއިލް ކުރުމަށް އެދިފަ އެވެ.

އެކަމާބެހޭ އުސޫލުގައި ވަނީ ގޭގައި ކަރަންޓީންވާން އެދި ހުށައަޅާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ ޝަރުތުތައް ތަފްސީލުކޮށް ބަޔާން ކޮށްފައެވެ. އެގޮތުން ނިދާ ތަނާއި، ފާޚާނާގެ އިތުރުން، ބޭނުން ކުރާ ތަކެތި ގެންގުޅުމުގައިވެސް ވަކި ޚާއްސަ އުސޫލުތަކެއް ވަނީ ބަޔާން ކޮށްފަ އެވެ. މިސާލެއްގެ ގޮތުން ގޭގައި ކަރަންޓީންވާން އެދޭ ފަރާތްތަކުން ކަރަންޓީން ކުރާ މީހާ ބެހެއްޓުން އެކަށީގެން ވަނީ ވައި ދައުރުވާ ގޮތަށް ފާޚާނާއާއެކު ހުންނަ ކޮޓަރިއެއްގައި ކަން ބަޔާން ކޮށްފައިވެ އެވެ.

އޭގެ އިތުރުން، ފާޚާނާގައި ވެސް ރައްކާތެރި ކަމާއެކު އަތް ދޮވެ، ސާފު ފެން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ލާޒިމު ކޮށްފައި ވާއިރު، ގޭގައި އުޅޭ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރާ މީހުންނާ އެއް ފާޚާނާއެއް ކަރަންޓީން ކުރާ މީހާ ބޭނުންކޮށްގެން ނުވާނެކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

އެޗްޕީއޭއިން ބުނީ، ގޭގައި ކަރަންޓީން ކުރާނީ 14 ދުވަހަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ. އަދި 60 އަހަރުން މަތީގެ މީހެއް މި ބީދައިން ކަރަންޓީން ކުރެވޭނީ އެހީތެރިއަކު ހުންނަ ގޭގޭގައި އެކަނި ކަމަށްވެސް ބަޔާން ކޮށްފައި ވެއެވެ. އެގޮތުން އެހީތެރިއާ އަކީ 60 އަހަރުން ދަށުގެ މީހަކަށް ވުމާއި، ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރާ މީހަކަށް ވެގެން ނުވާނެކަމަށް ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް