Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މުހިންމު ގަސްގަހާގެހި

ބަނބުކެޔޮ

ރާއްޖޭގައި ޒަމާނުއްސުރެ ހެދޭ އެންމެ ރަނގަޅު އެއްވައްތަރެއްގެ ގަސް

ރާއްޖެ އެމްވީ | 22 މެއި 2020 | ހުކުރު 20:37
ބަނބުކެޔޮ ގަހެއްގައި ބަނބުކެޔޮ އަޅާފައި- ބަނބުކޭލަކީ މޫސުމީ މޭވާއެއް

ބަނބުކެޔޮ ގަހެއްގައި ބަނބުކެޔޮ އަޅާފައި- ބަނބުކޭލަކީ މޫސުމީ މޭވާއެއް

ބަނބުކޭލަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ހެދޭ އެންމެ ރަނގަޅު އެއްވައްތަރެއްގެ ގަހެކެވެ. އޭގެ މޭވާއަކީ ކާނާއެކެވެ. ގަހުގެ ލަކުޑީގެ އާރަކީ ވަރަށްގިނަ ޒަމާން ތަކަކަށް ފީވެ ހަލާކު ވެގެން ނުދާ ވަރަށް ރަނގަޅު ލަކުޑިއެކެވެ. މި ލަކުޑިއަކީ އުވަޔަށާއި ސިމެންތިއަށް ވަރަށް ގަދަ އެހާމެ ގިނަ ޒަމާނަށް ދެމިހުންނަ އެއްޗެކެވެ. އެގަހުގެ ތޫރިއަކީ ތިލޭރުވެރިންނާއި ލިޔެލާޖަހާ މީހުން ބައެއް އެއްޗެތި އޮފު އެރުވުމަށް ބޭނުންކުރާ ވަރަށް މުހިންމު އެއްޗެކެވެ. މި ގަހުގެ ލަކުޑިން ކުރާ ބޭނުންތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ގެދޮރު ޢިމާރާއް ކުރުމުގެ ދޮރާއި ދޮރުފަތްޖެހުން، ބެރި އެޅުން އަދި އަރާފަންގެފިލާ އެޅުން، އެނދު އަށީގައި މަޅު އެޅުން، އެނދ،ު މޭޒު، ގޮނޑިޖެހުން، އަދި ސަންދޯއްޖެހުން ފަދަ ކަންތަކަށްވެސް ބޭނުންކުރެއެވެ. ބަނބުކޭލަކީ ގަސް ވަރަށް ޅަކޮށް ހުއްޓާ ގަހުގެ ލަކުޑީގައި އާރުލާ ވައްތަރުގެ ގަހެކެވެ. ކުރިންވެސް ދެންނެވި ފަދައިން މިއާރުގެ ބައި މިއީ ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރާ ބައެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހެދިފައިވާ ބަނބުކެޔޮ ގަސްތަކުގެ ތެރެއިން ވަރަށް ބޮޑު ބައެއް ވަނީ މީގެ ތިރީހަކަށް އަހަރު ކުރިން ކަނޑާލެވިފައެވެ. މި ގަސް ކެނޑުމުގައި އެއްފަހަރާ އެންމެ ގިނަ ޢަދަދަކަށް އެއްރަށަކުން ބަނބުކެޔޮ ގަސް ކަނޑާލެވިފައި ވަނީ ޏ. ފުވައްމުލަކުންނެވެ. ކަންނެތް ގަސް މިނަމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ހެދިބޮޑުވެ ޒަމާނުން ގިނަ ދުވަސް ވެފައިވާ ބަނބުކެޔޮ ގަސްތަކެއް ވަނީ މިހާރު ކަނޑާ ނެތިގޮސްފައެވެ. ބަނބުކޭލަކީ ވަރަށް އަވަހަށް ހެދޭ އަދި ގަސް ބޮޑުވެ ފަލަވާ އޭގެ މޭވާ ކަމަށްވާ ބަނބުކެޔޮ އަޅަން ފަށާ ގަހެކެވެ.

ބަނބުކެޔޮވެސް އެއީ މޫސުމީގޮތުން އަޅާ މޭވާއެކެވެ. ކާނާގެ ގޮތުގައި އެކައްޗަކުން އެންމެ ގިނަ ތަފާތު ވައްތަރުތަށް ތައްޔާރުކުރާ އެއްޗަކީ ބަނބުކޭލެވެ. ލޮނުކޮންނާއި ފޮނިކޮށް ބަނބުކޭލުގައި ކާތަކެތި ތައްޔާރު ކުރެއެވެ.

ބަނބުކޭލުން ތައްޔާރުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ތެރޭގައި ފެނަށް ކަށްކައިގެން (ފެނުކެއްކި ބަނބުކޭލާއި) ކާށި ހުންޏާއި ގަރުދިޔަ ނުވަތަ ރިހާކުރާ ލުނބޮޔާ މިރުހާ އެއްކޮށް ކައި ހަދައެވެ. އަދި ބަތްކާ އިރުވެސް ފެނު ކެއްކި ބަނބުކެޔޮ ކައިއުޅެއެވެ. ބަނބުކޭލުން ތައްޔާރުކުރާ ލައިގެންކާ ތަކެތީގެ ތެރޭގައި ހިތި، ސަންނަޓި، ރިހަ، ކަންނެތް ދެލޮނުމަސް، ބޮނގަރަ ފަދަ ތަފާތު ނަންނަން ކިޔާފައިވާ ވައްތަރުތައް ހިމެނެއެވެ. އަދި ފެނު ކެއްކި ކޭލާއި ކާށި ހުންޏާއި ހަކުރު ދިވެހި ހަކުރާއި ދޯބުރާލި ހަކުރު އަޅައިގެންވެސް ކައި އުޅެއެވެ. ބޮނޑިބަތް ކައްކައިގެންނާއި ބޯކޮށްގެން ފޮނިކާތަކެތީގެ ގޮތުގައި ކައިވެސް ހަދައެވެ. ފިހެގެންނާއި ތެލުލައިގެން ސައިބޯއިރު ކައިހަދައެވެ. އަދި ބަނބުކެޔޮ ފާކޮށްގެންވެސް ފިހެ ތެލުލާ ހަދައެވެ. ގަސްދޮށަށް ޅަކޮށްހުއްޓާ ވެއްޓޭ ތަނޑުދޮންކެޔޮ ނުވަތަ ވަނދުކެޔޮ ކުދިކޮށް ކޮށައިގެން ބަތްކާއިރު އެއަށް އަޅައެވެ. ދިގަށާއި ހުރަހަށް ފޮތިކޮށް، ފަހުން ބޭނުންކުރެވޭ ގޮތަށް ރައްކައުކޮށްވެސް ހަދާ އުޅެއެވެ. މިހެންގޮސް އަދި މި ނޫނަސް ތަފާތު ގޮތްގޮތަށް ބަނބުކޭލުގެ ބޭނުން ކުރަމުން ދެއެވެ.

ދުނިޔޭގެ އެއްވަނަ ދެވަނަ ހަނގުރާމައިގެ ދުވަސްވަރު (ތަދުމަޑުކަމުގެ ތެރޭގައި) ރާއްޖޭގެ ބޮޑު ބައެއް ބަނޑަށް ޖެހުނަ ނުދީ ހިފެހެއްޓީ ބަނބުކޭލުން ކަމުގައި ދެންނެވިޔަސް މިއީ ޙަޤީޤަތް ނޫން ކަމަކަށް ނުވާނެއެވެ.

ބަނބުކޭލުގެ ތެރޭގައިވެސް ތަފާތު ވައްތަރުގެ ގަސްގަސް ހުރެއެވެ. އޭގެ ތެރޭގައި ކޮޔޮ ވަރަށް ބޮޑެތި ގަސްގަހާއި ތަނޑިދިގު ކަރުގަނޑު ކުޑަ، ވަށްކެޔޮ އަޅާ ގަސްގަހާއި ހިމަދިގު ދަޅިކެޔޮ އަޅާގަސް ހިމެނެއެވެ. އަދި ބައެއް ގަސްގަހުގެ ކޭލުގެ ތެރޭގައި އޮށް ހުންނަ ކެޔޮވެސް ހިމެނެއެވެ. ޢާންމުކޮށް އޮށް ހުންނަ ކެޔޮ އަޅާ ގަހެއް ކޮޅުމަޑުލު ވިލުފުށީގައި މިހާރުވެސް ހުންނަ ކަމަށްވެއެވެ. ބަނބުކޭލުގައި ހުންނަ އޮށުން ގަސްފަޅާ ހެދޭކަމަށް ވެއެވެ. ނަމަވެސް ބަނބުކެޔޮ ގަސް މުޑުވަށް ކުރަނީ މުލުންއަރާ ކުރިންނެވެ. ބަނބުކެޔޮ ގަހެއް ހުންނަ ހިސާބެއްނަމަ ބިނމުގައި ދުވެފައިވާ މޫތަކުން ކުރި އެރުމަކީ އާދައިގެ ކަމެކެވެ. އަދި ފަސްގަނޑުގެ ތެރޭގައި ދުވެފައިވާ މޫތަކުން މުލެއް ބުރިކޮށްލާ، އެ ބުރިކޮށްލި ކޮޅު ބިމުން މައްޗަށް ނުވަތަ ވަޅު ކޮޅެއް ކޮނެ މުލަށް އަތްވާއި ވައި ލިބޭގޮތަށް ބެހެއްޓުމުން ވަރަށް އަވަހަށް ކުރިތައް ފަޅައިގަނެއެވެ. މިގޮތުން ފަޅުވާ ކުރިތަކުގެ ތެރެއިން އެންމެ ރަނގަޅު ހެދުމުގެ ބާރު ބޮޑަށް ހުންނަ ކުރި ފިޔަވާ ދެން ހުންނަ ކުރި ނޮޅާލާ، ރަނގަޅަށް ހުންނަ ކުރިއަށް ހެދުމުގެ ފުރުޞަރު ދޭންވާނެއެވެ.

މުލުންފަޅާ ކުރި (ކުދިގަސް) ރުވަން އެންމެ ރަނގަޅު ކަމަށް ބެލެވެނީ ސޯޅަފަތް ފެޅުމުންނެވެ. އެއީ ގާތްގަނޑަކަށް ދެ ފޫޓަށް ބޮޑުވުމެވެ. ޅަނދޮޅުކޮށް ހެދޭ ގަހެއް އެގަހެއްގެ ކުރިއަށް ގެއްލުން ނުލިބި ހެދެމުންދާނަމަ ސަތޭކަ ފަންސާސް ހަފްތާ ހަމަނުވަނީސް އިތުރު ކުރިޖަހާ ގޮފިވެއެވެ. އަދި ދުއިސައްތަ ފަންސާސް ހަފްތާގެ ތެރޭގައި ގަސް ފޯދެއެވެ. ރަނގަޅަށް ހެދޭ ބައެއް ގަސް ވަރަށް އަވަހަށްވެސް ފޯދެއެވެ. އަދި ދަރިކޮޅުގެ ގޮތުން އަވަހަށް ފޯދުމާއި ލަހުން ފޯދުން ހިމެނޭ ކަމަށް ވެއެވެ. ރާއްޖޭގައި ތައް ޖެއްސެވިއިރު ބަނބުކެޔޮ ގަހަކީ ތައް ޖެއްސެވި ގަހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރުވަޔަށް ދޮންދޫނި ހިފާހެން މައިކްގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމަ ނޫންހެއްޔެވެ؟

އިރުވަޔަށް ދޮންދޫނި ހިފާހެން މައިކްގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމަ ނޫންހެއްޔެވެ؟

08 މާރިޗު 2021

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު